“އަންހެން ދޮޅާ! އަމައްޔާތް. އެއްކަލަ ރަނޑު ދޯ އެހެރެ ދަނީ”
މިއީ ވަރަށް ކުޑައިރުއްސުރެ މީހުން އަހަރެން ފެންނަތަކުން ގޮވަމުންދާ އެއްޗެކެވެ. މަގުމަތީގައި އުޅޭ ވަލު ކުއްތާތައް އުސޫލުން ހިނގާ ބިގާވެ އުޅޭ މީހުންނާ ދިމާކުރާ ބަޔަކު ދިވެހިންގެ ތެރޭގައި އަދިވެސް އެބަތިއްބެވެ.
ހިނގި ވާހަކައެއް ހިއްސާކޮށްލާނަމެވެ. އެއީ މީގެ ދެ ދުވަހެއްވަރު ކުރިއެވެ. ހޮސްޕިޓަލަށް ބައްޕަ ދެއްކަން ދިއުމަށްފަހު އަހަރެން ދިޔައީ ގެޔަށެވެ. ގެޔަށްގޮސް ބައްޕަ ގެޔަށް އަރުވާފައި ފިހާރައަކަށް ދިޔައީމެވެ. ފިހާރައިން އެއްޗެއް ގަތުމަށްފަހު އަހަރެންވެސް އަވަސް އަވަހާ ދިޔައީ ގެޔާ ދިމާއަށެވެ. ވަރަށް ހަލުވި ހިނގުމެއްގައި ގެޔަށް ދަނިކޮށް ކުރިމައްޗަށް އެރީ އަންހެން ކުއްޖެކެވެ. އެކުއްޖާ އަށް ތަން ދެއްކުމުގެ ގޮތުން މަގުގެ އަނެއް ފަރާތަައް އަހަރެން ޖެހިލީމެވެ. ނަމަވެސް ކަން ދިމާ ކުރި ގޮތުން އެ މީހަކަށްވެސް ޖެހުވުނީ ހަމަ އެ ދިމާއަށެވެ. އަހަރެން ސޮރީ އޭ ބުނެ އެއް ފަރާތްވެލީމެވެ.
އެހިސާބުން އެމީހާގެ އަގައިންވެސް ބޭރުވީ ހަމަ އެއްކަލަ ކުޑައިރު އަޑު އިވެމުންދިޔަ ބަސްތަކެވެ.
“މި ކީތްކުރާ ރަނޑެއްތަ މިތާހުރެ، ހިނގާކަށް ނޭނގޭތަ!” އެ މީހަކު ބުންޏެވެ.
ބުނާނެ އެއްޗެއް ނޭނގިގެން އިތުރު އެއްޗެއް ނުބުނެ ގެޔަށް އެރީމެވެ. އަދި ބައެއް ރަޙްމަތްތެރިންނަށް މެސެޖްއެއް ކޮށްލީމެވެ.
“ކޮބާތަ ރަނޑު ވުމަކީ؟ ރަނޑު މީހެއްގެ ގައިގައި ހުންނާނެ ސިފަ ތަކަކަކީ ކޮބާ؟”
މި ދެ ސުވާލު 10 ވަރަކަށް ރަޙްމަތް ތެރިންނާ ކޮށްލީމެވެ، ސުވާލު ތަކުގެ ޖަވާބުން އަހަރެން ހަމަ އަޝޯހުވިއެވެ.
އެކަކު ބުނި ގޮތުގައި ރަނޑުވުމުގައި، ވާހަކަ ދައްކާއިރު މާ ގިނައިން އަތުން އިޝާރާތް ކުރުމެވެ. އަދި އަހަރެންނަކީ މި ސަބަބަށްޓަކައި ރަނޑެއް ނޫން ކަމަށް ބުންޏެވެ.
