އެމެރިކާގެ ކެލެފޯނިއާ އަކީ ޔަޤީންކަމާއެކު ދުނިޔެއަށް އަންނާނެ އެންމެ ބާރުގަދަ އެއް ބިންހެލުން އަންނާނެ ކަމަށް މީގެ އެތައް އަހަރެއް ކުރިން ބެލެވިފައިވާ ސްޓޭޓެވެ. ފާއިތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި މި ސަރަޙައްދަށް ވަނީ އާދަޔާއި ޚިލާފަށް ބިންހެލުން ގިނަވެ ބޮޑު ބިންހެލުމެއްގެ ނުރައްކާ ދެގުނަވެގެން ގޮސްފައެވެ.

މީގެ ކުރިން ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ ހޯދުންތަކުގެ އަލީގައި އެނގިފައިވާ ގޮތުގައި، ކުދި ބިންހެލުން ގިނަ ވުމަކީ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތަކެވެ. ޚާއްސަކޮށް ބޮޑު ބިންހެލުންތައް އަންނާނެ ކަމަށް ބެލެވިފައިވާ ސަރަޙައްދުތަކަށް ބިންހެލުން އިތުރު ވުމަކީ ނުރައްކާތެރި ބޮޑު ބިންހެލުމެއްގެ އަލާމާތްތައް ކަމަށާއި އެފަދަ ބިންހެލުންތަކުގެ ސަބަބުން "ބޮޑު ބިންހެލުމުގެ" ބާރު ދުވަހެއް ދުވަހަކަށް އިތުރުވާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އެމެރިކާގެ ކެލެފޯނިއާއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު، އެ ބިންހެލުމަށްފަހު ހާހަކަށްވުރެ ގިނަ ކުދި ބިންހެލުން އެ ސަރަޙައްދަށް އައުމަށްފަހު މިއަދު ރެކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. މި ބިންހެލުންތައް އައިސްފައި ވަނީ ކެލިފޯނިއާގެ އެކި ސަރަހައްދުތަކަށާއި، އަލަސްކާ އަށެވެ.

ބުރާސްފަތި ދުވަހުގެ ރެޔާއި މިއަދު އެމެރިކާއަށް އައި ބިންހެލުމަކީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ވެއެވެ. މި ބިންހެލުމުގައި ކެލެފޯނިއާގެ ގެތަކާއި އާންމު އެނޫންވެސް ތަންތަނުގެ އިތުރުން މަގުތަކާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އަލިފާން ރޯވުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ. މީގެ އިތުރުން މި ބިންހެލުމުގައި ގިނަ ބަޔަކު ޒަހަމްވި ކަމުގެ ރިޕޯޓްތަށް ވެސް ލިބިފައިވާއިރު އަދި މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.

ކުދި ބިންހެލުންތައް އިތުރުވުމުގެ ސަބަބުން އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެކަމުގެ އިންޒާރު އެޤައުމުގެ ޖިއޮލޮޖިކަލް ސާވޭއިން ވެސް މިހާރު ދީފައިވާއިރު، އެ އިދާރާއިން ބުނެފައި ވަނީ ކުރިޔަށް އޮތް ހަފްތާއެއްހައި ދުވަސް ތެރޭ އެޤައުމަށް ރެކްޓަރ މިންގަނޑުން 6.0 އަށްވުރެ މަތިން ބިންހެލުމެއް އައުމުގެ 27 އިންސައްތަ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުގައި ބިންހެލުމެއް އަތުވެދާނެ ކަމުގެ ނުރައްކާ 3 އިންސައްތައިގައި އޮތް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަދު ރެކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އެމެރިކާއަށް ބިންހެލުމެއް އައީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ބާރުގަދަ އިތުރު ބިންހެލުމެއް އައުމުގެ 50 އިންސައްތަ ފުރުސަތު އޮތް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައި ވަނިކޮށެވެ. އެ އިދާރާގެ ވެބްސައިޓުގައި ބުނެފައިވަނީ އާއްދީތަ ދުވަހަށްފަހު މިހާތަނަށް ކޮންމެ މިނެޓްއަކު ބިންހެލުން އަންނަ ކަމަށެވެ.

