ފިލިޕީންސްގެ ސޮސެޖް ހަދާ ފެކްޓްރީއެއްގެ ސޮސެޖް ހަދާ ބޮޑު މެޝިނެއްގައި ތާށިވި އުމުރުން 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެެވެ.

އެ ގައުމަށް ނިސްބަތްވާ އެ ޒުވާނާ އަކީ އެ ފެކްޓްރީގައި މީގެ ދެ ހަފްތާ ކުރިން ފަށައިގެން މަސައްކަތް ކުރަން ފެށި މީހެކެވެ. މިހާރު މީސް މީޑިއާއި ދައުރުވަމުން އަންނަ ފޮޓޯތަކުން އެ ޒުވާނާގެ ހަށިގަނޑުގެ ބޮޑު ބައި އެ މެޝިން ތެރޭގައި ތާށިވެފައިވާ މަންޒަރު ފެނެއެވެ.

ޖޮއިމާރް ޖުންގކޯ ނަމަކަށް ކިޔާ އެ ޒުވާނާއަކީ ހެނދުނު ޝިފްޓުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ. އެ ދުވަހުގެ ހެނދުނު 7:00ޖެހި އިރު، އޭނާ ފެކްޓްރީއަށް މަސައްކަތަށް އައެވެ. އަދި އެ ދުވަހު މަސައްކަތަށް ނުކުމެ އަބަދުވެސް އޭނާ ކުރަމުންދާ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވަމުންދިޔައިރު، އޭނާ މެޝިނުން ކުރާ މަސައްކަތް ސުޕާވައިޒް ކުރުމުގައި ހަރަކާތްތެރިވަމުންދާ ޑޭވިޑް ކާލޯސް ވެސް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަަމަވެސް މި ހާދިސާ ހިނގާފައި ވަނީ ކާލޯސް އެ މެޝިން ކައިރިން ދުރަށް ގޮސް ހުއްޓާ، ޖުންގކޯ އަމިއްލައަށް މެޝިން އޮޕަރޭޓް ކުރަން އުޅުމުންނެވެ. އެ މެޝިންގައި ފުރަތަމަ ތާށިވީ އޭނާގެ ކަނާތެވެ. އެއާއެކު އޭނާ އެ މެޝިން ތެރެއަށް ދަމައިގަތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ ހަށިގަނޑު އެ މެޝިންގައި ތާށިވެފައި ހުއްޓާ ފެނިފައި ވަނީ އެ ފެކްޓްރީއަށް ހެނދުނު ޝިފްޓަށް އައި މުވައްޒަފުންތަކަކަށެވެ. އަަދި އެ މުވައްޒަފުން އައިސް މެޝިން އޮފް ކުރުމަށްފަހު އޭނާގެ ހަށިގަނޑު އެ މެޝިން ތެރެއިން ނެގިއެވެ.

އެ ތަނުގެ ވެރިޔާ ބުނީ، ޖުންގކޯގެ ވަޒީފާއަކީ ނިމިފައި ހުރި ޕްރޮޑަކްޓްތައް ޕެކް ކުރުން ކަމަށެވެ. އަދި އޭނާ އެއީ މެޝިންގެ އެއްވެސްކަމެއް ކުރަން ޖެހޭ މީހެއް ނޫން ކަަމަށްވެސް އޭނާ ބުންޏެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތަކެއް ހިނގާފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޙުމުކުޑަ

    ފޮޓޯ އިން ފެންނަ މީހުންގެ މޫނުމަތިން އެއްވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރެއް ނުފެނެ އެވެ. ހީވަނީ ކުޅިބަލަން ތިިބިހެންނެވެ. އެކަމުން ދޭހަވަނީ، އެމީހުންގެ ރަޙުމުކުޑަ ކަމެވެ. ބެލެވޭ ގޮތުގައި ތިއީ އެކުއްޖާދެކެ ފެކްޓަރީ މީހަކު ކޮންމެސް ކަމަކާ ރުޅިއައިސްގެން ޤަޞްދުގައި އެކުއްޖާ މަރާލަން ކޮށްފަ ވާ ކަމެކެވެ. އެގޮތަށް ޝައްކުވަނީ އެކުއްޖާ ކުރަންޖެހޭ މަސައްކަތުގައި އެއްވެސް ވަރަކަށް މެޝިނު ބޭނުން ކުރަން ނުޖެހޭނެތީނެތީ އާއި، އަދި ފެކްޓަރީގައި އެންމެ ދެހަފްތާ ވެފައިވާ އާ މުވައްޒަފަކަށް ވެސް ވާތީ އެވެ.

    5
    2
  2. މަންޖެ

    ހާދަ ހަޑި ތަނެކޭ.

  3. ޙހހހހ

    ޢަދިވެސޮ ދޭ ސޮސެޖު ކާނ