މާވެލްއިން ތައްޔާރު ކުރާ އެވެންޖާރސް: އިންފިނިޓީ ވާރ ނިކުންނަން މަދު ދުވަސްކޮޅެއް މިވަނީ ވެފައެވެ. އަދި މާވެލްއިންދަނީ މިފިލްމުގެ ޓްލައިލާއާއި ޓީސަރތަކެއް އާއްމުކޮށްފައެވެ.

އެހެންނަމަވެސް މިފަހަރު މިއޮތީ ތަފާތު ޓްރެއިލަރއެކެވެ. މިފަހަރު އެވެންޖަރއަށް ތައާރަފް މިވަނީ އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ކެރެކްޓަރ ކްރިޝްއެވެ. ކްރިޝްއަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލްވެގެންދިޔަ ފިލްމެއް ކަމަށްވާ ކޮއިމިލްކަޔާ އަދި ކްރިޝް، ކްރިޝް 3 ގެވެސް ބަތަލެވެ. ރިތިކް ރޯޝަނން ކްރިޝްގެ ގޮތުގައި މިފިލްމަކީ އިންޑިޔާގައި މިހާތަނަށް އުފެއްދި އެންމެ ހިޓް ފިލްމެވެ.

އެހެންނަމަވެސް މިއީ އަސްލު ޓްރައިލަރ އެއް ނޫނެވެ. އަދި ކްރިޝް އެވެންޖަރސްއަށް އަންނަން އުޅެނީކީވެސް ނޫނެވެ. މިއީ އިންޑިޔާގެ ޔޫޓިއުބް ޗެނަލްއަކުން އާއްމުކޮށްފައިވާ ވީޑިއޯއެކެވެ. އެޗެނަލްއަކީ މިގޮތަށް ހިންދީ ފިލްމްތަކާއި ހޮލީވުޑްގެ ފިލްތަށް އެއްކޮށް ޓްރައިލަރ ހަދަމުންދާ ޗެނަލްއެކެވެ. މިޓްރައިލާ ބެލުންތެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕީޕަލް

    ދެން ކަލެއަށް ޖެހޭތަ އެ އިސްތިހާރު ކުރަން.

  2. އޭރިއާނާ

    ލޮލް...މަ ހީކުރީ އަސްލު ކަމައް?

  3. ހާމާން

    މިޔައް ކިޔާ އުޅެނީ ކްލިކް ބެއިޓް އެވެ.

  4. ޚިޔާުލު

    މިވެސް ޚަބަރު