އިންޑިއާގެ ފިލްމްތަކުން ގިނަބައެއްގެ މަގުބޫލުކަން ހޯދި އިމްރާން ޙާޝިމީވެސް ލަމްބޯގިނީ ހަރަކަންއެއް ގަނެފިއެވެ. އޭނާ ވަނީ އެ ކާރު ގަތުމަށްފަހު އެ މުމްބާއިއަށްވެސް ގެނެސްފައެވެ.

ރީދޫ ކުލައިގެ އެ އަގުބޮޑު ކާރު ތެރޭގައި އިމްރާން ހާޝިމީ އިންދާ ނަގާފައިވާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދެއެވެ. އެ ވީޑިއޯގައި އިމްރާން ވަރަށް ސްޓްރައިލްގައި އެ ކާރު ދުއްވަމުން ގޮސް ގަރާޖަށް ވައްދާ މަންޒަރު ފެނެއެވެ.

އިޓަލީގެ ސުޕާ ކާރުގެ ގޮތުގައި ފާހަގަވެފައިވާ އެ ކާރު، އޭނާ ދިިރިއުޅެމުންދާ ގޭތެރޭގައި އޮއްވާ ނަގާފައިވާ ފޮޓޯއަށްވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ ކާރުގައިޖަހާފައިވަނީ ވަގުތީ ރަޖިސްޓްރޭޝަން ޕްލޭޓެކެވެ.

https://www.instagram.com/p/BzsjBjRHfoT/?utm_source=ig_embed

އިމްރާން ހާޝިމީ ގަތް މި ކާރުގެ އަގު 4 ކްރޯޑް ރުޕީސްއަށް އަރާނެއެވެ. މިއީ 2014 ވަނަ އަހަރު ތެރޭގައި އިންޑިއާގައި ލޯންޗްކުރި ކާރެކެވެ.

އިމްރާން ހާޝިމީ މިހާރު ކުރަމުންދާ މަސައްކަތަށް ބަލާއިރު، އޭނާ މިހާރު ދަނީ ޗެހެރޭގެ ޝޫޓިންގގައި އުޅެމުންނެވެ. އަދި ނެޓްފިލްކްސް އޮރިޖިނަލް ބްޑް އޮފް ބްލަޑްގެ މަސައްކަތް ފަށަންވެސް އޭނާ ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު