ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ކޮފީއަކީ އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެކެވެ، އެހެންނަވެސް މިއީ މުޅިއަކުން ހަޤީޤަތެއް ނޫނެވެ. ކޮފީގެ ސަބަބުން އިންސާނާާގެ ހަށިގަނޑަށް ފައިދާތަކެއްވެސް ލިބިގެންދެއެވެ.

ކޮފީއަކީ ވަރަށްވެސް ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. މިގޮތުން ކޮފީގައި އެންމެ ގިނައިން އެކުލެވޭ އެއްމާއްދާއަކީ ކެފައިންނެވެ. ކެފައިންއަކީ އޭގެ ސަބަބުން ހަށިގަނޑަށް ކުއްލިއަކަށް ބޭނުންވާ ހަކަތަ ގެނެސްދޭ އެއްޗެކެވެ. ނަމަވެސް ހަކަތަ އިތުރަށް އެންމެ ބޭނުންތެރި ގޮތުގައި ހޯދުމަށް ގޮތެއް އެބައޮތެވެ. އެއީ ކޮފީ ބޮއެގެން ނިދުމެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކެފައިންއަކީ ނިދުމަށް ހުރަސް އަޅާއެއްޗެކެވެ. މިހެންކަމުން ނިދުމުގެ ކުރިން ކޮފީ ބުއިމަކީ މޮޔަކަމެވެ. ނަމަވެސް ކޮފީގައި ހިމެނޭ ކެފައިން ހަށިގަނޑުތެރޭގައި ރަނގަޅަށް ދައުރުވުމަށް ގާތްގަނޑަކަށް 20 މިނެޓް ނަގައެވެ. މި 20 މިނެޓްގައި ނިދައިފިނަމަ ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް ރަގަނޅަށް ލިއްބައިދޭނެއެވެ.

މިކަމުގެ ވާނުވާ ބަލާލުމަށް ފުރަތަމަ ހަށިގަނޑު ވަރުބަލިކަން އިޙްސާސްވަނީ ކީތްވެތޯ ބަލާލަންޖެހެއެވެ. ސިކުޑީގެ ރިކެޕްޓަރތަކަށް އެދެމޮޒީން ކިޔާ މާއްދާއެއް އެއްވުމުން ހަށިގަނޑު ވަލިބަލިކަން އިޙްސާސް ކުރެވެއެވެ. ކޮފީގައި ހިމެނޭ ކެފައިން ބުއިމުގެ ސަބަބުން އެދެމޮޒީން މި ރިސެޕްޓަރތަކާ ގުޅުމަށް ހުރަސް އަޅައެވެ. އަދި ހަށިގަނޑު ވަރުބަލިކަން އިޙްސާސްވުމުން ދުރުކޮށްދެއެވެ. ނިދުމުގެ ސަބަބުން އެދެމޮޒީންގެ އިންސައްތަ މަދުވެއެވެ. މިހެންކަމުން ކެފައިން މިރިސެޕްޓަރތަކާ ގުޅުމަށް އިތުރު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.

މިގޮތަށް ކަން ކުރުމުގެ ސަބަބުން ނިދާ ހޭލާއިރު ވަރުބަލިކަން އިޙްސާސްއެއް ނުވާނެއެވެ. ސަބަބަކީ އެދެމޮޒީން ގުޅެންހުރި ރިސެޕްޓަރތަށް މިހާރުވާނީ ކެފައިންގެ މޮލެކިއުލްތަށް ބަންދުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު