ދުނިޔެ ތަރައްޤީވެ ކުރިއަރަމުންދާއިރު، ގިނަ ކަންތައްތަކެއް މިދަނީ ބަދަލުވަމުންނެވެ. މިގޮތުން ތަރައްޤީގެ މިރޭހުގައި ކުޑަކޮށް ފަހަތުގައި އޮތީ އަހަރެމެންގެ ތައުލީމީ ނިޒާމެވެ.

ކޯޗު ބޯޑުން ވައިޓް ބޯޑަށް ކުލާސް ރޫމް ބަދަލު ވެގެން ދިޔަ ނަމަވެސް، ކިޔެވުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަތަނެއް ނުފެނެއެވެ. " އޭ ފޯރ އެޕަލް" އަޑުހަރުކޮށް ކިޔާ ފަހަތުން ދަރިވަރުން ހަމަ އެރާގުގައި އެބަޑިތަށް ލައްވަމުން ކިޔާން އަދިވެސް މަޖުބޫރެވެ. އެހެންނަމަވެސް، ކުރި އަރާ ތަހްޒީބް ވެފައިވާ މިމުޖުތަމައުގައި މިއީ މިކަން ހިގަން އޮތް ނުވަތަ ކިޔަވާ ދެވެން އޮތް އެންމެ ރަނގަޅުގޮތްތޯ ސުވާލު އުފެދެއެވެ.

މިހާތަނުން ސުވާލެއް އުފައްދާނަމެވެ. އޮންލައިން ލާނިން، ނުވަތަ މާސްމީޑިޔާގެ ޒަރިއްޔާއިން ކިޔެވުން އަޅުގަނޑުމެންނަށް ހަޑިކަމަކަށް ނުވަތަ ދަށްފެންވަރުގެ ކަމަކަށް ވެފައި މިވަނީ ކީތްވެގެން ހެއްޔެވެ. ހަމަގައިމު މިގޮތަށް ކިޔެވުން އެތަށްތަނަކުން ފަސޭހައެވެ.

ފުރަތަމަ ކަމަށް ޚަރަދަށް ބަލާލަމާ ހިގާށެވެ. ބޮޑު އަގުތީފައި މާލޭގައި މާލޭގެ މީހުންގެ އަޅުންނަށްވެގެން މަސައްކަތް ކުރުމުގެ ވަކި ބޭނުމެއް ކޮބައިހެއްޔެވެ؟ ތިމާއަށް އަމިއްލަ ގޭގައި ބޮޑު ސުޕްރާމަތީ ކާންއިދެ މިގޮތަށް ކިޔެވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަހަރެންގެ ސިކުޑިއަކަށް ހަމަވިސްނާ ވިސްނާވެސް ނޭން ގުނެވެ.

ދެވަނަ ކަމަކަށް ބޭނުންތާކު އިދެ ކިޔަވަން ވީއެވެ. ބީޗްއަކީ ތިމާއަށް ހިތްފަސޭހަ ތަނަކަށް ވާނަމަ އެތަނަށް ގޮސް ކިޔަވަން ވީއެވެ. ނޫނީ ޖަންގަލީތެރެއަށްގޮސް ކިޔަވަން އިނަސް މީހަކު އެއްޗެކޭ ނުބުނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    އަމާ ބުނީތީ ފަރަށްދާ އުސޫލުން ލިޔެފައޮތް އާޓިކަލެއް.. އިފެކްޓިވް ވާގޮތެއް ނޭނގުނު.. ޖަންގަލީތެރޭގަ ކިޔަވަން އިންދާ މިނިކާވަގެއް އައިސްފަ ކާލީމަތަ އިފެކްޓިވްވަނީ..؟؟