ގިނައިން ކެވެނީ ގިނަ މީހުންނާއެކު ކެއީމާ ކަމަށާއި މަދުން ކާން ބޭނުންނަމަ އެކަނި ހުރެ ކެޔުން އިތުރު ކުރަން ޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖަޕާނުގެ ވިންޝަން ޔުނިވަރސިޓީއިން ކުރި މިދިރާސާގައި ބުނެފައިވަނީ އެކަނި ހުރެ ކެއުމަށްވުރެ، ގިނަ ބަޔަކާއެކީގައި ކެޔުމުން ކެވޭ މިންވަރު އިތުރުވާ ކަމަށެވެ. އަދި ކެޔުމަށް ހޭދަވާ ވަގުތުވެސް އިތުރުވާކަމަށެވެ.

މިދިރާސާކޮށްފައިވަނީ ގިނަ ބަޔަކު ބޭނުންކޮށްގެނެވެ. މިދިރާސާގައި 4 މީހުންގެ ގުރުޕްއަކާއި 2 މީހުންގެ ގުރުޕްއަކަށް އަދި އެކަނި ހުރެ ކެއުމުގެ ފަރަޤުވަނީ ދެނެގަނެފައެވެ. މިގޮތުން ކެއުމަށް ހޭދަވާ ވަގުތާއި ކާ މިންވަރުވަނީ ދެނެގަނެވިފައެވެ. މިދިރާސާއިން ދެއްކި ގޮތުގައި 4 މީހުންގެ ގުރުޕްއެއްގައި ހުރެ ކެޔުމުން ކާ މިންވަރު އިތުރުވެފައި ކެއުމަށް ހޭދަވާ ވަގުތު ގިނަ ކަމަށެވެ.

މިދިރާސާގައި ބުނެފައިވަނީ މިގޮތަށް މިހެން ދިމާވަނީ އާއްމުކޮށް ގުރުޕް ހަދައިގެން ކާއިރު ފޫހިނުވެ، ކެޔުމަށް މަގުފަހިވާތީ ކަމަށެވެ. އަދި ގިނަ މީހުންނާއެކު ކާއިރު، އެކަކަށްވުރެ ގިނައިން އަނެކާ ކެޔުމަށް އުޅުމުގެ ސަބަބުންވެސް، ގިނަ މީހުންނާއެކު ކެއުމުގެ ސަބަބުން ގިނައިން ކެވޭ ކަމަށް މިދިރާސާ ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ ބައެއް ފަހަރު މީހުންނާއެކު ކެޔުމަށް ބައެއް މީހުން ފަސްޖެހޭ ކަމަށެވެ. ނަމަވެސް މިއީ ވަރަށް މަދު ފަހަރެއްގައި ދިމާވާ ކަމެއް ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    އެކަނި އިނދެގެން ކިތަންމެ ގިނަ އެއްކޮށް ވެސް ކެވިދާނެ.. މީހުން ތިއްބާ ކެވޭނީ އެތިކޮޅެއް..

    11
    1
  2. އަހުމަދު ހުސައިން އަލީ

    ސުމެއްގެ ދިރާސާއެއް.