މިދިޔަ އަހަރު ޑިސެންބަރ މަހުގެ ތެރޭގައި އިންޑިޔާގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ މަޝްހޫރު ތަރި ނިކް ޖޯނަސްގެ ކައިވެންނާއެކު މިހާތަނަށްވެސް މި ދެމީހުންގެ އަޑު މީސްމީޑިޔާއިން ކެނޑިފައިއެއް ނުވެއެވެ. އެންމެ ލޯބި ކަޕަލްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މިދެ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިޔާގައި ކޮންމެ ހަފްތާއަކުހެން ދައުރުވެއެވެ.

މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ދައުރުވެގެން ދިޔައީ ޕްރިޔަންކާ އަދި ނިކް، ޕެރިސްގައި ނަގާފައިވާ ފޮޓޯތަކެވެ. ނިކްގެ ޢާއިލާއާއެކުގައެވެ. މީޑިޔާތައް ބުނާ ގޮތުން ނިކްއާއި ޕްރިޔަންކާ ޕެރިހަށް ގޮސްފައިވަނީ ނިކްގެ ބޭބެ ޖޮއި ޖޯނަސްގެ ކައިވެންޏަށެވެ.

ކައިވެނީގެ ގިނަ ހަފްލާތަކުގައި ޕްރިޔަންކާވަނީ ބައިވެރިވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ޕްރިޔަންކާއާއި ނިކްގެ ޢާއިލާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. ޕްރިޔަންކާގެ ވާހަކަތަކުންވެސް މިކަން އެނގެވެ.

"އަހަރެން އަބަދުވެސް ބޭނުންވި، ދައްތައެއްގެ ލޯބި، މިއަދު އެ އުފާ ލިބިއްޖެ، ވަރަށް އުފަލުން މިހުރީ." ނިކްގެ ދައްތަ ޑައިނިއަލާ އާ މުޚާތަބުކޮށް ޕޯޓަލް އިން އިންޓަރވިއުއެއްގައި ޕްރިޔަންކާވަނީ ބުނެފައެވެ.

ޕްރިޔަންކާ އިތުރަށް ބުނެފައިވަނީ، ކައިވެނީގެ އަހުދާއެކު، އައު އާއިލާއެއްގެ ޒިންމާއެއް ބޮލުގައި އެޅިގެން ގޮސްފި ކަމަށާއި މިއަދު އޭނާ އެ އުފާ ލިބިގަންނަ ކަމަށެވެ.