ނެޓްފްލިކްސް ބެލުމުގައި ނުވަތަ އެނޫންކަމެއް ކުރުމުގައި ވެސް ހޭލާގިނަ ވަގުތު އުޅޭނަމަ ދަރިފަނި އުފައްދާވަރު މަދުވެދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިދިރާސާގައި ހާމަވެފައިވާ ގޮތުގައި މާގިނައިރު ހޭލާ ހުރުމުން ދިފާޢީ ނިޒާމް އާދަޔާޚިލާފަށް ހަރަކާތްތެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިފަނި އުފެއްދުމުގެ ނިޒާމަށް ބުރޫއަރައެވެ.

ފާޓިލިޓީގެ ތަޖުރިބާކާރެއް ކަމަށްވާ މެންޗެސްޓަރ ޔުނިވާސިޓީގެ ޑރ. ރާޖު މަތޫ ވިދާލުވާގޮތުގައި ދަރިއަކު ހޯދަން މަސައްކަތްކުރާ މީހުން އަވަހަށް ނިދަންދިއުމަށާއި އެކަށީގެންވާ މިންވަރަކަށް ނިދި ހޯދުން މުހިއްމުކަަމަށެވެ. ދަރިއަކު ހޯދުމަށް މަސައްކަތްކުރާތާ 2 އަހަރުވެފައިވާ ޑެންމާކުގެ 104 މީހުންގެ މެދުގައި ކުރި މިދިރާސާއިން ހާމަވާގޮތުގައި 10:30 ގައި ނިދާ މީހުންނާއި 11:30 ގައި ނިދާ މީހުންނާއި އަޅާބަލާއިރު، ކުރިންނިދާ މީހުންގެ ދަރިފަނީގައި ދަރިމައިކުރުވުމުގެ ބާރުގަދައެވެ.

އަދި ޑަންޑީ ޔުނިވާސިޓިގެ ޕްރޮފެސަރު ކްރިސްޓޮފަރ ބެރެޓް ވިދާޅުވެފައިވަނީ "ރަނގަޅު ނިދި ނުލިބެންޏާ ހަަކަތަ އުފައްދާ ނިޒާމަށް އަސަރުކުރާނެ އެހެންވެ ދަރިފަނިއުފެއްދުމުގެ ނިޒާމަށް ބުރޫއަރަނީ..". މިހާރަކަށް އައިސް ޒަމާނަށް އައިބަދަލާއެކު އާދަތައްބަދަލުވުމުގެ ސަބަބުން ރޭގަނޑު ހޭލާހުރުމަކީ ވަރަށް އާއްމުކަމެކެވެ.

އެހެންކަމުން ނެޓްފްލިކްސް ބެލުން ފަދަ ރޭގަނޑު ހޭލާ އިންނަން "މަޖުބޫރުކުރުވާ" ބޭކާރު ކަންކަމާއި ދުރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނެޓްފްލިކްސް

    ހޫން! ހޫން! މި އިންގުނީ އެއްނު ނެޓްފްލިކްސް ނުބަލާތީ ރާއްޖޭގަ 14 15 16 އަހަރު ކުދިން ބަލިވެއެ އިންނަނީ ދޯ!!!

    17
    1
  2. މަރިޔަނބު

    ގިނަ ގިނަ އިންބަލަންވީ

    9
    1
  3. އާވިމް

    ނެޓްފްލިކްސް މިތާހާއްސަކޮށް މިބޭނުންކުރޭޔޯ. ޔޫޓިއުބެލީމަޔޯ.

    10
  4. އެނަނިމަސް

    ބެސްޓް ޕުރޮޓެކްށަން މެތަޑް. %100 އެފެކްޓިވް.

  5. އަހަރެން

    މިޔޮއްހާ ދުވަހު ނެޓް ފްލިކްސް ނެތް ދޯ