އިންޑިއާގެ ގޯގައި ދެމަފިރިން ކައިވެނި ކުރުމުގެ ކުރިން އެޗްއައިވީއަށް ޓެސްޓު ކުރަން ޖެހޭ ގޮތަށް ހަދަން މަޝްވަރާތައް ކުރަން ފަށައިފިއެވެ.

އެ ޓެސްޓު ހެދުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހަދައި، ކައިވެނި ރެޖިސްޓްރީ ކުރުމުގެ ކުރިން އެކަން ކުރަން ޖެހޭ ގޮތަށް ހަދަން ނިންމާފައި ވެއެވެ. އެހެން ނަމަވެސް އަދި އެކަން ފާސްކޮށްފައެއް ނުވެއެވެ. މިހާރު ކައިވެނި ކުރާ މީހުން އެޗްއައިވީއަށް ޓެސްޓު ކުރަނީ އެ މީހަކު ބޭނުންވާނަމައެވެ.

ގޯ މިނިސްޓަރ އޮފް ލޯ ރޭން ބުނީ، އެކަން ކުރަން ޖެހޭ ގޮތަށް ރިވިއުކޮށްފައި ވަނީ ގާނޫނު ހަދާ ޑިޕާޓްމެންޓުން ކަމަށެވެ.

މީގެ ކުރިންވެސް ގޯގައި އެފަދަ ޕްރޮޕޯސަލްއެއް ހުށަހެޅުނެވެ. އެއިރު އެކަން ހުށަހެޅީ ހެލްތް މިނިސްޓަރއެވެ. 2006 ވަނަ އަހަރު އެކަން ކުރުމަށް ހުށަހެޅުނު ނަމަވެސް، ތަންފީޒުވެފައެއް ނުވެއެވެ.

އިންޑިއާގައި ކޮންމެ އަހަރެއްގައި 85000 އަށްވުރެ ގިނަ މީހުން އެޗްއައިވީ ޖެހެއެވެ. އަދި މީގެ ތެރެއިންވެސް ގިނަ ބަޔަކު އެ ބަލި ޖެހެނީ އެޗްއައިވީ އިންފެކްޓްވެފައިވާ ލޭ އެޅުމުގެ ސަބަބުންނެވެ.

އިންޑިއާގެ އެއިޑްސް ކޮންޓްރޯލް އޯގަނެޒޭޝަން އިން ބުނީ، 1300 އަށްވުރެ ގިނަ މީހުން އެޗްއައިވީއަށް ޕޮޒިޓިވްވެފައި ވަނީ އެޗްއައިވީ ލޭ އެޅުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދެމަފިރިން

  ދެމަފިރިން ކައިވެނި ކުރޭތަ؟

  3
  2
  • ީކިޔާ

   ހައްހާ....

  • ހުސޭނުބޭ

   އެހެންނެއްނޫން! ކައިވެނީގެ ކުރިން ޒިނޭގެ ފާސް (ސަލާމަތްވިތޯ ނޫނީ ނޫންތޯ) ހައްދަނީ!

 2. މާމިގިލީ މީހާ

  ރާއްޖޭގައި ވެސް ޖެހޭ މި ޓެސްޓް ހަދާން. ރާއްޖޭގައި ވެސް މިހާރު މިބަލި ވަރަށް ހަލުވިކަމާ އެކު އެބަ ފެތުރޭ. ސަބަބަކީ މިބަލި ޖެހިފަ ތިބި މީހުންގެ ގޮތް ހާމަ ނުކުރާތީ. މިއީ ސަރުކާރުން ސިއްރު ކުރާންޖެހޭ ކަމެއް ނޫން.

  15
  1