1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ކުށެއްނެތް އެތައް ދިވެހިންނެއްގެ ގާތިލް ހ.ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހަށިގަނޑު ރީތިކަމުން ވަރަށް ގިނަ ދިވެހި އަންހެނުން މީސް މީޑިއާގައި އެމީހުންގެ "އިހްސާސްތައް ބަންޑުންކޮށްލައިފިއެވެ."

ލުތުފީ އަކީ އުމުރުން 70 އަހަރު ވެފައިވާ މީހަކަށް ވާތީ އާއި އަދި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅަށް ބަލާފައި ގިނަ މީހުން ހީކޮށްގެން ތިބީ ލުތުފީ ހުންނާނީ "ގައިބާރު ދެރަވެ، މުސްކުޅިވެފައި" ކަމަށެވެ. ނަމަވެސް ރޭ ލުތުފީ ރާއްޖެ ގެނައިއިރު ފެނިގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ.

ލުތުފީ ފެނުނީ ވަރަށް ހަށިހެޔޮކޮށް ހުއްޓައެވެ. ފެންނަ ފެނުމަށް އުމުރަށް ވުރެ އޭނާ މާބޮޑަށް ޅަކަމަށް ފެނުނެވެ. އެއާއި އެކު ވަރަށް ގިނަ މީހުން ވަނީ ރާއްޖެ ގެނެސްފައި ވަނީ ލުތުފީ ތޯ ވެސް ސުވާލު ކޮށްފައެވެ. ޕްރޮފެސަރ ހަސަން އުގައިލް ވަނީ ރާއްޖެ ގެނެސްފައި ވަނީ ލުތުފީ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ލުތުފީ ރާއްޖެ ގެނައި ޚަބަރަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކޮމެންޓް ކުރި ބައެއް ދިވެހި އަންހެނުން ބުނެފައި ވަނީ "ބާޣީ އަކަށް ވީނަމަވެސް ލުތުފީ ވަރަށް ހޮޓް" ކަމަށެވެ.

"މި ރާއްޖޭގައި މިއުޅޭ ދިވެހި ފިރިހެނުންނަށް ވުރެ ލުތުފީ މާބޮޑަށް ރީތި." އެކަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ. އޭނާގެ ކޮމެންޓަށް އޭނާގެ ގިނަ ރަހުމަތްތެރިން ވަނީ ތާއިދު ކޮށްފައެވެ.

އިތުރު މީހަކު ބުނީ ލުތުފީ ފެނުމުން "ހިތައް ވަރަށް ގިނަ ގޮތްގޮތް ވެއްޖެ" ކަމަށެވެ.

ބައެއް މީހުން ވަނީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ބޮލީވްޑްގެ ފިލްމީ ތަރިންނަށް ވުރެ ވެސް ލުތުފީ ރީތި ކަމަށް ބުނެ ކޮމެންޓްތައް ކޮށްފައެވެ.

ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ދޭން ލުތުފީ ރާއްޖެ އައިއިރު ވެސް އޭނާގެ ބޮލުގެ މެދުން ހުރީ ވަރަށް ބޮޑަށް ތަލަވެފައެވެ. އެދުވަހު އޭނާ ހުރީ ވިގެއް ޖަހައިގެން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އެމައްސަލައިގެ ޝަރީޢަތް ހިންގާ ނިމުނު ފަހުން ދެން އާއްމުންނަށް ލުތުފީ ފެނުނީ 2012 ވަނަ އަހަރު ސަރުކާރުން އާއްމު ކުރި ފޮޓޯ އަކުންނެވެ. އެއީ ލުތުފީ ލަންކާގައި ފިލުމުން އޭނާ ހޯދަން އާއްމު ކުރި ފޮޓޯ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ލުތުފީ

    ޗީޑި ދެން

    156
    10
  2. އަނގަމަޖާ

    ޑޯންޓުބީ ސީރިއަސް އެއީ އެކުދިން ލޯބިވެހެންނެއް ނޫން ހަމަ ލާނެތް މަޖާ އަނގަ ތަޅަން ކުރާ ކޮމެންޓުތައް

