ބޮލުން އިސްތަށި ފޭބުމަކީ ވަރަށް އާއްމުކޮށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިކަމަށް ހައްލެއް ނުލިބިގެން އުޅޭ މީހުންވެސް ދުނިޔޭގެ ކޮންމެ ކޮޅަކަށް ބަލައިލިނަމަވެސް ފެންނާނެއެވެ.

އެންމެ ޢާންމު ގޮތެއްގައި ބޮލުން އިސްތަށި ފައިބަން ދިމާވަނީ، ސިއްޙީ މައްސަލައެއް ކުރިމަތިވުމުންނެވެ. މީގެ އިތުރުން ބައެއް ކަންކަމުގައި ފަރުވާ ކުޑަވުމުންނާއި ގެއްލުންހުރި މާއްދާތައް ހިމެނޭ އުފެއްދުންތައް ބޭނުންކުރުމަކީ ވެސް ބޮލުން އިސްތަށި ފޭބުމަށް ދިމާވާ މައްސަލައެކެވެ.

ތިރީގައި މި ހިމަނާލަނީ، ބޮލުން އިސްތަށި ފޭބުމަށް ދިމާވާ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ދެވިދާނެ ގުދުރަތީ ފަރުވާއެވެ.

- ކޮންމެ ހަފްތާއަކު މަދުވެގެން 2 ނުވަތަ 3 ފަހަރު އިސްތަށިގަނޑު ރަނގަޅަށް ދޮވެ ސާފުކަންމަތީ ބެހެއްޓުން. މިގޮތަށް އާދަކޮށް ޢަމަލުކުރާނަމަ ބޮލުގައި ހުންނަ ޖަރާސީމުން ސަލާމަތްވެ އިސްތަށިގަނޑަށް ގެއްލުންހުރި މާއްދާތައް އިސްތަށިގަނޑުގައި ހަރުލާފައި ނުހުންނާނެއެވެ.

- ކެއުމުގައި ނުވަތަ ކެއުމަށް ޚާއްސަ ކުރާ ޑައިޓުގައި، އަޔަން، ޒިންކް އަދި ވިޓަމިން ޑީ ހިމެނޭ ކާނާ ބޭނުންކުރުން މުޙިންމެވެ. މި މާއްދާތަކަކީ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މުޙިންމު ރޯލެއް އަދާކުރާ މާއްދާތަކެވެ.

- ކެމިކަލް ހިމެނޭ އުފެއްދުންތައް އިސްތަށުގަނޑުގައި ނުހޭކުން. މިސާލަކަށް އިސްތަށީގަނޑު ޑައިކުރުމަށާއި އިސްތަށީގަނޑުގައި ކުލަޖެއްސުމަށް ބޭނުންކުރާ ބައެއް ތަކެއްޗަކީ އިސްތަށިގަނޑަށް ގެއްލުންދެނިވި ބާރުގަދަ މާއްދާތައް ހިމެނޭގޮތަށް އުފައްދާފައިވާ ތަކެއްޗެވެ.

- އިސްތަށިގަނޑުގައި މާ ބާރަށް ހުޅި ޖަހާފައި ނުވަތަ ބަނދެފައި ނުބެހެއްޓުން. އިސްތަށިގަނޑަށް މާބޮޑަށް ވާންކޮށްފައި ބެހެއްޓުމަކީ އިސްތަށިގަނޑަށް ނުހަނު ގެއްލުންވާ ކަމެކެވެ.

- ގިނައިން ހިރަފުން ހުންނަ މާޙައުލުތަކުގައި އުޅެން ޖެހޭނަމަ، އިސްތަށިގަނޑު ކަވަރުކޮށްފައި ބެހެއްޓުން މުޙިންމެވެ. މިފަދަ މާހައުލުތަކަށް ދާއިރު ބޮލުގައި އަޅާ ތޮފި ނުވަތަ އިސްތަށިގަނޑު ނިވާވާ އެނޫންވެސް އެއްޗެއް ބޭނުންކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބޫ

    ގަބޫލުކުރެވޭ ހައްލުތަކެއްނޫން