ކޮންމެވެސް ދުވަހަކުން ދުނިޔެ އަށް ނިމުން އަންނާނެ ކަމަށް އަހަރެމެން ހުރިހާ މުސްލިމުން ވެސް ގަބޫލު ކުރަމެވެ. ދުނިޔެ ޤިޔާމަތް ވާނެ ވާހަކަ ހަމައެކަނި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވަނީއެއް ނޫނެވެ. އަހަރެމެންނަށް ފެންނަން ހުރި ހެކިތަކުން ވެސް އެކަން ސާބިތުވެއެވެ. ނަމަވެސް އިންސާނީ ދަރިފަސްކޮޅާއި ދުނިޔެއަށް ނިމުން އަންނާނެ ކަމަށް ގަބޫލު ނުކުރާ މީހުން ވެސް އެބަތިއްބެވެ. އެފަދަ މީހުންނަށް އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ވިލިއަމް ޕޮޑަސްޓޯން މިވަނީ ޖަވާބު ދެއްވާފައެވެ.

އެސްޓޮރޮލޮޖިސްޓެއް ކަމަށްވާ ޖޭ.ރިޗަޑް ގޮޓް ބޭނުން ކުރެއްވި ފޯމިއުލާ އަކުން ހިސާބު ހެދުމަށް ފަހު ވިލިއަމް ލިޔުއްވި "ދަ ޑޫމް ޑޭ ކަލްކިއުލޭޝަން" ނަމަކަށް ކިޔާ ފޮތުގައި ބުނާ ގޮތުން އިންސާނީ ދަރިފަސްކޮޅުގެ ނިމުން މިހާރު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ކައިރި ވަމުންނެވެ.

ރިޗަޑްގެ ފޯމިއުލާ އިން ހިސާބު ޖެހުމަށް ފަހު އަންނަ ނަތީޖާ އިން ދައްކާ ގޮތުގައި ދުނިޔޭގައި ދެން އިންސާނުންނަށް އެންމެ ގިނަ ވެގެން ވެސް ދިރިއުޅެވޭނީ 760 އަހަރު އެވެ. އެހާ ހިސާބުން ދުނިޔެ އެއްކޮށް ނެތިގެން ދިއުމުގެ 50 އިންސައްތަ ފުރުސަތެއް އެބައޮތް ކަމަށް ހިސާބު ޖަހައިގެން ނިކުތް ނަތީޖާ އިން ދައްކައެވެ.

މިހިސާބު ހަދާފައި ވަނީ ދުނިޔޭގެ ދިރުންތަކާއި، ދިރުންތަކުގެ އުމުރާއި، ދިރުންތައް ފަނާވެގެން ދިޔަ މުއްދަތު ދިރާސާ ކުރުމަށް ފަހުއެވެ. ދިރާސާ ކުރި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދުނިޔޭގައި 100 ބިލިއަން މީހުން އުފަންވާއިރު، އިންސާނީ ދަރިފަސްކޮޅުގެ ނިމުން އޮންނާނީ ގާތްވެފައެވެ.

ރިޗަޑްގެ ފޯމިއުލާ ބޭނުން ކޮށްގެން ހިސާބު ހެދުމަށް ފަހު ކަންކަމަށް ނިމުން އަންނާނެ ތާރީޚް މީގެ ކުރިން ވެސް އޭނާ ލަފާކޮށްފައިވެއެވެ. އޭނާގެ ލަފާ ކުރުންތައް މީގެ ކުރިން ދިމާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަޒުނާ

    މާތްﷲގެ ކުޅަދުންވަންތަ ވެރިކަށް.

    25
    1
  2. ރީއާ

    ބައްލަވާ ނަޝީދުވެސް ތިހެން ވިދާޅުވި.

    7
    8
  3. ހުސޭނުބޭ

    އިންސާނުންގެ ދަރިފަސްކޮޅު ނެތިދާނީ ކަލޯމެން ތި ފަތުރާ ކަންތައްތަކާހުރެ! އެއްޖިންސުން ގުޅުންހިންގުން، ޒިނޭކުރުން، ފޭރުން، ރާބުއިން......... ލޫޠުގެފާނުގެ ޤައުމުގެ މީހުން ގެންދެވީ މިފަދަ ކަންކަމާނޫންތަ؟

    34
    • ހޫ

      ބަލަ ދުނިޔެ ނިމުމުގެ ކުރިން އެކަހަލަ ކަންކަން ހިނގާނެކަން އަންގަވާފަ އޮތީމަ އެކަންކަން ވާނެއެއްނު.

      17
      6
  4. މިމީހާ

    100 ބިލިޔަން ތެރެއިން މިހާރު މިއުފަންވީ ކިތައް މީހުން

  5. ސުބު

    ޙާހަކާއި ކުޑަ ދުވަސްކޮޅެއް ހިޖުރީގޮތުން

  6. ރިޗަރޑް

    ރިޗަރޑް ތިއުޅުއްވަނީ ހާދަ ފަހަތުގައޭ. ކީރިތި ރަސޫލާ އަންގަވާފައިވާ ޢަލާމަތް ތަކުގެ ތެރޭގައި ހަނގުރާމަ ގިނަވުން، ކުއްލިމަރު ގިނަވުން، އަމާނަތްތެރިކަން ގެއްލުން، އެބައެއްގެ ތެރޭގައި ހުރި އެންމެ ޖާހިލުން ވެރިކަމަށް އައުން، މީ ދުނިޔޭގެ ނިމުން އަންނަ ކަމަުގެ ބައެއް އަލާމަތް.

    11