ގިނަ އާއިލާތަކުގައި އެންމެ އެންމެ ވިސްނުންތޫނު ކުއްޖަކީ އެންމެ ދޮށްޓަށް ހުންނަ ކުއްޖާކަމަށް ދިރާސާއަކުން ދައްކުވައިދީފިއެވެ. ޔުނިވާރސިޓީ އޮފް އެޑިންބާގްގެ އެނަލިސިސް ގުރޫޕަކުން ކުރި ދިރާސާއަކުން ދައްކުވައިދިންގޮތުގައި މައިންބަފައިން އެ ކުއްޖެއްގެ ކިޔެވުމަށާއި ވިސްނުމަށް އެންމެ އިސްކަމެއް ދީގެން ބަލައި ބޮޑުކުރަނީ އާއިލާގެ އެންމެ ދޮށީ ދަރިއެވެ.

މިގޮތުން އާއިލާގެ އެންމެ ދޮށީ ދަރިއަށް އުމުރުގެ އެންމެ ޅައިރުއްސުރެވެސް އެ ކުއްޖާގެ ވިސްނުން ތޫނުކުރުމަށްޓަކައި މައިންބަފައިން ވަކި ހާއްސަ ސަމާލުކަމެއް ދޭކަމަށް މި ގުރޫޕުން 5000 ކުދިންގެ މައުލޫމާތު އެއްކޮށްގެން ކުރި ދިރާސާއަކުން ދައްކުވައިދިންކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި އާއިލާ އިތުރަށް ބޮޑުވާން ފެށުމާއިއެކު ދެން ލިބޭ ކުދިންނަށް މިފަދަ ސަމާލުކަމެއް ނުދެވުނުނަމަވެސް ގިނަ ފަހަރަށް އެންމެ ފުރަތަމަ ލިބޭ ކުއްޖާއަށް ފުރަތަމަ ދެވުނު ސަމާލުކަމުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ އިރު ވިސްނުންތޫނުކަމަށް ފާހަގަކުރެވިފައިވާކަމަށް މި ގުރޫޕުން ވަނީ ހާމަކޮށްފައެވެ. އަދި ފަހުން ލިބޭ ކުދިންނަށް މައިންބަފައިންގެ ފުރިހަމަ ސަމާލުކަން މިފަދަ ގޮތަކަށް ނުދެވުމުގެ ސަބަބުން ބައެއް ފަހަރު އެ ފުރިހަމަ ސަމާލުކަން ދޭންޖެހޭ މިންވަރަށް ދެވުނުނަމަ ވިސްނުން އެންމެ ތޫނުވާނޭ މިންވަރަށް ނުވާކަމަށް މި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ހޯދުމުގެ މާނައަކީ އާއިލާގެ އެންމެ ދޮށީ ކުއްޖާއަށް މައިންބަފައިން އިތުރަށް ލޯބިދޭކަމުގެ ހެއްކެއް ނޫންކަމަށް މި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. އެނާ ނެވޯ-ޗިކޭރޯ ވިދާޅުވިއިރު މި ހޯދުމުގެ ހަމައެކަނި މާނައަކީ މައިންބަފައިންގެ ސަމާލުކަން އެންމެ ދޮށީ ކުއްޖާއަށް ލިބޭ މިންވަރު އިތުރުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ސަމާލުކަން ފަހުން ލިބޭ ކުދިންނަށް އެންމެ ފުރިހަމައަށް ނުދެވުމުގެ ސަބަބުން މިފަދަ ގޮތަކަށް ކަންކަން މެދުވެރިވާކަމަށްވެސް މި ދިރާސާއިން ދައްކުވައިދީފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި ހަމަހަމަކަން އިސްކުރަން ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    ހަމަ ބޮޑު ދޮގެއް ތީ. އާއިލާގެ އެންމެ ދޮށީ ދަރިޔަށް ވުރެ ހަގުދަރިންގެ ވިސްނުން މާ ތޫނު.

    20
    2
  2. ނޫރް

    ދޮށީ ދަރޮ ކައިރީ އަހާލަން ޖެހޭނީ

  3. Anonymous

    ފޭކް. ޞައްކެއްނެތް!!

    12
    1
  4. ދައިތަ

    ހާދަ ދެރައޭ...