ކުރަފިތައް ފަހަކަށް އައިސް ދިފާއީ ނިޒާމު ވަރުގަދަ ކުރަމުންދާ ކަމަށާއި ކުރަފި މަރާ ބޭހަށް ނުގުޑާ ވަރަށް މިހާރު ދިފާއި ނިޒާމު ވަރުގަދަ ވަމުންދާ ކަމަށް ދާދި ފަހުން ހެދި ދިރާސާ އަކަށް ފަހު ސައިންވެރިން ބުނެފިއެވެ.

ސައިންވެރިން ބުނާ ގޮތުގައި ކުރަފި މެރުން މިހާރު މާ އުނދަގޫ ކަމަށާއި މިހާރު އުފައްދާ ބޭހާއި ކުރިން އުފެއްދި ބޭހަށް ވެސް ނުގުޑާ ވަރަށް ކުރަފި ދަނީ އެ ސޫފީގެ ދިފާއީ ނިޒާމު ތަރައްގީ ކުރަމުން ކަމަށެވެ.

ކުރަފި އާންމު ގޮތެއްގައި ދިރި އުޅެނީ އަނދިރި ތަންތަނުގައި ކަމަށް ވާއިރު ހަ މަސް ދުވަސް ވަންދެން ކުރި މި ދިރާސާގައި ބޭނުން ކުރި ގިނަ ކުރަފި ތަކަށް ބޭހުގެ ކެމިކަލްގެ އަސަރު ކުރި ނަމަވެސް މަރު ނުވެއެވެ. އޭގެ ބަދަލުގައި އިރުކޮޅެއް ފަހުން އަނެއްކާވެސް އާންމު ހާލަތަށް އާދެއެވެ.

ބަލިފަތުރާ ކުރަފީގެ އާއިލާގައި 4500 ވައްތަރު ހުރެއެވެ. ނަމަވެސް އާންމު ގޮތެއްގައި ގޯތި ގެދޮރުން ފެންނަނީ 30 ބާވަތެކެވެ. އޭގެ ތެރެއިންވެސް އާންމު އުނދަގުލަކަށް ވަނީ ހަތަރު ބާވަތެއްގެ ކުރަތްޕެވެ.

ނުރައްކާތެރި ބަލި ފަތުރާ ތަފާތު 33 ބާވަތެއްގެ ޖަރާސީމު ކުރަފީގެ ހަށިގަނޑުން ފެނިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރަފި ދާދާ

    މަގޭ ފިހިގަނޑަށް ވުރެ ދިފާއީ ނިޒާމު ވަރުގަދަ ވާނެހެން ހިއެއްނުވޭ

    25
    1
  2. ކޮސް

    ވައިރަސް ތަކުގެ ދިފާއީ ބާރުވެސް އިންތިހާއަށް ގަދަ. އާދައިގެ ރޯގާއެއް ޖެހުނަސް އެކައްޗަކަށް ވެސް ގުޑާ ނުލާ. ބޭސްތަކާ އިންސާނުންގެ އަތްމަތި އުފައްދާ އެހެނިހެން ތަކެތީގައި ފޭކް ގިނަ ވުމުން ކަމަށް ވުން އެކަށީގެންވޭ.