ޕާސްވޯޑްހަދާން ނެތުމަކީ އާއްމު ކަމެކެވެ. ޚާއްސަކޮށް ކޮންމެ އެއްޗަކަށް ވަކިން ތަފާތު ދިގު ޕާސްވޯޑެއް ޖަހާނަމަ އެއޮތީ ކަންތަކާ ލައިގެންފައެވެ. ކޮންމެ ފަހަރަކު "ފޮގޮޓް ޕާސްވޯޑަށް" ޖެހުން ނޫން އިތުރު އެހެން އިޚްތިޔާރެއް ގިނަ ފަހަރު ތިހެން ނޯވެއެވެ.

ނަމަވެސް، ޕާސްވޯޑް ހަދާން ނެތޭ މީހުނަށް މިއޮތީ ހައްލެކެވެ. އެވަރކީ ގެ ނަމުން ނަންދެވިފައިވާ މިކުޑަ ކުޑަ ޑިވައިސްއަކީ ގެންގުޅޭ ހުރިހާ އެއްޗެއްގެވެސް ޕާސްވޯޓް ހިތުދަސްކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. އަދި ތިމާ ބޭނުންވާ ހިދެއްގައި ޕާސްވޯޑް ޖެހުމުގެ ބަދަލުގައި އެޑިވައިސް ބޭނުންކޮށްގެން ލޮގިން ވެވުމުގެ ބާރު އޮންނަ އެއްޗެކެވެ.

އެވަރކީގެ ނަމުން ނަންދެވިފައިވާ މިޑިވައިސްއަކީ ދުނިޔޭގެ ބޮޑެތި އަސްކަރިއްޔާތަކުގެ ސިއްރު މައުލޫމާތު ރައްކާތެރި ކުރުމަށް ބޭނުންކުރާާ އާލާތެއް ކަމުން، މިއީ އިތުބާރު ކުރެވޭނެ އެއްޗެއްކަން އެނގެއެވެ.

މީގެ އިތުރުން އެވަރކީގެ އެހީގައި ކާރު، ޓެބްލެޓް އަދި ފޯނުވެސް ލޮކްކޮށް އަންލޮކް ކުރެވެއެވެ. އަދި މީސްމީޑިޔާތަކާއި މާސްމީޑިޔާގައި ބޭނުންކުރާ ޕާސްވޯޑްތަށްވެސް އެވަރކީގެ އެހީގައި ޖެހެއެވެ.

މީގެ އިތުރުން މިޑިވައިސް ގެއްލިއްޖެނަމަވެސް ހާސްވާކަށް ނުޖެހެއެވެ. ފޯންއަށް އަޅާފައި އޮންނަ އެޑިވައިސްއަށް ޚާއްސަ އެޕް އަކުން ޑިވައިސް ލޮކް ކޮށްލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣޖހޖ

    އައިފޯން ގެންގުޅޭ މީހުން ނޫޅޭނެ ޕާސްވޯރޑް ހަނދައިން ނެތިގެންނެއް.