ބޮލީވުޑްގެ ވެޓެރަން އެކްޓަރ އަމީތާބް ބަޗަންއަކީ ހުރިހާ ތަރިންނަށްވުރެ އެތައް ގޮތަކުން ތަފާތު ތަރިއެކެވެ. އޭނާއަށް އެތައް ބަޔަކު ގަދަރު ކުރެއެވެ. އޭނާގެ ނަން އިންދިއާގެ ގިނަ ސިޓީތަކުގައި ފެވިފައި ވަނީ އާއްމު ރައްޔިތުންނަށް އެހީވަމުންދާ ތަރިއެއްގެ ގޮތުގައެވެ.

ހާއްސަކޮށް ދަނޑުވެރިންގެ ލޯނުތައް ދެއްކުމާއި، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގައި އަމީތާބަކީ ނަމޫނާއެކެވެ.

އަމީތާބް އަނެއްކާވެސް މި ވަނީ އެތައް ބައެއްގެ ތައުރީފް އަންނަ ވަރުގެ ކަމެއް ކޮށްފައެވެ. އޭނާއަށް މަސައްކަތްކޮށްދިނުމުގައި އުޅޭ މީހަކު މަރުވުމުން ދެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުުރުމުގައި އެންމެ ކުރީގައި ހުރީ އަމީތާބް އާއި ދަރިފުޅު އަބީޝޭކްއެވެ.

އެކަން އާއްމުންގެ ސަމާލުކަމަށް އައީ މީސް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯއެއް ފެނިގެންނެވެ. އެ ފޮޓޯ އިން ފެންނަނީ މަރުވި މީހާގެ ހަށިގަނޑު އަންދާލުމަށް ގެންދިއުމުގައި އެންމެ ކުރީގައި އަބީތާބް އާއި ދަރިފުޅު ހަރަކާތްތެރިވާ މަންޒަރެވެ.

އެއީ އަބީޝޭކްއަށް މަސައްކަތްކޮށްދިނުމުގައި އުޅުނު 40 އަހަރުގެ މީހެކެވެ.

އަބީތާބް މިހާރުވެސް ދަނީ ފިލްމްތަކުގެ މަސައްކަތުގައި އުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަޔާ

    ޢެއީ އަމީތާބްގެ މެނޭޖަރެއްގެ ގޮތުގަ ވަރަށް ގިނަދުވަހު އުޅުނު މީހެއްކަމަށް ވަނީ އަބީޝޭކްއަކަށް މަސައްކަތެއް ކޮށެއްނުދޭ

    3
    3
  2. ހުސޭނުބޭ

    އަމީތާބަށްވުރެ ބޮޑަށް ތައުރީފް ލިބުނު ޢަބްދުﷲ ބުނު ޖަދުޢާނަށް! އެކަމަކު އެ ތަޢުރީފްގެ އެއްވެސް ފައިދާއެއް ކުރިޔަށް އޮތް ދުނިޔެއަކު ނެތް!

    4
    1