މުމްބާއީއަށް އުފަން ބޮލީވުޑްގެ މަޝްހޫރު ތަރި ފަރްހާން އަޚްތަރު އޭނާގެ ފޭސްބުކް އެކައުންޓް ޑީ-އެކްޓިވޭޓް ކޮށްފިއެވެ.

އުމުރުން 44 އަހަރުގެ މި އެކްޓަރ މި ވާހަކަ އާންމު ކޮށްފައިވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައެވެ.

"އަހަރެންގެ 'ފަރްހާން އަޚްތަރު ލައިވް ޕޭޖް' އެކަމަކު އެކްޓިވް ވާނެ" ޓްވިޓާގައި އޭނާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަން ކުރަން ޖެހުނު މައިގަނޑު ސަބަބު ފަރުހާން ހާމަ ކޮށްފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް، އޭނާ ފޭސްބުކް އެކައުންޓް ޑީ-އެކްޓްކޮށްފައިވަނީ، ފޭސްބުކަށް ޖެހުނު މައްސަލައެއްގައި 50 މިލިއަން މީހުންގެ މައުލޫމާތު ލީކުވެގެން އުޅޭ ވާހަކަ ދެކެވުނު ފަހުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް މަޝްހޫރު ބިލިއަނާރ އަދި ވިޔަފާރިވެރިޔާ އެލަން މުސްކުވެސް ވަނީ އޭނާގެ ފޭސްބުކް އެކައުންޓް ޑީ-އެކްޓިވޭޓް ކޮށްފައެވެ. އަދި އޭނާކުރި ޓްވީޓްގައި އެލަން ބުނެފައިވަނީ އޭނާ އެކަން ކުރީ މީހަކު ބުނެގެން ނުވަތަ ސިޔާސީ ކަމެއްގައިވެސް ނޫން ކަމަށާއި އޭނާ އެ ދުވަސްކޮޅު ފޭސްބުކްގެ ޓާމްސްއާއި ގަޔާނުވާތީ ކަމުގައެވެ.

މަޝްހޫރު އެތައް ފަންނާނުންނެއް ކުރިން މިފަދަ ސޯޝަލް މީޑިއާގެ އެކައުންޓްތައް ޑީއެކްޓްވޭޓް ކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން، ލަވަކިޔުންތެރިޔާ ރިޚާނާ އަދި ޖަސްޓިން ބީބާ ފާހަގަކޮށްލެވެއެވެ.

ފަރުހާނަކީ އަބަދުވެސް ބޮލީވުޑްގައި ކާމިޔާބު ތަރިއެކެވެ. ފިލްމު ކުޅުމުގެ އިތުރަށް އޭނާއަކީ ފިލުމު ޑައިރެކްޓްކުރާ އަދި ޕްރޮޑިއުސް ކުރާ މީހެއްވެސް މެއެވެ. މިފަދަ 'ސެލެބްރިޓީސް' އަބަދުވެސް އެމީހުންގެ ޕާސަނަލް މައުލޫމާތު ސިއްރުކުރަން މަސައްކަތް ކުރާކަން ފާހަގަ ކޮށްލެވެއެވެ.