    214
    16
  3. އާކާސް މުހައިމިނު ކުޅުދުއްފުށި

    ދިވެހިންގެ ތެރޭގަތިބި ލާދީނީ ގިނަ އަންހެނުންތަކެއް މި ބާޢީ ލުތިފީއަށް ހިތްކިޔާނެ... ސަބަބު ސާފު ވާނެ ދީނާމިކަން ނުގުޅޭނެ ސަބަބެއް ނެތް... ބަގާވާތު ސިއްކަ އާއިލާ

    186
    24
  4. ދަހާން

    މިވެސް ދިވެހި އަންހެނެއް. ބާޤީ ލުތުފީ ދެކެ ލޯބި ވުމަށް ވުރެ ތާހިރުވާނެ ކުއްތާއެއް ދެކެ ލޯބިވިޔަސް. ދުވަހަކުވެސް ބާޤީ ލުތުފީއަށް މައާފެއް ނުކުރާނަން. ދުވަހެއްގެ ކޮޅުން ފެނުނަސް އެއްޗަކުން ޖަހާނަން.

    177
    13
  5. ތުނިޔަ

    ވިދާހާ އެއްޗަކީ ރަނެއްނޫން! ބޮޑު ޣައްދާރު ބާޣީ ލުތުފީ ފެނިގެން މަގޭ ހިތަށް ވީގޮތަކީ..ހަމަ ގޮސް ނޮޅާލާހިތްވީ، ހަމަ ވަރަށް ރުޅިއާދޭ ތިބާޣީދެކެ..ހަޔާތުގައިވެސް ތަޖުރިބާކުރެވުނު އެއްމެ ބިރުވެރިދުވަސް 3 ނޮވެމްބަރ.

    140
    6
  6. 3.ކޖު

    ވަގުތު މީހުން ބުނަނީ ބާގީއޭވެސް.. ހާޖީ އޭވެސް..ގާޒީ އޭވެސް.. ތިވެސް ނޫސްވެރިން ދޯ.. ބޮލަށް ގޯންޏެއް ވައްދައިގެން އުޅެންވީ.. ލަދުން..

    77
    23
  7. އިންސާފު

    އޭނާ ފިލަން ވަނީ ޖިމަކަށްތަ؟ ?

    99
    4
  8. ހަހަހަ

    ބުހަހަހަހަ... މުޅި ކާއިނާތު ހެކިވާނެ ދިވެހި ގިނަ އަންހެނުންނަކީ ނަމްބަރު ވަން. މިއުޅެނީ ދެން ކޮންބައެއް. މަ ނަމަ ވެސް އޭނަ ފެނިފަ އެނގިއްޖެއޭ މީނަ ގޭމް ޖައްސަނީ ކަން މިއީ. އޭނައަށް ވެސް އިނގެއޭ މިއުޅެނީ ގަމާރުން ތަކެއްކަން ރާއްޖޭގެ ރައްޔިތުންނޭ ކިޔާފަ ލޮލް. އެހެންނޫނަސް މަށަށް އޭނަ ވަރަށް ފަކުރު ؛ދތކޕ

    56
    5
  9. ނާބެ

    ތީ ލުތުފީބާ؟؟؟

    44
    1
  10. ހުދުހުދު

    އައްޗީޑި. ފިރިހެނަކު ނުލިބުނަސް ތި ބާޢީ އަށް ބަލާނުލާނަން

    90
    7
  11. ސީނު

    ޑީ އެން އޭ ހަދަން ފެނޭ.......ހާދަ ހާ ވާރީއްޗޭ.......މަހަމަ ކޮސް...ކައިރީގެ އެހެރެޅަކުއްޖާ ނުވޭ އެއްޗަކަށް.....

    16
    70
  12. ޟިމް

    70 އަހަރު ކީއްކުރަން 60 ވި ހެންވެސް ހީނުވޭ.. މީހުންގެ ލޭބޮއެގެން ޒުވާން ކަމާ ރީތި ކަން މިލްކު ކޮށްފަ.. ތާ އަބަދަށް ޒުވާން ކަމުގަ ބޮޑު ބާއީ ގާތިލް!

    58
    6
  13. ބަަާގީިވަހީިދު

    ޢަަާ ރީިތި ..ތެދެއެއީި..

    12
    46
    • ދިވެހިބަ

      ދިވެހި ގިނަ އަންހެން ކުދިން އުޅެނީ އިންޑިޔާ ފިލްމު ސްޓަރުންނާ ހިތާވެގެން އެމީހުންނަށް ނޭގުނަސް މިވަރުގެ ބަޔަކަށް ލުތުފީ މާރަންގަޅުވާނެ.
      މިކަންފެނުނު ފިލްމު ކުޅެ މީހަކު މާލެ ސްޓޭޖަކަށް އެރީމަ މީހުންގެ އަނބިންނާ ބިޓުން އެވެރިންގެ އަތުގަ ހިފާ

  14. ބަަާގީިވަހީިދު

    އާަޜީިތި...

    8
    49
  15. ބުމަރު

    ހޫން ކަލޭމެނައް ރީތިވާނެ ތަނެއްގަ ހުރި ރޮނޑެއް ފެނުނަސް ?

    83
    10
  16. 1111

    މިވެސް ކޮންމެހެން ހަބަރަކަށް ހަދައިގެން ފަތުރަންވީ ވާހަކައެއްތަ! މިކަހަލަ ދައްކްން ނުޖެހޭ ، ފަތުރަން ނުޖެހޭ ކަންކަން މުޖުތަމައު ތެރެއަށް ފަތިރާތީ ތާ ފަސާދަ ޢާންމުވަނީ. މާ ދީނޭ ދީނޭ ކިޔައިގެން އުޅޭއިރު މިވަރު މި މީހުނަކަށް ނުވިސްނޭ!

    44
    9
    • ޢަލީ

      ދެން ދައްކަންވީ އަންނިގެ ހެޔޮވެރިކަމުގެ ވާހަކަތަ؟ ޢަންނިގެ އިންސާފުގެ ވާހަކަތަ؟ އަންނި ގައުމުދެކެ ލޯބިވާވާހަކަތަ؟ އަންނިގެ އޯގާތެރިކަމުގެ ވާހަަކަތަ؟އަންނި ވައްކަން ނުކުރާނެ ވާހަކަތަ؟ ޢަންނި ދީންދެކެ އިންތިހާއަށް ލޯބިވާވާހަކަތަ؟ އެވާހަކަދައްކަން ނޫހެއް ރަޖިސްޓްރީ ކުރަންވީނުން. ވަގުތޭ ކިޔާއިރު އެއޮއް ރާއްޖެޓީވީން އެފަތުރަނީ ކޯންޗެއް. ގެއްލުންވާވަރަށް ބޯކޮށް ވާރޭވެހުނަސް ކުރީގެ ސަރުކާރާ ގުޅިފަ.

      31
      10
  17. ގަލޮޅު މީހާ

    ތި ފެނުމުން ކަންފަތް މަތީ އަޅާލާ ހިތްވަނީ.

    ބޮޑު ބާޢީ ތީހަމަ ޚާއިނެއް.

    ކަންޑު ފައްތާ!

    70
    3
  18. އައިސީ

    ލުތުފީ އަކީ ޖީނިސްއެއް. ނަމަވެސް އޭނާ ކަންކުރީ ރަނަގަޅަކަށް ނޫން. އޭނާ އަކީ ގުދުރަތީ ގޮތުން ހަމަ ސްމާރޓް މީހެއް، މީހެއްދެކެ ރުޅިއަޔަސް ޙަޤީޤަތްވާނީ ޙަޤީޤަތަކަށް.

    19
    49
  19. ޝިޔާ

    ހަމަ ވަރަށ ހޮޓު

    7
    46
  20. ާަލުތޫ

    މީހާގެ ސިފަ އަކުން ނޭނގޭ އެވެ.

    33
    7
  21. ޑ

    މިހާރު އެންގިއްޖެއްނު އެމްޑީޕީން ބުނީ ދޮއްގެތް ކަން. އޭނާ ސިއްހަތު ރަގަޅު. އެހެން ކަމުން ބާގީ ލުތުފީ ފިލީމަ އެކަމުގެ އަދަބުދީ. 4 އަހަރު ކުޑަ. ފިލިކަމުގެ ކިށުގަ އަދަބު އިތުރު ކުރޭ. ބާގީ ލުތުފީ ހީވަނީ ހަމަ ގައުމަށް އަރާ ޓެރަރިސްޓް ހަމަލާ ދޭ މުޖުރިމެއްހެން. ލުތުފީ ޓެރަރިސްޓް ހަމަލާ ދެވުނީތީ އެކަމާ ހިތާމަކުރާ މީހެއް ފާޑު ވެސް ނުޖަހާ.

    59
    3
  22. ކައިރީ ހުރި ބިޓު

    ލުތުފީ ކައިރީ އެހުރި ސޮރު މާހޮޓު

    40
    4
  23. ފިޓްނަސް

    ކޮންމެހެން އޭނަ މައްޝޫރުކުރަން ފާޑު ފާޑުގެ އަރޓިކަލް ލިޔާނެކަމެއް ނެތް. ލުތުފީ އަކީ ޤައުމަށް ހުރި ވަބާއެއް.އަދި މިލިސްޓަށް ލާންޖެހޭ އެތައްބަޔަކު މިހާރު މަޖިލީހުގައިވެސް އެބަ ތިބި. ޤައުމުގެ ހަލާކު..??

    46
    2
  24. ބިންގޯ

    ވަގުތު ނޫހުން ލުތުފީ އިސްތިހާރު ކުރުން ހުއްޓާލާލަބަލަ

    49
    2
  25. ޕްރޮފެސަރ ވަސަންތީ

    އޭނަދެނަގަނެވޭނެ އޭނަގެ ފިންގަރ ޕްރިންޓުން 1988ގާއި އޭނަ ހައްޔަރު ކުރުމަށްފަހުނެގި ފިންގަރޕްރިންޓާއި މިހާރުގެ ފިންގަރޕްރިންޓާއި އެކަކުވެއްޖެއްޔާ ތަފާތެއް ނުވާނެ “ނައްލައިނާދަން”

    12
  26. އަހުމަދު

    ރީތިވާނޭނު ރާއްޖޭ އަންހެނުންގެ ދެލޯނެތް ތާ ވަޅުގަނޑުވެސް ނެތް ދެން ކިހިނެއް ފެންނާނީ ރީތި ހުތުރު ކިޔަން

    25
    2
  27. ރުޅިން

    މިހާރު އެންމެންވެސް ހިޔާލުފާޅުކުރަނީ ސޯސަލްމީޑިޔާގަ. މުޅިގައުމު އިންތިޒާރުކުރީ ބާއީ އަންނަވަގުތަށެވެ. އެހެންކަމުން މުޅިސޯސަލްމީޑިއާވެސް އޮތީ މިކަމަށް ތައްޔާރުވެފައެވ. ދެންޒަމާނާ އެއްގޮތަށް ފޮޓޯއާއި އާ އޭތިމީތި އަންނަން ފެށިއެވެ. މިއީ ލޯބިކަމަށް ވާނަމަ ދިވެހިން ނަތަންޔާހޫދެކެ މާލޯބިވޭނު. އަންހެނުންގެ އަގުވައްޓާލަން މަސައްކަތްނުކުރާށެވެ. އަދި ހަމައެހެންމެ ތާކުންތާކު ނުޖެހޭ ވާހަކަ ނުލިޔެ މޮޔަނުވެ ތިބޭށެވެ.
    އެހެންނޫނަސް މީނަދެކެ އިންތިހާޔަށް ލޯބިވީ ކަެއެމެން ގެންގުޅޭ ގުއި ސިދުގީއެއްނު. އެންމެ ފުރަތަމަ މީނަ ޒުވާނޯ ރީއްޗޯކިޔާފަ ވާހަކަދެއްކީ ސިދުގީވިއްޔާ. އަހަރުމެންގެ ރާއްޖޭގަ ފިރިހެނުން ރީއްޗެވެ، ލުތުފީއަށް ވުރެމާސްމާޓް. ދެން ވައި ލުތުފީކަލޯރަތް ސޯޓުލީ

