ސާރިދޯޅެއްގެ ޝިކާރަ އަކަށްވެ، އޭގެ ކާނާގެ ގޮތުގައި ފޮރުވާފައި އޮތް އިންސާނެއް 1 މަސް ދުވަސް ފަހުން ސަލާމަތް ކޮށްފިއެވެ.

އެލެކްސެންޑާ ނަމަކަށް ކިޔާ އެ މީހާ ރަޝިޔާގެ ފަރުބަދަ މަތީ ހިސާބެއްގައި މަސް ދުވަސް ވަންދެން ހިރި ނުލެވިފައި އޮތް އިރު، އޭނާ ފެނިފައި ވަނީ އެ ހިސާބަށް ޝިކާރަ ކުރަން ގޮސް އުޅުނު ބަޔަކަށެވެ.

އެ ޝިކާރަވެރިންގެ ކުއްތާތަކަށް އެލެކްސެންޑާ ފެނުމުން ވަނީ އެ އެއްޗެހީގެ ގެންގުޅޭ މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އެލެކްސެންޑާގެ ހާލު ފެނިފައި އޭނާ އޮތީ މަރުވެފައި ކަމަށް އެމީހުންނަށް ހީކުރެވުނު ނަމަވެސް، އޭނާގެ ލޯ ހުޅުވާލުމުން އެމީހުން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން އެކަން ހިއްސާ ކޮށްފައެވެ.

ބައެއް ސާރިދޯޅުތައް އެ އެއްޗެހީގެ ކާނާތައް ވަޅުލައި ނުވަތަ ފޮރުވާފައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓައެވެ. އެއީ މިގޮތަށް ކަންތައް ކުރުމުން އެ ޖަނަވާރަށް ކާން ފަސޭހަ ވާތީއެވެ. އެލެކްސެންޑާގެ މައިބަދަ ބިންދާލުމަށް ފަހު އޭނާ ފޮރުވާފައި އޮތް ނަމަވެސް، އެލެކްސެންޑާގެ އަތުން ހަރަކާތް ކުރެވޭކަމުން، އޭނާ މަސް ދުވަސް ވަންދެން ނަރުނުވެއޮތީ އޭނާގެ އަމިއްލަ ކުޑަކަމުދާ ތަކެތި ބޮއިގެން ކަން ވަނީ ހާމަވެފައެވެ.

މި ހާލަތުގައިވެސް މަރުނުވެ އޮތުމުން ޑޮކްޓަރުން ބުނެފައި ވަނީ މިއީ އަޖައިބެއް ކަމަށާއި އެލެކްސެންޑާ އަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށެވެ. މިވަގުތު އެލެކްސެންޑާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު އޭނާ އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގްރިޒްލީ

    ސުބްޙާނަﷲ

    134
  2. Funny
  3. އަބުދުﷲ ޢިމާދު ބިން ސަޢީދު

    ﷲގެ ކުޅަދުންވަންތަކަން ނިކަންދެކިބަޅަ ވިސްނާބަޔަކަށްމިސާޅެއް

    17
    1