ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް (ފަޒާ) ޗުއްޓީ އަށް ރާއްޖެ ވަޑައިގެން، ވެލާ ޕްރައިވެޓް އައިލެންޑްގައި ޗުއްޓީ ހޭދަކުރައްވާކަން ހާމަކުރެއްވުމާއި އެކު ވެލާ ޕްރައިވެޓް އައިލެންޑަށް އިތުރު ސަމާލުކަމެއް ލިބިއްޖެއެވެ.
ފަޒާ އޭނާގެ ބޮޑުބޭބެ ސައީދު އާއި އެކު ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ފޮޓޯތަކާއި ވީޑިއޯތައް ޓްވިޓާ އާއި އިންސްޓްގްރާމްގައި ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.
ފަޒާ ޗުއްޓީ ހޭދަކުރަމުންދަނީ ވެލާ ޕްރައިވެޓް އައިލެންޑްގައި ކަމަށް ބުނުމާއި އެކު އެރަށުގެ މައުލޫމާތު ހޯދަން ގޫގުލް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
https://www.instagram.com/p/BzFvGfxgBHM/
ވެލާ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓެވެ. އެރިސޯޓްގައި އެންމެ އަގުހެޔޮކޮށް ވެސް އެންމެ ރެއަކަށް ކޮޓަރިއެއް ވިއްކަނީ ވެސް 1600 ޑޮލަރަށް ވުރެ މަތީ އަގެއްގައެވެ. އަގުބޮޑު ކޮޓަރިތައް ރެއަކަށް 16000 ޑޮލަރަށް ވުރެ ވެސް އަގުބޮޑުކޮށް ވިއްކައެވެ.
ވެލާ ޕްރައިވެޓް އައިލެންޑްގައި ދުނިޔެއަށް މަޝްހޫރު ވަރަށް ގިނަ މީހުން މީގެ ކުރިން ވެސް ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ކޮން އަތޮޅެއްގަ އޮންނަ ރިޒޯޓެއްތަ؟
ނ އަތޮޅު
ވަލީ އަހުދު ހާދަ ރީއްޗޭ
މަރީމެން ކަހަލަ މީހުންނަށް ތަނަކުން ފެންނަހާ މީހަކު ރީތިވާތީ އޭ ރާއްޖޭގައި ވަރި ގިނަވަނީ!
ހިތް ހަމަ ޖެހޭ ވަރަށް ސާވިސް ޗާޖް ދޭ ރަށެކެވެ.