ދެން ލިބުނު ޖަވާބުތައްވެސް ވަރަށް ހެއްވައެވެ. އެކަކު ބުނީ އެއީ ލާ އެއްޗެހިން ކަމަށެވެ. ނަމަވެސް އެ ދުވަހު އަހަރެން ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެކެވެ. ތިން ވަނަ މީހާ ބުނީ ރަނޑުވަނީ އަންހެނުންނާއެކު އުލޭތީއެވެ. އެވެސް ލައްކަ ހެއްވާ ވާހަކައެކެވެ. އެހެން ބުނި މީހާ އަންހެނުން ހޯދުމަށް ކުރާ މެސެޖްތައް ވަރަށް ރަނގަޅަށް އެނގޭތީ އަޅުގަނޑަށް ވަރަށް މަޖާވިއެވެ. އަނެއްކޮޅުން އޭނާ ލޯބީގެ މެސެޖް ކޮންމެ ދެ ދުވަހަކުން 4 މީހަކަށް ފޮނުވަންވެސް އަންނަނީ އަހަރެން ކައިރިއަށެވެ. އެމީހާ ރަނޑު ނުވުމުން އިނގެރޭސި ބަހުން މެސެޖެއް ކޮށްލަންވެސް ނޭނގޭތީ ތާއެެވެ.
ދެން ސުވާލު ކުރި މީހުންގެ ޖަވާބުތައް އެހާ ފީކަޅައެވެ. ބައެއް މީހުން ބުނީ އެއީ ގޭތެރޭގެ މަސައްކަތް ކުރާތީ ކަމަށެވެ. އަނެއް ބަޔަކު ބުނީ އެއީ ލޯބިން އުޅެފަ ދޯކާ ނުދޭތީ ކަމަށެވެ. އަދި އަންހެނުންނާއެކު ޒިނޭ ނުކުރާތީ ކަމަށްވެސް އެތަނުން ރަޙްމަތްތެރި އަކު ބުންޏެވެ. އަދި މައިންބަފައިން ކުރިމަތީގައި ރީތިކޮށް ވާހަކަދައްކާތީ ކަމަށްވެސް ބުންޏެވެ.
ކޮންމެޔަކަސް ތިބުނާ ކަންތައްތަކުން މީހާ ރަނޑު ވާނަމަ، އަހަރެން މިއީ ރަނޑެކެވެ. ނޫނެކެވެ. އަހަރެންނަކީ ހަމަ ފަޚްރުވެރި ރަނޑެކެވެ.
ރަނޑުވުމަކީ އަސްލު ކޮބައިކަމަށް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ ކިހިނެތް ވާ ކަމެއްކަން ފަހުމްކޮށްލަދީފިނަމަ ކިތަންމެހާވެސް ރަނގަޅެވެ.
ރަނޑު ވުމަކީ އަންހެން ދުޅައަށް ފިރިހެނުން އުޅުމެވެ.
ރަނޑު ވުމަކީ ވާހަކަ ދެއްކުމާއި ހިނގުމުގައި އަންހެން ވަންތަ ވުން ނޫންތަ؟
ރަނޑުވުމަކީ އަންހެންދުޅާވެގެން އުޅުން. މިސާލަކަށް ފިރިހެނަކު އަންހެނަކަށް ވެގެން ތުއިވުން. ރީތި ސާދާ އުޅުމެއް އުޅުމަކީ ރަނޑުވުމެއްނޫން. އަންހެނަކަށް މަގުން ތަންދެއްކުމުން އެނގެނީ އަންހެނުންނަށް އިހްތިރާމްކުރާ، ގޮތްހުރި ރަނގަޅު ފިރިހެނެއްކަން. އެއީ އެކަމުން ފިރިހެންވަންތަކަމަށް ބުރޫއަރާނެ ކަމެއް ނޫން. އުޅެންވީގޮތް ދަސްކޮށްދޭނީ މައިންބަފައިން. ބޮޑެތިވަމުންދާ ކުދީންނަށް ދަސްކޮށްނުދެވެނީ މައިންބަފައިންގެ އިލްމު ނެތީމަ.
ގިނަ އަންހެނުންނަށް ލަދުޙަޔާތްކުޑަ ފިރިހެނުން ވަރަށް ކަމުދާނެއެވެ! އެފަދަ މީހުން ކިތަންމެ ފާފައެއްކުރިޔަސް ވަރަށް ހޮޓްވާނެއެވެ! މިފަދަ ހޮޓްކަމެއް ނެތީކަމަށް ވެދާނެއެވެ!
ތީނައަށް ޖަވާބު ދީފަހުރި މީހުންގެ ވިސްނުމުގެ ކޮށިކަން ދޭހަވީ.
ސިހުރު ފަދަވި ކަމަނާ ނުފުދޭ ތަ ރަނޑަކައް؟ އެއަށްވުރެ ކައިރިން ފެންނާނެ ދިރިހުރި މިސާލެއް ނެތް.