އޮމާން ހަންގަނޑެއްގެ ވެރި މީހަކަށް ވުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. ޚާއްސަކޮށް ކަނބަލުން ކޮންމެހެން ވެސް ބޭނުންވާ ކަމެކެވެ. އޮމާން ހަންގަނޑެއް ހޯދުމަށްޓަކައި ކުރާ މަސައްކަތް ވެސް އެހާމެ ގިނައެެވެ.

މިގޮތުން ވަރަށް ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ފެންވެރުމަށްފަހު ގައިގައި ލޯޝަން އުނގުޅުމަކީ ހަންގަނޑު އޮމާންކޮށްދޭ ކަމެކެވެ. ނަމަވެސް މިއީ މިކަންވާ ގޮތެއް ނޫނެވެ.

އެމެރިކަން އެކަޑަމީ އޮފް ޑާމޮޓޮލޮޖީއިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފެންވަރައި ނިމިގެން ގައިގައި ލޯޝަންލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އޮއިންޓްމެންޓެއް ނުވަތަ ކުރީމެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ހަމާބެހޭ 20،000 ޑޮކްޓަރުންގެ ޓީމެއް ހިމެނޭ އެމެރިކަން އެކަޑަމީ އޮފް ޑާމޮޓޮލޮޖީއިން ނެރެފައިވާ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ލޯޝަނަކީ އޭގެ ބޭރުފުށުގައި ފެންވަރައިގެން ބޭނުން ކުރަން ލިޔެފައިވާ އެއްޗެއް ކަމުގައިވީ ނަމަވެސް، އޮމާން ހަންގަނޑެއް ބޭނުންނަމަ މިއީ ބޭނުން ކުރަން އެންމެ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.

މި ދިރާސާގައި ބުނެފައިވަނީ ކުރީމެއް ނުވަތަ އޮއިންޓްމެންޓް ބޭނުން ކުރާނަމަ، އެތަކެތި ހަންގަނޑުގެ ތެރެއަށް ވަނުމަށް ކުޑަހިނދުކޮޅެއް ބޭނުންވި ނަމަވެސް، އާޚިރު ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކިހާ ދެރަކަމެއް ދެން ލޯޝަން އެތެރެކުރުން ހުއްޓާލަންވީނު

    11
    1
  2. ސަކީނާ

    ދެން ކޮބާޔޯ ލޯޝަން ލާންވީ ވަގުތަކީ؟ ފެންނުވަރާ ހަޑިގިއްލާ ހެދިގެންތޯ؟

    10
  3. ސިންތްރީނާ

    މިކިޔާގެން އެއްޗެއް މޭރުންވި މީހަކު އެބަހުރިތަ!!!؟