ދުނިޔޭގެ އެންމެ ހަލުވި އަދި ސްޕީޑް ބާރު ޖެޓް ޕެކް އުފައްދައިފިއެވެ.

މި ޖެޓް ޕެކް އުފައްދާފައިވަނީ އިނގިރޭސި ވިލާތުގެ ދަރުވަރެކެވެ. 55 މޭލު ބާރު މިނުގައި ގަޑިއެއްގެ ތެރޭ ދަތުރު ކުރާ މި ޖެޓް ޕެކްގެ އަގަގީ 340000 ޑޮލަރެވެ.

ސެމް ރޮޖާސް ނަމަކަށް ކިޔާ މި ދަރިވަރު މި ޖެޓް ޕެކް އުފެއްދީ ތްރީޑީ ޕްރިންޓަރެއް ބޭނުން ކޮށްގެންއެވެ.

އުފެއްދުމުގައި އެލްމިނިއަމް އަދި ނައިލޯން ބޭނުން ކޮށްފައިވާ މި ޖެޓް ޕެކްގައި 5 ޓާބޯ އިންޖީނު ވެއެވެ. ލަންބޯގް ޔުނިވާސިޓީގެ އުމުރުން 23 އަހަރުގެ ސެމް ރޮޖާސް ބުނީ މި ޖެޓް ޕެކްގެ އެހީގައި 10000 ފޫޓް މައްޗަށް އެރޭނެ ކަމަށެވެ.

ސެމް ބުނިގޮތުގައި އަދިވެސް މި ޖެޓް ޕެކްގެ ޓެސްޓްތައް ކުރެވެމުން ދާތީ ބާޒާރަށް މި އުފެއްދުން ނެރެވޭނެ ވަކި ދުވަހެއް އެހެން ބުނަން ދަތިކަމަށެވެ.

ޖެޓް ޕެކްގެ ކުޅިވަރުތަކަކީ ދުނިޔޭގަައި މިހާރު ވަރަށް މަޝްހޫރު ކުޅިވަރުތަކެކެވެ. މިއީ މި ކުޅިވަރު ކުޅޭ މީހުންނަށް ލިބުނު އުފާވެރި ޚަބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ތި ހަދާގެން އުޅޭތާ ކިތައް އަހަރުވެއްޖެ.

    3
    2
  2. ކޮސް

    ކިތަންމެ އަހަރަކުންވެސް ހަދައިފިތާ. ކަލޭމެން ތިބާ ފޮށާގަނޑުން ސަލާމަތް ނުވެފަ

    4
    1