    11
    5
  28. ދަލޭކަދައިތަ

    ބައްޔެއްނު. ފި ކިޔައިފިއްޔާ ހެޔޮދޯ ކޮންމެ އެއްޗަކަސް؟

    16
    1
  29. ކިޔުންތެރިޔާ

    ވަގުތުނޫހައްތާޢީދު، ވަގުތުންގެނެސްދެނީ ހިނގާ ކަންކަން، އަމިއްލައަށް ހަދައިގެން ދައްކާވާހަކައެއްނޫން! ތިމާނުރުހޭ ހަބަރެއްވެއްޖެއްޔާ ނޫސް މިގޯސްވަނީ!

    17
    6
  30. ލީމް

    މަށެއް ތިޔަ މުއްލާއަކަށް ހިތެއްނުކިޔާ. ނަފުރަތުކުރަން ލުތުފީއަށްވެސް އަންނިއަށްވެސް ސަގަރޭއަށްވެސް. ހުސް ބާޣީން.

    16
    4
  31. ބަގްދާދީ

    އަންހެންވެރިން މިއީ ހާދަ ގޮތެއް ނެތް ބައެކޭ ދޯ.ބިންލާދިން ވެސް ހޮޓޭ ބުނަލަ.

    5
    8
  32. މޫނު

    މޫނުމަތި ބަލާބަލަ ހުރިސިފަ....ހިތްކިއްޔޯ ދުފާފަ އުކާލާ ހައްޕުޑު ކޮޅުވެސް ތިޔައްވުރެ ރީތިވާނެ

    18
    1
  33. ބޯގަންވިލާ

    ޢަންހެން ވެރިން މޮޔަ ވެބަލަ ބާޣީ ލުތުފީ ރީތި ވެގެން ނޭ ކިޔާފަ ،ތިޔަހެން ބުނާނީ ވެސް ހިތުގަ ރަހުމުގެ ކަންފުޅެއް ވެސް ނެތީމަ

    10
  34. Anonymous

    ލުޠުފީ ހިންގި ޖަރީމާއަކީ ދީނުން ބޭރުވެ މުރުތައްދުވާވަރު ކަމެއްނޫން ﷲސވ އޭނާގެ ތައުބާވެސް ޤަބޫލު ކުރައްވަފަވާނެ،،

    10
    4
  35. ސަޓޯ

    އާނ. އޭނަ ހޮޓް ވާނޭ. ނަރަކައިގެ ވަތުބަތާނައިގަ މިގޮލާ އޮންނަ އިރު އޭނަ ވަރަށް ހޮޓުވާނެ... މިކަހަލަ ނުބައި ނުލަފާ ބަގާވާތްކުރާ މީހުން އަވަހަކަށް މުސްކުޅިއެއްވެސް ނުވާނެ އެކަމަކު ނިމިގެން ދާނީ ވަރަށް ހިތިކޮއް

    14
  36. ސޮއްބެ މާލެ

    ޖަލު ގޮޅީގަ އޮވެގެން ތަރުކާރީ ބަތާއި ކުކުޅާ ތަރުކާރީ ރިހަ ކައިކައި މުސްކުޅިނުވެފަ އެހުރީ..

    11
  37. ޗީ

    ނޫ ޓީޝާޓު ލައިގެން ހުރި ސޮރުވެސް މާރީތި. ދިވެހި ބައެއް އަންހެނުންނަށް ކީއްވެފަތަ މިތިބީ!!!!!!!

