ބޭވަފާތެރިވަމުން ދިޔަ އަންހެނަކަށް ފިލާވަޅެއް ދިނުމަށް ކަމަށް ބުނެ، އިންޑިއާގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާ އެތައް ބައެއްގެ ކުރިމަތީގައި މަރާލައިފިއެވެ. އެމީހާ އޭނާގެ ލޯބިވެރިޔާ މަރާލީ ވަޅިން ޙަމަލާ ދީގެންނެވެ.

މިކަން ހިނގާފައިވަނީ އިންޑިޔާގެ ޓެލެންގަނާގައެވެ. އެ ފިރިހެން މީހާ މަރާލާފައި ވަނ،ީ 22 އަހަރުގެ އަންހެނެކެވެ. 24 އަހަރުގެ ފިރިހެން މީހާ މިހާރުވަނީ މިމީހާ މަރާލުމުގެ ކުށުގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފިރިހެންމީހާ މިމީހާއަށް ހަމަލާދީފައިވަނީ އޮފީސް ނިންމާފައި ގެޔަށް ދާން ނިކުތް މަގުމަތީގައެވެ. މަންޒަރު ދުށް މީހުނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރިހެން މީހާއާއި އަންހެން މީހާއާއި ދެމެދު ވަރަށްވެސް ހޫނު ބަހުސްއެއްވަނީ ކުރެވިފައެވެ. އަދި ބަހުސް ވަކިވަރަކަށް ދިޔަތަނުން ފިރިހެންމީހާ އަންހެން މީހާއާ ދިމާޔަށް، " އަދި ކިތައް ފިރިހެނުންނަށް ބޭވަފާތެރިވާނަން؟ " މިހެން ބުނެ އަންހެން މީހާގެ ކަރަށް ތޫނު އެއްޗެއް ކޮށްޕާލިއެވެ.

އެއްވެ ތިބި މީހުން، މިއަންހެން މީހާ ވަގުތުން ހޮސްޕިޓަލްއަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލްއަށް ގެންދިއުމުގެ ކުރިން މިމީހާ ވަނީ މަރުވެފައެވެ. ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މި ފިރިހެން މީހާ ފަހުންވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެ ތިބި މީހުން މިކަމަށް ހުރަސްއަޅާ މިމީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.

ފުލުހުން މިމައްސަލަ ތަޙްޤީޤް ކުރަމުންދާއިރު، މިދެމީހުންނަކީ 3 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެމުންދިޔަ ދެމީހުންނެވެ.