ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހުގެ ސަބަބުން މުޅި ހަޔާތް ބަރުބާދު ވެއްޖެ ކަމަށް ބްރިޓިޝް-އިޖިޕްޝަން މޮޑެލް އަކު ބުނެފިއެވެ.

މިހާރު ކުރިއަށް ދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން މިސްރުގެ މިޑްފިލްޑަރ އަމްރް ވާދާ މީސް މީޑިއާ މެދުވެރިކޮށް އޭނާ އާއި "ފޮށުނު" ކަމުގެ މައްސަލަ އެއް ފެންމަތިވެ، އޭނާ ޓީމުން ބޭރު ކޮށްލުމަށް ފަހު، ސަލާހުގެ ޓްވީޓަކާއި އެކު ވާދާ މިވަނީ އަލުން ސޮކަޑަށް ނަގާފައެވެ.

މީސް މީޑިއާ މެދުވެރިކޮށް އެ މޮޑެލް އާއ ފޮށުނު ކަމަށް ވާދާ އެއްބަސްވާ ވީޑިއޯ އެއް ހިއްސާ ކުރަމުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ.

މިކަމާއި ސަލާހު ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ވާދާ ކުރީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އަންހެނުންނަކީ ވަރަށް އިހުތިރާމު ކުރަން ޖެހޭ ބައެއް ކަމަށާއި އަބަދުވެސް އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި އޭގެ އިތުރަށް ސަލާހު ބުނެފައި ވަނީ ދެވަނަ ފުރުސަތަކީ އޮންނަ އެއްޗެއް ކަން އޭނާ ގަބޫލު ކުރާ ކަމަށެވެ.

މިއާއި އެކު ވާދާ އަލުން ސްކޮޑަށް ނަގާފައި ވާއިރު އެ މޮޑެލް ބުނެފައި ވަނީ މިހާރު އެތައް ހާސް ބައެއްގެ ފަރާތުން ރުޅިވެރިކަމުގެ މެސެޖްތައް އޭނާ އަށް ލިބެމުން އަންނަ ކަމަށާއި، މިސްރަށް ގޮސްފިނަމަ، މީހުންގެ ފަރާތުން އަނިޔާތައް ލިބުމުގެ ބިރު އޮތުމުން އޭނާގެ ހަޔާތް މިހާރު ވަނީ ބަރުބާދުވެ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި ކަމަށެވެ.

އަންހެނުންނާއި ފޮށުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ނަމަވެސް ބައެއް މީހުން ބުނަމުން އަންނަނީ މިއީ އެ މޮޑެލް އިތުރަށް މަޝްހޫރު ވުމަށްޓަކައި ބޭނުންކުރި "ސްޓަންޓެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޠ

    "މިހާރު ކުރިއަށް ދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން މިސްރުގެ މިޑްފިލްޑަރ އަމްރް ވާޑާ މީސް މީޑިއާ މެދުވެރިކޮށް އޭނާ އާއި "ފޮށުނު" ކަމުގެ މައްސަލަ އެއް ފެންމަތިވެ، އޭނާ ޓީމުން ބޭރު ކޮށްލުމަށް ފަހު، ސަލާހުގެ ޓްވީޓަކާއި އެކު ވާދާ މިވަނީ އަލުން ސޮކަޑަށް ނަގާފައެވެ."
    ނޭނގެ ތިކިޔާ އެއްޗެއް

    40
    11
    • ލިލި

      ލިޔާ ހިތަކުން ނޫނޭ ލިޔަނީކީ.

      22
      1
  2. ށައް2

    2 ފަހަރު ކިޔާލަބަލަ،އޭރުން ގެޓްވާނެ.

    17
    11
  3. Baek hyun

    ސަލާހު ތިފަދަ ކަމެއް ދުވަހަކު ނުކުރާނެ
    އޭތް ޗަކު އެއުޅެނީ އޭނާގެ ދުވަސް ދުއްވާލާނެގޮތެއް ނޭނގިގެން ތޯއެއްޗެއް

    20
    3
    • ޖެރީ މީދާ

      ހައި އަމް އަ ކޭޕޮޕް ފޭން ?

      4
      5
  4. ލާމު

    ބައެއް މީހުންނަކީ އެމީހުން މަޝްހޫރު ވުމަށްޓަކައި އެހެން މީހުންގެ ޙަޔާތް ބަރުބާދު ކޮށްލާ ބައެކެވެ. މީގެތެެރޭގައި ދެ ޖިންސުގެ މީހުންވެސް ހިމެނޭ.

    20
    2