ރާއްޖެއިން އާއްމުކޮށް ނުފެންނަ ވައްތަރެއްގެ މަހެއް ބާނައިފިއެވެ.

މި މަސް ބާނާފައި ވަނީ އިއްޔެ އިރުއޮއްސުނުއިރު އައްޑޫ ސިޓީ ހިތަދޫ ކައިރިއަށް މަސް ބާނަން ދިޔަ ބަޔަކެވެ. އިއްޔެ މަހަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އާނިފް މިއަދު ބުނީ، އާއްމުކޮށް މަހަށް ގޮސް އުޅޭ މީހުންނާއެކު އިއްޔެ ހަވީރު މަހަށް ގޮސް އުޅެނިކޮށް ބާނާފައި ވަނީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތުގެ މަހެއް ކަމުގައިވާ "ޕްރޮސްޓްފިޝް" ކަމަށެވެ. އަދި މި މަހަށް ކިޔާ ދިވެހި ނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެއިން ނުފެންނަ ވައްތަރުގެ މަސް ބޭނުމުގައި ހަރަކާތްތެރިވަމުން އަންނަ އާނިފް ބުނީ، އިއްޔެ ބޭނި އެ މަހުގެ ދިގު މިނުގައި ހަ ފޫޓު 10 އިންޗް ހުންނާނެ ކަމަށެވެ.

އެ މަސް ބާނާފައި ވަނީ ހުސައިން ނަމަކަށް ކިޔާ މީހެެކެވެ. ފަސް މީހުންނާއެކު އިއްޔެ އިރުއޮއްސުނު ހާއިރު މަސް ބާނަން ގޮސް ބޭނި މި މަހުގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

https://www.facebook.com/abdulla.anif/posts/10156372061043803

އާނިފް ބުނީ، އެ މީހުން މަސް ބާނަން ދަނީ ކުޅިވަރުގެ މަސްވެރިކަމަށް ބޭނުން ކުރާ ލޯންޗެއްގައެވެ. އަދި އެ މީހުންނަކީ އަބަދުވެސް ރާއްޖެއިން އާއްމުކޮށް ނުފެންނަ މަސް ބޭނުމުގައި ހަރަކާތްތެރިވަމުން އަންނަ މީހުންކަމަށްވެސް އާނިފް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަލާމް

    ހަމަ ސީދާ ތި ބްރޭންޑުގެ މަހެއް މީގެ މަސް ތަކެއް ކުރިން ރާއްޖޭގައި މީހަކަށް ހަމަ ތިގޮތަށް ބޭނުނު. ތިއީ އެމްޑީޕީ ޖަޒީރާ ރާއްޖެ ލޯގޯ ގައި އިންނަ މަހެއް.

    25
  2. އ. ޖ. އ

    ބަޔަކަށް އަލަށް އަހަރުމެންނަށް ބާ..މިހިސާބުގަ ވަރަށް ގިނަ އެއްޗެއް ތީ

    21
    1
  3. ޓަވަރު

    މިއީ ކާން ހެޔޮވާވަރުގެ މަހެއް ނޫން!

    10
    3
  4. ބާރީ

    ނުފެން ނާނެ ނުން ... ފެންނަ އެތިވެސް ހިފާ މަރާލަނީ ފޮޓޯ ނަގަން... ވ.ސަލާމް

    18
  5. ސާމިޔާ

    ޖަޕާނުމީހުންނަށް ތިމަސްފެންނަނީ ބިންހެލުމެއްއަނަންވެގެންނޭ އެމީހުންބުނެއުޅޭ.. އިރާދަކުރެއްވިއްޔާ އެފަދަކަމެއް މިރާއްޖެއަށްމެދުވެރިނުކުރައްވާށި ..

    52
    1
  6. ޒިޔާޕު

    ތިތަނުން މަސް ބޭނި ކާކުތަ؟

    9
    1
  7. ޖަޒީރާމަނިކު

    ތިޔައޮތީ ހުސޭނެއް ބޭނިފާ. ހުސޭނަކީ ވަރަށްމަދުންނޫނީ ރާއްޖޭން ނުފެންނަމަހެއް.

    15
  8. ޒަންމަޏް

    ތިޔައީ އޯރ ފިޝްއެއް.. ތި ވައއތަރުގެ މަހަކީ ވަރައއ އަޑީގައި ތިބެފައި ބިންހެލުމުގެ ވައިބުރޭޝަންގެ ސަބަބުން މައްޗައް އަރާ އުޅޭ މަހެއް. ތިމަސް މަތީން ފެނިއްޖެއިޔާމުން އެއީ ބިންހެލުމެއްގެ ނިޝާން ކަމުގައި ބެލެވޭ..

    17
  9. ލައްޓި

    ތިއީ ރިބަން މަހެއް. މާކެޓްގައި ރަނގަޅު އަގެއްގައި ވިއްކޭ މަހެއް. ރާއްޖޭ ނޫން ގިނަ ތަންތާންގައި ތިޔަ މަސްވެރިކަންކޮށް ނަފާ ހޯދަނީ އަތުފަތު ނުޖެހޭ ވަރަށް. ރާއްޖޭގެ 95% އަކީ ކަނޑުކަމުގައި ވީނަމަވެސް ކަނޑޫގެ ބޭނުން ހިފާ ތަފާތު ވައްތަރުގެ މަސްވެރިކަން ކުރުމަކީ ރާއްޖޭގައި ނުކުރާ ކަމެއް. އައު ކަންކަން ފައްޓަން ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ. ކަމެއް ވިޔަދޭން ވެސް ނޫޅޭ. އިހަށް ދުވަހު އަދި ބޯވާ ދިލަ މަހުގެ ވިޔަފާރި ކުރަން ފެށީ.

    8
    2
  10. ރަތްގަލަން

    ތިއީ ޖަޒީރާ މަހެއް. ތިމަސް ތިލަވެއްޖެ ނަމަ އެގައުމެއްގެ ސަރުކާރަށް 7.5ގެ ބާރުގަދަ ލޮޅުމެއް އަރާނެކަމަށް މި ބަލަނީ....

    14
    • ޙަލޯ

      ތިިިިިިޔަށް ކިޔާާ ޖެޤޮމެލޯ

  11. Anonymous

    އައްޑޫމީހުން ވަރަށް ފޮނިކަޑާނެ