    14
  38. ހަމަހޭ

    އަޅެ މިގައުމުގަ ހަމަ ގައިމުވެސް ތިބޭނެ ތިހިރަ ބާޢީ އަށް ވުރެ މާރީތި މީހުން. ނެތަސް ތި ބީކޭޓީއެސް އަށް ވުރެ މާރަގަޅު ހިތްހެޔޮ އަހުލާގު ރަގަޅުމީހުންވެސް ތިބޭނެ. ހަމަހޭން ނައްޓާލައިގެން އަންހެނުން ތި އުޅެނީ ބާޢީ އެއްޗެއް ދިނީމަ އެޔެއް ބޮއެގެންތަ!
    މަށައް މާ ރަގަޅު ފަގީރު ކުދިންނާވެސް އިންނަން. މީހާ މީހާގެ ސިފައަކުން ނޭގޭނެކަން ހަނދާން ބަހައްޓަބަލަ. ބާޢީއެއް ވާނީ ހަމަ ބާޢީ އަކަށް. މަ އަތުގަ ތިބާޢީއެއް އަތުޖެހޭ ދުވަހަކީ ހަމަ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގަ ދިވެހިންގެ ލޭ އޮހޮރުވިހެން ބާޢީ ލުތުފީގެ ލޭ އޮހޮރުވާލާނެ ދުވަހެއް. ވަރަށް ވާހަކަ މީ. ހަމަހޭގަ ތިބޭ ކުދިންނަށް ވަރަށް ރަގަޅަށް އެގޭނެ. ????

    9
    3
  39. ާަާމަ

    އަތްޗީޑި.

    11
    1
  40. ޭނަން

    ހޭބަލިވެ ނުވެބަލަ ގައުމަށް ގައްދާރުވި މީހެއް

    10
    1
  41. ހަނީ

    ތިއީ ހަށިހެޔޮކޮށް ހުރި ހަމަ ރީތި ޖަނަވާރެއް.އަތުގައި ފައިސާ ފޮއްޗެއްވެސް ނެތި އެކިެއކި ގައުމު ތަކުން ފިލަން އުޅެން ހަދައިގެން ތިހިރީ ރނގަޅަށް ކާން ނުލިބިފައި. އެއްވެސް ރީއްޗެއްވެސް ނޫން.މީހަކު ރީއްޗޭ ބުނާނީ ހަމަ އެކަނި މީހާގެ ސިފައަށާއި ކުލައަށް ބަލާފަކާއެއް ނޫން. ކޮބާތަ އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތައް. ތެދުވެރިކަން، އިހްލާސްތެރިކަން، އޯގާތެރިކަން، ހިތްހެޔޮކަން، ވަފާތެރިކަން އެހެންމީހުންގެ ހައްގަށް އަރައިގަތުން. މީހުންމެރުމުގެ ހުރި ނުބައިކަން. ތުއްތު ކުދީން ޔަތީމުކުރުމުގެ ނުބައިކަން. މިހެން ގޮސް ވވވވ ގިނަކަންތައްތައް. ތިއީ ހަމަހުރި ގޮތަށް ހުރި ޓެރެރިސްޓެއް.ބޮލުގައި ނުވަތަ މޭމަތީގައި ދަގަނޑު ބުރިއަކުން ޖަހާފައި ނަމަވެސް ތީތިގަނޑު މަރާލާ. އަސްކުރޭ!

    5
    1
  42. ހޮޓް

    އަސްލު ލުތުފީ ނުފެންނަނީ ތިފެނުނީ ލުތުފީ ކަމަށް ނުވެދާނެ.

  43. Anonymous

    ބޮޑު ބާޤީދެކެ މޮޔައިން ލޯބިވިޔަސް ލޯބިވާނީ. ޙަމަ ޤައިމުވެސް އަހަރެން ދަންނަ ހުރިހާ އެންމެން ތި ބާޤީދެކެ ރުޅިއާދޭ.

  44. ނުބުނަަން

    ދުވަހަކުވެސް ނުބުނާނަން ބާގީ ލިތުފީ ރީއްޗޭ ،،،

    11
    1
  45. ދިވެހި އަންހެނެއް

    ތީ ބާޣީލުތުފީ މަޝްހޫރުކުރަން ރީނދޫ ޕާރޓީގެ އަންހެންވެރިންނާ، އޭނަގެ ޢާއިލާ މީހުން ކުރާ ކޮމެންޓް.
    މަވެސް މީ އަންހެނެއް. ގުއިބަލާ ލޮލުންވެސް ނުބަލާނަން ތިޔަ ޣައްދާރަކަށް. މިޤައުމުގެ އެތައް އަގުހުރި ދަރިންނެއްގެ ލެއިން ކަޅިވެފައިހުރި ޤާތިލެއްތިޔައީ.

