ކެންސަރަށް މަގުފަހިވާ ގިނަ ގޮތްތައް ހުންނައިރު ކެންސަރަކީ އެބަލި ޖެހުމުން އެކަމުން ފަރުވާހޯދަން އުނދަގޫ ބައްޔެކެވެ. އެކި ސަބަބުތަކާއިހުރެ ކެންސަރުޖެހޭއިރު އެ ބައްޔަކީ ފަރުވާ ހޯދުމަށް ގިނަ ހަރަދުތަކެއް ކުރަންޖެހޭ ރާއްޖޭގައިވެސް އާންމުވަމުން އަންނަ ވޭންހުރި ބައްޔެކެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ކެންސަރަށް މަގުފަހިވާ ސެލްތައް މަދުކޮށްދޭ ބައެއް ކާނާއެވެ.

ގްރީންޓީ

ގްރީންޓީ އަކީ ގިނަ ބަލިތަކުގެ ފަރުވާއަކަށްވާއިރު ގްރީންޓީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ސެލްސްތައް ނައްތާލައެވެ. އެއީ ގްރީންޓީގައި ހިމެނޭ އީޖީސީޖީ ނަމަކަށް ކިޔާ މާއްދާއެކެވެ. ކޮންމެ ދުވަހެއްގެ ނާސްތާގައި ގްރީންޓީ ހިމަނާށެވެ.

ރަތް މޭބިސްކަދުރު

ކާލަން މީރު މޭބިސްކަދުރަކީ ރާއްޖޭގެ ބާޒާރުގައި ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވާއިރު މޭބިސްކަދުރުގެ ރަތް ކުލައިގައި ކެންސަރ ސެލްސް މަރާލުމަށް މަގުފަހިވާ ފަދަ މާއްދާއެއް ހިމެނެއެވެ. އެ މާއްދާގެ އަސަރު ބޮޑަށް ކުރަނީ އުފެދޭ ޓިއުމަރ ތައް ނައްތާލުމަށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ލޮނުމެދު

ލޮނުމެދުގައި ގިނަ އަދަދަކަށް އެލިސިން ހިމެނެއެވެ. އެއީ އަނގައިގަ ނުބައި ވަސް ދޮވުމަށް މަގުފަހިކޮށްދޭ މާއްދާއެއް ނަމަވެސް އެ މާއްސާއަކީ ހަށިގަނޑުގައި ކެންސަރ ސެލްސްތައް އުފެދުން ކޮންޓްރޯލްކޮށްދެއެވެ. ލޮނުމެދުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރޯކޮށް ހުންނައިރު ނަމަވެސް ލޮނުމެދު ކައްކައިގެން ނުވަތަ ފިހެގެންވެސް ކެވޭނެއެވެ.

ރީނދޫ

ރީދުލަކީ ކެންސަރަށް ފަރުވާ ކުރުމުގައި އިންޑިޔާގެވެސް ނަން މަޝްހޫރު އެއްޗެކެވެ. ހާއްސަކޮށް އުރަމަތީ ކެންސަރާއި ކަރު އަދި ސިކުޑީގެ ކެންސަރަށް މަގުފަހިވާ ސެލްސްތައް ރީދުލުން މަދުކޮށްދެއެވެ. ރީދޫގައި ހިމެނޭ ކާރްކަމިން ނަމަކަށް ކިޔާ މާއްދާގެ ސަބަބުން ގުތުރަތީގޮތުން ހަށިގަނޑަށް ފަރުވާ ލިއްބައިދެއެވެ. ހޫނުފެނަށް ރީދޫ އަޅައިގެން ބޭނުންކުރާށެވެ. ނުވަތަ ކިރު ތައްޓަށް އަޅައިގެންވެސް ބޭނުންކުރެވިދާނެއެވެ.