ހެޑްފޯނަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެއާއި ނުލާ ނޫޅެވޭ ވަރުވެފައިވާ އެއްޗެކެވެ. ދުނިޔޭގައި އެތަކެއް ބްރޭންޑްއެއްގެ ހެޑްފޯން އުފައްދާއިރު އެކި އެކި ހެޑްފޯންތަކުގެ އަގުތަށް ތަފާތެވެ.އެގޮތުން ދުނިޔޭގައިވާ އެންމެ އަގުބޮޑު ހެޑްފޯނުތަށް ތިރީގައި އެވަނީއެވެ.

ފޯކަލް އުޓޯޕިއާ

އިޓަލީގެ ކުންފުންޏެއް ކަމަށްވާ ޓޯނަޔާލޭ އިން އުފެއްދި ފޯކަލް އުޓޯޕިއާ ހެޑްފޯނަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ އަގުބޮޑު ހެޑްފޯނެވެ. އެ ހެޑްފޯނުގެ އެހީގައި ލޭގެ ޕްރެޝަރާއި އަދި އެނޫންވެސް ބައެއް ސިއްހީ ކަންކަން ބަލާލެވޭއިރު އެ ހެޑްފޯނުގައި ގިނަ އަދަދެއްގެ ރަން އެކުލެވިގެން ވެއެވެ. ފޯކަލް އުޓޯޕިއާއެއްގެ އަގަކީ 120،000 އެމެރިކާ ޑޮލަރެވެ.

އޮންކިޔޯ

އޮންކިޔޯއަކީ ދުނިޔެއިން ދެވަނައަށް އެންމެ އަގުބޮޑު ހެޑްފޯނެވެ. އެ ހެޑްފޯނުގައި 20 ކެރަޓްގެ ޑައިމަންޑް އެކުލެވިގެންވާއިރު ހެޑްފޯނުގެ ކަވަތރު ހަދާފައިވަނީ އޮފް ދަނގަޑުންނެވެ. އޮންކިޔޯއެއްގެ އަގު 80،000 އެމެރިކާ ޑޮލަރަށް އަރައެވެ.

ވީ މޮޑާ ކްރޮސްފޭޑް

ވީމޮޑާ ކޮރޮސްފޭޑް އަކީ ރަނާއި ރިހިން ހަދާފައިވާ ހެޑްފޯނެކެވެ. މީގެ ޑިޒައިންއަކީ އެހެން ހެޑްފޯނުތަކަށް ވުރެއް ތަފާތު ޑިޒައިންއެވެ. މި ހެޑްފޯނުގެ އެންމެ ހާއްސަ ކަމަކީ ހެޑްފޯނުގެ އަރިމަތީގައި ރަނުން ޖަރީކޮށްފައިވާ ތްރީޑީ ކުރެހުމެއް ހިމެނޭތީއެވެ. ވީ މޮޑާ ކްރޮސްފޭޑް ގެ އަގު 40000 އެމެރިކާ ޑޮލަރަށް އަރައެވެ.