    8
    1
  46. ފާތުމަ

    ހަގީގަތަށް ބުނަންޏާ ބުނެވެން އޮތީ ލުތުފީ ީހަމަ ވަރަށް ރީއްޗޭ. ވަރަށް ސަޅިއޭ. އަންހެނެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ލުތުފީ ގެ ގައިގައި އެބަހުއްޓޭ ހިތް ކިޔާ ގޮތެއް. މިކަމާ ފިރިހެނުން ރުޅިއަޔަސް ހަގީގަތް ވާނީ ހަގީގަތަށް. ލުތުފީއަކީ ބާޣީއެއްކަމާއި އޭނާގެ ޖާހިލުކަމާ އަނިޔާވެރިކަމުން 19 ދިވެހިން ޝަހީދުކޮށްލިކަން ހިތާމައާއެކު ގަބޫލުކުރަން. ލުތުފީ އަދި ކިތަންމެ ރީތިވެފައި ނަލަ ވިޔަސް ދިވެއްސެއްގެ ހައިސްޔަތުން ލުތުފީއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން. ލުތުފީއަކީ މަރާލަންޖެހޭ ބޮޑު މުޖުރިމެއް.

    13
    • 《》

      ފިރިހެނުން އެކަންޏެއް ނޫން ރުޅި އަންނަނީ. އަންހެނުން ވެސް.

  47. މޫނިމާ

    ރާއްޖޭގެ އަންހެންވެރިން ތިބޭނީ ފިރިހެނެއް ފެންނަ އިރަށް ހޭބަލިވެފާ !

    5
    2
  48. ޢައިޝާ

    ޢަލިފާން ކަހލަ ރުޅިއާދޭ ލުޠުފީދެކެ.

  49. ލޮލް

    ބާގީ ލޫތު ހުރިހާ ސަހީދުންގެ އާއިލާއާ ހަވާލުކުރޭ!
    އޭނަވެސްޖެހޭނީ މަރަން އިސްލާމް ދީނުގަ ވަނީީ މަރަށް މަރު ކަމަށް!
    މާފުދީގެންނުވާނެ ސަހީދުވި 19 ދިވެހިންގެ ހައްގުގާ ބުނަން މަރަށްްް މަރުގެ އަދަބުދީ!
    ޖާހިލެއް އެއީ! އެއްްވެސް ކުށެއްނެތް 19 ދިވެހިން މަރާފަ! އެމްމެންވެގެން ރަޖަމްކުރަންވީ!
    މަރަށް މަރު ހިފުމަކީ (ދިރުމެއް ވާކަމެއް)

    7
    1
  50. އަހުމަދު

    ދިވެހި ލިއުންތެރިންގެ ކޮސް ވާހަކަ...

  51. ޝައިނީ

    ހަގުރާމަ ކުރާއިރު މީހުން މަރުވާނެ އެއީ އެއްވެސް ފަރާތެޢްގެ ކޮމާންޑަރުގެ ބޮލުގައި އެޅޭ އެއްޗެއް ނޫން ...މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާ ކޮށްގެން މީހުން މަރުވި ބަޑިޖަހައިގެން އެތައް ބަޔަކު މަރުވި.

    3
    2
  52. ސަރީފް

    ލުތުފީ ދެކެ ލޯބިވާ ފިރިހެނުން ވަކިން މިރާއްޖެއަކު މަދެއް ނޫން. ހަމަ ބުނެލީ

  53. ދިގުވީމަ

    ދިވެހި އަންހެނުން އެންމެ ލޯބިވާނީ ބަންގާޅީ ޅަ ފިރިހެން ސޮރުންދެކެ ..ވަރަށް ވާހަކަ

  54. މީމަ

    އޭ ލުތުފީ ނުފުއްޕަޗޭ

  55. ދެކޮޅު

    ދިވެހި ގިނަ އަންހެނުން ނަކީ ހިންދީ ފިލްމުސްޓަރުންނާ ހިތާވެގެން އުޅޭބަޔެއް އެމީހުންނަށް ނޭގުނަސް މިވަރު ބަޔަކަށް ލުތުފީ މާރަނގަޅުވާނެ.