ކެލެފޯނިއާ ސަރަޙައްދަށް ބޮޑު ބިންހެލުން އަންނާނެ ކަމަށް ބެކެވިފައިވާ ސަބަބުތައް ކުރިން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މިއީ ބިމުގެ އަޑީގައިވާ ފޯލްޓް ލައިނެއްގެ ސަބަބުން ބިމުގެ އަޑީގައި އާދަޔާއި ޚިލާފަށް، އަދި ހީވެސް ނުކުރާ މިންވަރަށް، ބޮޑު ބިންހެލުމެއްގެ ޕްރެޝަރު ކޮންމެ ބިންހެލުމަކާއި އެކު އުފެދެމުންދާ ސަރަޙައްދެކެވެ. އެހެންކަމުން މިހާރުވެސް އެ ސަރަޙައްދަށް އަންނަމުންދާ ގިނަ ބިންހެލުންތަކަކީ ބޮޑު ބިންހެލުމުގެ ބާރު އިތުރުވެގެންދާނެ ސަބަބެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ހޯދުންތަކުގެ އަލީގައި މި ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް ކައިރި މުސްތަޤުބަލެއްގައި އަންނާނެކަން ޔަޤީން ކުރެވިފައިވާއިރު، އެ ބިންހެލުމުގެ ބާރުމިން މެގްނިޓިއުޑް މިންގަނޑުން 8.0 އަށްވުރެ މަތިވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެ ބިންހެލުމަށްފަހު އުފެދޭ ބިޔަ ސުނާމީއެއް، ލޮޅުމުގެ އަސަރު ނުކުރާ ހިސާބުތަކަށްވެސް އަރާނެކަމަށް ބެލެވިފައިވާއިރު އެ ސުނާމީގެ ސަބަބުން ދުނިޔެއަށް އަރައިނުގަނެވޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިވެގެންދާނެ ކަމަށް ވެއެވެ.

ކެލެފޯނިއާގެ ސެން އެންޑްރިއާސްއަށް އަންނާނެ ކަމަށް ބުނެވޭ ބިންހެލުމަކީ، ކޮންމެވެސް އިރެއްގައި ޔަޤީނުންވެސް ދުނިޔެ ދެކޭނެ ބިންހެލުމެއް ކަމަށާއި، އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން ގާތްގަނޑަކަށް 10.0 އަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މި އާދަޔާއި ޚިލާފު ބިންހެލުމާއި އެކު އުފެދޭ ސުނާމީ ޤައުމުތަކަށް އަރައި މުޅި ދުނިޔޭގެ ޗާޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. މި ބިންހެލުން އަންނާނެ ކަމަށް ކުރިން ލަފާ ކުރެވުނު މުއްދަތު މިހާރު ހަމަވެފައިވާއިރު، ދެން ކޮންމެ ވަގުތެއްގައިވެސް މި ބިންހެލުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުދުހުދ

    ސުބުހާނައްﷲ ﷲގެ ކުޅަދުންވަންތަ ކަން. ޔާ ﷲ އަޅަމެން ރައްކާތެރި ކުރައްވާފާދޭ. އާމީން

    206
    1
  2. alhamdulillah

    alhamdulillah

    37
    11
  3. އަޅުގަނޑުމެން ކުޑައިރު

    ތިޔަވަރަށް ބިން ހެލުން ގިނަވެގެން އުޅޭ ޚަބަރުތަކެއް، އަޅުގަނޑުމެން ކުޑައިރަކު އަޑެއް ނާހަން، ހަމަ އެގޮތަށް އިސްލާމީ ޝަރީޢާ އަކީ ހަރުކަށި އެއްޗެއް ކަމަކަށް ވެސް އަޅުގަނޑުމެން ކުޑައިރަކު އަޑެއް ނާހަން، އަދި އެއްޖިންސުން ގުޅުން ހިންގުމަކީ ރަނގަޅުކަމެއް ކަމަކަށްްވެސް އަޅުގަނޑުމެން ކުޑައިރަކު އަޑެއް ނާހަން،

    115
    2
  4. ނީބުމަ

    ހަސްބުނަﷲވަނިއުމަލްވަކީލް

    120
  5. އައިސީ

    އެމެރިކާގެ ބާރެއް ނޯންނާނެ ﷲ ގެ ނިޔާފުޅުގެ ކުރިމަތީގައި.

    137
    1
  6. ޒިޔާޕު

    މިދުނިޔޭގެ ތާރީހު ބަލާބަލަ. ސައިނސްގެ އަލީގަ ތާރީޚް ބެލީމަ އެގޭނެ މިދުނިޔެގެ ބިން ފުށުއަރާ ބިންހެލުން އައިސް ފަރުބަދަތަށް އުފެދެމުން އަންނަކަން. މިއީ އަލަށްވާކަމެއްނޫން. މިފަދައެތައްކަމެއް ދުނިޔޭގެ ސައިންސްގެ އަލީގަ އެގޭ. އެހެންވީމާ އަޖައިބުބެ ދެއަތް މައްޗަށްނަގަންވީ ވަގުތެއްނޫންމީ. މިކަން ހިނގާނެތީ ރައްކާތެރިވާންވީ. ޙުސްއެކަނި އިސްލާމީ ތާރީޚް ކިޔަވައިގެން މިކަމެއްނޭންގޭނެ

    1
    61
    • އާދަމް

      ﷲ ރައްކާތެރިކަން ދެއްވި އަޅަކަށް މެނުވީ ރައްކާތެރިކަމެއް ނުލިބޭނެ! އަވަހަށް ﷲގެ މަގަށް ރުޖޫޢަވޭ….

      41
  7. ސުކުރު

    ﷲގެކުޅަދުންވަންތަކަމާއި

    71
    1
  8. ސުކުރު

    ޔާﷲ ޢަޅަމެންރައްކަާކޮއްދެއްވާފާންދެވެ އާމީން

    86
    1
  9. ސަކީނާ

    ރާއްޖެއަށްވުރެ އެމެރިކާގައި މުސްލިމުން ގިނަ

    37
    2
    • Anonymous

      ތާއަބަދަށް ދިރިދެމިވޮޑިގެންވާ ﷲ ސވ އެކަލާންގެ އަޅުތަކުންނައް އޯގާވަންތަވެވޮޑިގަންނަވާ. އަދިކޮންމެތަނެއްގައިވީނަމަވެސް އެކަލާންގެ އަށްއީމަންވެހެޔޮއަމަލްތައްކޮށް އުޅޭ އަޅުތަކުންނައް ކޮންމެނުރައްކަލަކުންނާއި ބިރުވެރިކަމަކުން ސަލާމަތާވެވޭނެގޮތްތައްއިރާދަފުޅުކޮށްދެއްވާ. ޥަﷲއައްލަމް

      33
      2
    • ބުއްޅަބެގެ ބަފާ

      މުޅިދުނިޔޭގެ ނިސްބަތުންވެސް އެއްމެ ކާފަރުން ގިނައީ އެމެރިކާގަ، އެއްމެ ނުލަފާ ޖައްބާރު މަލްޢޫނުން ތިބީ އެމެރިކާގަ! އެއްމެ ފާހިޝް އަމަލުތައް ފާޅުގައި ކުރަނީ އެމެރިކާގަ! މުޅިދުނިޔޭގައި ހަންފަތުރަން އުޅެނީ އެމެރިކާނުން! އިސްލާމީ އުއްމަތުގެ އަދާވާތްތެރިޔަކީ ވެސް އެމެރިކާ!

      36
      2
    • ހަލޯ ހަލޯ!

      ހަރުބީ ކާފަރުން އަދި އެއަށް ވުރެ ގިނަ

      1
      1
  10. މުއްތަލިބް

    ފާހަގަކޮށްލަންޖެހޭ ކަމަކީ ނޫސްވެރިންނަށްވެސް ފެންނަނީ އެއްފަރާތްކަމަށް ވުމެވެ. މިޤަވްމުގައި ހިންގަމުންދާ ކަންތަކާއި މެދުވެސް ލިޔެލަން ވީނޫންތޯއެވެ. މިހާރު އޮލިމްޕަހުގައި ދައްކާ މާމުއި ކިޔާ ފިލްމާމެދުވެސް ނިކަން ލިޔެލަބަލާށެވެ. އެއީ ފިލްމަކަށްވުރެން މުޖުތަމަޢު ފަސާދަ ކުރުމަށް ކުޅެފައިވާ ޑްރާމާއެކެވެ. އޭގައި ހިތްވަރު ދީފައިވަނީ:
    1- އެއްޖިންސުން ގުޅުން ހިންގުން
    2. ޒިނޭކުރުން
    3- މަކަރާއި ޙީލަތް ހެދުން
    4. މަސްތުވާތަކެތި ބޭނުންކުރުން.
    މި ބަލާ ލުމުން މި ފިލްމުތައް ހަދާމީހުންގެ މަޤްސަދާއި މެދު ސުވާލު އުފެދެއެވެ. މިއީ ޢާއްމު އިޖުތިމާޢީ މިންގަޑުތައް ބަޔާކުރާ ޤާނޫނާއި ދިމާ ޚިލާފު އެއްޗެއްކަން ވަރަށް ސާފެވެ.

    41
    3
  11. މަދަރ ނޭޗަރ

    ކީރިތި ޤުރްއާންގެ ސޫރަތުލް ޒަލްޒަލާ އާއި އޭގެ މާނަ ބައްލަވާލައްވާ.

    9
    1
  12. ާއަހުމަދު

    ގިޔާމަތުގެ އަލާމާތެއް