އެތައް ބައެއްގެ ހިތްތައް އަތުލި ދެމަފިރިންކަމަށްވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ގުޅުން އެއްކޮށް ކެނޑުނުތާ ދެތިން އަހަރު ދުވަސް ވެއްޖެއެެވެ. އެެއާއާކު މިހާރު އެންޖެލީނާ މީހަކާއި ޑޭޓް ކުރަން ފަށާފައިވާކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެންޖެލީނާ މިހާރު ޑޭޓް ކުރަމުން ދަނީ އެއްވެސް ވަރަކަށް މަޝްހޫރު މީހަކާއި ނޫނެވެ.

އެންޖެލީނާ އަދި ހުރީ އެހެން މީހަކާއި ގުޅެން ތައްޔާރަށް ނޫންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އޭނާ މިހާރު ދަނީ މީހަކާއެކު ވަރަށް ވަގުތު ހޭދަ ކުރަމުންނެވެ. އެއީ ސެލެބްރިޓީއެެއް ނޫނެވެ. އޭނާއަކީ އުމުރުން ދުވަސްވީ މުސްކުޅިއެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މުސްކުޅި ނަމަވެސް ރީތި ގޮތެއް އެބަހުއްޓެވެ.

"އެންޖެލީނާ ބްރެޑް އާއި ވަކިވުމަށްފަހު އަދިވެސް މިސްރާބު ހުރި ވަރަށް ގޯސް ދިމާލަކަށް. އެހެންވެ އޭނާ އުމުރުން ބޮޑު މީހެއް ކައިރިއަށް އެދަނީ. އެއީ އެ އުނދަގުލުން ސަލާމަތްވުމަށް"، މައުލޫމާތު އެނގޭ މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެންޖަލީނާ އާއި ބްރެޑްގެ ގުޅުން ކެނޑިފައިވާކަމަށް މި ދެތަރިން އިއުލާނުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. މި ދެތަރިން ވަކިވީ ދަރިންނަށް އަނިޔާ ކުރާ މައްސަލައެއްގައިކަމަށް ބުނެ ތަފާތު އަޑުތައްވެސް އެރިއެވެ. މި ދެތަރިންގެ ހަ ދަރިން އެބަތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެހޭނުބެހޭ

    ހަ ދަރިން ތިބިއިރު ވެސް ތެޅޭވައް ތަރު....

  2. ާަަފަތީ

    އެންޖެލީނާއެއީ އުމުރުން 18 ނުފުރޭ ކުޑަކުޖެއް އުތަ.. ލޮލް