ފަލަވެގެން ދާދި ފަހުން ސާޖަރީ ހެދި ޕާކިސްތާނުގެ ނޫރު ހަސަން މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އުމުރުން 60 އަހަރުގެ ނޫރުގެ ބަރުދަނުގައި 330 ކިލޯ ހުއްޓެވެ. ސިފައިން ދިން އެހީގައި އޭނާ ބަރުދަން ލުއި ކުރުމުގެ ޓްރީޓްމެންޓް ފެށީވެސް ދާދި ފަހުންނެވެ.

ޝަލިމާރް ހޮސްޕިޓަލުން އެ ފަރުވާ ހޯދަމުންދިޔަ، ނޫރުގެ ޑޮކްޓަރުން ކުރިން ބުނީ، އޭނާގެ ފަރުވާ ދަށާތާ ހަ މަސް ތެރޭގައި އޭނާގެ ބަރުދަނުން 100 ކިލޯ ދުއްވާލެވޭނެ ކަަމށް އުއްމީދު ކުރާ ކަމަށެވެ. އަދި ދެ އަހަރު ތެރޭގައި ބަރާރަށް ފިޓް މީހަކަށް އޭނާ ހަދާށެވެ.

ނޫރުގެ ފުރަތަމަ އޮޕަރޭޝަން ކުރިއަށްދިޔައީ، މިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ނުރައްކާވެ އައިސީޔޫގައި ދެ ދުވަސްވަންދެން ފަރުވާ ދީފައި ވެއެވެ.

އަދި އޭގެ ފަހުން އިއްޔެ ހުރިހާ ކަމެއް ރަނގަޅުކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ބައެއް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް މިއަދު ހެނދުނު 8:00 ޖެހިހާއިރު އޭނާ މަރުވެފައިވާކަމަށް އާއިލާއަށް ވަނީ ހަބަރު ދީފައެވެ.

ނޫރުގެ އަނބިމީހާ ވަނީ ބަޔާނެއް މެދުވެރިކޮށް ނޫރު މަރުވެއްޖެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    މީހުންނަށް މަލާމާތް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭބާ

    17