ބޮލީވުޑްގެ މަޝްހޫރޫ ލަވަކިޔުންތެރިޔާ އަދި ޑައިރެކްޓަރ ހިމޭޝް ރޭޝަމިޔާ އިން ކާރު އެކްސިޑެންޓް ވެއްޖެއެވެ.

މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގާފައިވަނީ މުމްބާއި-ޕޫން އެކްސްޕްރެސްވޭގައެވެ. އެ ހާދިސާގައި ރޭޝަމިއާ ޑްރައިވަރ ރާމް ރަންޖަންއަށް އަނިޔާވިއެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެކްސިޑެންޓްގައި އޭނާގެ ޑްރައިވަރަށް ގެއްލުން ލިބުނު ކަމުގައި ވިޔަސް ރޭޝަމިޔާއަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގީ ކިހިނެއްކަން އަދި ތަފްސީލެއް ނުލިބެއެވެ.

ހިންދި މިއުޒިކް ސިނަމާގެ އެންމެ މަޝްރޫއު ލަވަކިޔުންތެރިޔާގެ ގޮތުގައި، ފާހަގަކޮށްލެވޭ ރޭޝަމިޔާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި އާޝިގް ބާޔަނާ އާޕްނޭ، ޖަލަކް ދިކްލާޖާ، ނާމް ހޭ ތެރާ، ތެރާ ސުރޫރޫވެސް ހިމެނެއެވެ.

އޭނާ ވަނީ ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން އާޕްކާ ސުރޫރް، ކާރްޒް، ޚިލާދީ، ދަ އެކްސްޕޯސް ފަދަ ފިލްމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު