ޑިޒްނީގެ މަޝްހޫރު ފިލްމުތަކުން ފެނިގެ ދިޔަ ތަރި ކެމަރަން ބޮއިސް މަރުވެއްޖެއެވެ.

އުމުރުން އެންމެ 20 އަހަރުގައި ބޮއިސް މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެެެެވެ. ބޮއިސް ދިޔައީ ގޮތް ނޭނގޭ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންނެވެ.

ބޮއިސް ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި ޑިސެންޑެންޓްސް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، ހޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް އޭނާ ފެނިގެންދިޔަ އެވެ.

ބޮއިސް މަރުވި އިރު ޑިސެންޑެންޓްސްގެ އޮރިޖިނަލް ފިލްމުގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ފަންނާނުން ކަމަށްވާ ޑަވް ކެމެރަން އާއި ސޯފިއާ ކާރސަން އާއި ބޫބޫ ސްޓުވާޓް އަދި ކެމެރަން ބޮއިސް ދެވަނަ ފިލްމުންވެސް ފެންނާނެ ކަމަށް ވަނީ ޑިޒްނީއިން ވަނީ ހާމަކޮށްފައެވެ.

ބޮއީސް މަރުވުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. އަދި ބޮއިސްގެ މަރާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިލްމު އިންޑަސްޓްރީތަކުގެ މެމްބަރުން ދަނީ ހިތާމަފާޅުކުރުމުގެ މެސެޖުތައް ޓްވިޓާރ ފަދަ ސޯޝަލް މީޑިޔާތައް މެދުވެރިކޮށް ފޮނުވަމުންނެވެ.