ޓިކްޓޮކް މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ވެއްޖެއެވެ. ދުނިޔޭގެ އެތައް މިތަނުގައި އުޅޭ މީހުންގެ މޮޅެތި ނެށުންތަކާއި، ހުނަރުތައް ފެނިއްޖެއެވެ. އަދި މީގެ ސަބަބުން ރަހުމަތްތެރިންވެސް ލިބެއެވެ.

މިގޮތަށް ޓިކްޓޮކްއަށް ވަދެ އުޅުނު މީހަކަށް ގެއްލިގެން އުޅުނު އޭނާގެ ފިރިމީހާވެސް މި ވަނީ ފެނިފައެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުގައި، ޖަޔާޕްރަދާ ނަމަކަށް ކިޔާ މި އަންހެން މީހާއަށް، ގެއްލިގެން އުޅުނު އޭނާގެ ފިރިމީހާ ފެނުނީ އެހެން އަންހެނަކާއެކު ނަށަމުން ނަގާފައިވާ ވީޑީއޯއަކުންނެވެ.

ޓިކްޓޮކްގައި ދައުރުވި އެ ވީޑީއޯގައި، އޭނާއަށް ފެނުނީ މީގެ ތިން އަހަރު ކުރިން ފަށައިގެން ގެއްލިގެން ހޯދަމުން އަންނަ އޭނާގެ ފިރިމީހާ ސުރޭޝްއެވެ. 2016 ވަނަ އަހަރު އަނބިމީހާއާއި ދެ ދަރިން ދޫކޮށް ސުރޭޝް ދިޔަ ފަހުން އޭނާއާ އާއިލާއާ ބައްދަލުވެފައެއް ނުވެއެވެ.

މިހެން އެތައް ދުވަހެއް ފަހުން އޭނާ އެންމެ ފަހުން ފެނުނީ ޓިކްޓޮކްގައި ދައުރުވަމުން ދިޔަ އެ ވީޑިއޯއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ޖަޔާ އާއި ފުލުހުން ފެށިއެވެ. އަދި ފުލުހުން ހޯދި ހޯދުންތަކުން އެގުނުގޮތުގައި، ސުރޭޝް އޭނާގެ އާއިލާ ދޫކޮށް ދިޔައީ ގޭތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ރުޅި އައިސްގެންނެވެ. އަދި އޭނާގެ ޓިމިލްނެޑޫއަށް ބަދަލުވެ އެތަނުގައި އޭނާ ވަޒީފާ އަދާ ކުރަން ފެށީއެވެ.

އެންމެ ފަހުން ޖަޔާ އާއި ސުރޭޝް މިހާރު ވަނީ އަލުން ގުޅިފައެވެ. ސުރޭޝް ވަނީ ޖަޔާ އާއި ދަރިންނާއެކު އުޅުމަށް އާއިލާ ކައިރިއަށް އައިސްފައެވެ.