އިންޑިއާގެ ތޭންގައި ޕަބްޖީއަށް ދެވިހިފާފައި ހުރި އުމުރުން 15 އަހަަރުގެ ކުއްޖަކު އޭނާގެ ބޭބެ މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޕަބްކީއަށް ދެވިހިފާފައި ހުރި އެ ކުއްޖާ އޭނާގެ ބޭބެ މަރާލާރައި ވަނީ، ފޯނުން މާގިނައިން ޕަބްޖީ ކުޅޭތީ އެކަމާއި ނުރުހުންވެގެން އޭނާއާ ދިމާލަށް ހަޅޭލަވާ، އެ ގޭމް ނުކުޅުމަށް އެންގުމުންނެވެ.

އެ ކުއްޖާ މަރާލާފައި ވަނީ އޭނާގެ 19 އަހަރު މުހައްމަދު ޝެއިޚް ނަމަކަށް ކިޔާ އޭނާގެ ބޭބެއެވެ. އިއްޔެ ހެނދުނު، މުހައްމަދު އޭނާގެ ކޮއްކޮ ކައިރީގައި ޕަބްޖީ ގޭމް އޭނާގެ ފޯނުން ނުކުޅުމަށް އެންގުމުން، ކޮއްކޮ ރުޅި އައީއެވެ. އަދި ރުޅި އައިސްގެން ބޭބެގެ ބޯ ފާރުގައި ޖެހުމަށްފަހު ކަތުރެއް ބޭނުންކޮށްގެން ބޭބެގެ ގަޔަށް އެކި ފަހަރު މަތިން ކަތުރު ޖެހީ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެކަން ހިނގުމާއެކު ވަގުތުން މުހައްމަދު ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އޭނާއަށް ފަރުވާދޭން ފެށުމުގެ ކުރިން ވަނީ މަރުވެފައެވެ.

އެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނައިރު، މުހައްމަދު މަރާލި އޭނާގެ ކޮއްކޮ ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ.

ޕަބްޖީއާއި ހެދި މީގެ ކުރިންވެސް އެތައް މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އޭގެ ތެރޭގައި އާއިލީ ގިނަ މައްސަަލަތަކާއި، ރަހުމަތްތެރިންގެ ތެރޭގައި މެދުގައި ދިމާވާ މައްސަލަތަކުގެ އިތުރުން، އެ ގޭމާއި ހެދި ވަރިއާއި ހިސާބަށްވެސް ދާ ވަރު ވެއެވެ.