ކޮންމެ މީހެއްގެ ހަޔާތުގައި ބޭނުންވާ އެއްކަމެއް އޮވެއެވެ. ކޮންެމެ އުމުރެއްގެ މީހެއްކަމުގައި ވީނަމަވެސް މިކަމުގައި ތަފާތެއް ނެތެވެ. އެކަމަކީ އެމީހާއަކީ އުފާވެރި މީހެއް ކަމުގައި ވުމެވެ.

އެހެންނަމަވެސް، މިކަމަކީ ގިނަމީހުން "އެފް" އަކުން ފެއިލްވާކަމެކެވެ. ގިނަފަހަރަށް ކިތަންމެ މަސައްކަތެއް ކުރިޔަސް މިކަމުގައި ކާމިޔާބީއަކަށް ވާސިލްވާތަނެއް ނުފެނެއެވެ. މިދައްކަނީ އުފާ ނުވާ ވާހަކައެވެ. އެހެންނަމަވެސް އުފާވެރި މީހަކަށް ވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރެއިން މަދު ކަންކަމަށް މިތާންގައި ބަލާލާނަމެވެ.

ޝުކުރުވެރިވާށެވެ.

އުފާވެރި މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ އަދި އެންމެ ފަހުންވެސް ކުރަންވީ ކަމަކީ ޝުކުރުވެރިވުމެވެ. ތިމާގެ އަމިއްލަ ނަފްސަށާއި ތިމާއަށް ކަންތައްކޮށްދޭ މީހުނަށް ޝުކުރުވެރިވާށެވެ. މިސާލަކަށް ތިމާ ތަންތަނަށް ގެންގޮސްދޭ ޓެކްސީގެ ޑްރައިވަރަށާއި ފިހައިރައިގައި އެއްޗެހި ވިއްކަން އިންނަ ސޭޓަށްވެސް، ޚިދުމަތް ލިބިގަތުމަށްފަހުގައި ޝުކުރުވެރިވާށެވެ. މިކަމަކީ ކިތަންމެ ކުޑަކަމެއް ކަމުގައި ތިބާއަށް ހީވިޔަސް މިކަމުން ބޮޑު ނަތީޖާއެއް ނިކުންނާނެކަން ހަދާން ކުރާށެވެ. ސަބަބަކީ ތިމާއަށް އެހެން މީހުނަށް ޝުކުރު ވެވުނު ކަމުގެ އިޙްސާސަް އަމިއްލަ ނަފްސަށް ކުރެވޭނަމަ، އެއީ ތިމާ އުފާވެރިކޮށް ހުރުމަށް ލިބިދޭ ބާރެކެވެ.

އިޙްސާސްތައް ބޭރު ކުރާށޭވެ.

އަބަދުވެސް އިންސާނުންނަށް ކުރެވޭ އެއްކުށެއް އޮވެއެވެ. އެއީ ތިމާގެ އިޙްސާސްތައް ފޮރުވުމުވެ. މިއީ މިކަން ކުރަންޖެހޭ ގޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އުފާވެރި މީހަކަށް ވާންބޭނުންނަމަ ތިމާގެ އިޙްސާސްތައް ބޭރުކޮށްލާށެވެ. ނަތީޖާ ނިކުންނާނެ ގޮތަކާމެދު ވިސްނާއެކަމަށް ބޯގާނުމުގެ ބަދަލު އިޙްސާސްތައް ބޭރުކޮށްލާާށެވެ. ތިމާގެ ރަޙްމަތްތެރިޔާދެކެ ލޯބިވާނަމަ އެވާހަކަވެސް ބުނާށެވެ. އުފާވެެރި މީހަކަށް ވުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ.

ވަގުތު މެނޭޖް ކުރާށެވެ.

އުފާވެރި މީހަކަށް ވާންބޭނުންނަމަ ވަގުތު މެނޭޖް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. ސަބަބަކީ އުފާވެރި މީހެއްނަމަ ބޭކާރު ކަންކަމަކަށް މާކަގިނަ ވަގުތު ތަކެއް ހޭދައެއް ނުކުރާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު