އެމެރިކާގެ އެންމެ ސިއްރު އެއް އަސްކަރީ މަރުކަޒު ކަމަށްވާ "އޭރިއާ 51" އަށް ވަންނަން ދިއުމަށް ދެލައްކަ މީހުން ޕެޓިޝަނެއްގައި ސޮއި ކޮށްފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށް ގެންދަން ރާވަފައިވާ "ސްޓޯމް އޭރިއާ 51" ގައި ބައިވެރިވުމަށް އެއްބަސްވާ މީހުން ސޮއި ކުރަމުންދާ އޮންލައިން ޕެޓިޝަންގައި މިހާރު ވަނީ ދެލައްކަ މީހުން ސޮއި ކޮށްފައެވެ.

މިހައި ގިނަ އަދަދެއްގެ މީހުން އެސަރަހައްދަށް ވަންނަން ދިމާކޮށްފިނަމަ ސިފައިންނަށް ވެސް އެމީހުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ޕެޓިޝަންގައި ބުނެއެވެ. އެހެންކަމުން ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތް ރާވާ މީހުން ބުނާ ގޮތުގައި ވީހާވެސް ގިނަ މީހުން މިހަރަކާތުގައި ބައިވެރިވާން ޖެހެއެވެ. މިހަރަކާތް ކުރިއަށް ގެންދާނީ ސެޕްޓެމްބަރ 20 ވަނަ ދުވަހު އެވެ.

އެމެރިކާގެ "އޭރިއާ 51" އަކީ ލަސް ވޭގަސްގެ ހަނަފަސް ސަހަރާގައި އޮންނަ އެމެރިކާގެ ވައިގެ ސިފައިންގެ އަސްކަރީ މަރުކަޒެކެވެ. މިމަރުކަޒު އެމެރިކާ އަސްކަރިއްޔާ އިން ހިންގަމުން އަންނަތާ މިހާރު 60 އަހަރު ވެއްޖެއެވެ. ނަމަވެސް އެތަނާއި ބެހޭ މާގިނަ މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ކޮންސްޕިރަސީ ތިއަރީތައް ބުނާ ގޮތުގައި 2.9 މިލިއަން އޭކަރުގެ މިސަރަހައްދަކީ އެމެރިކާ އިން އޭލިއަރުން ފޮރުވައިގެން ގެންގުޅޭ ސަރަހައްދެކެވެ.

މިތަނުގައި އޭލިއަނުން ގެންގުޅޭ ކަމަށް ވާހަކަދެކެވެން ފެށީ އެތަނުގައި މަސައްކަތް ކުރި ކަމަށް ބުނާ މީހަކު 1980 ގެ އަހަރުތަކުގައި ދިން އިންޓަވިއުއަކާއި ގުޅިގެންނެވެ. އޭނާ އެދުވަސްވަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ "އޭރިއާ 51" ގައި އޭލިއަނުން އުޅޭ ކަމަށާއި ސައިންސްވެރިންނާއި އިންޖިނިއަރުން އެތަނުގައި އޭލިއަނުންގެ ތަފާތު ދިރާސާތައް ކުރަމުން ގެންދާ ކަމަށެވެ.

"އޭރިއާ 51" އަށް ވަނުމަށް ދެލައްކަ މީހުން ސޮއި ކޮށްފައި ވާއިރު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހުއްދަ ނެތި ވަންނަން މަސައްކަތް ކުރާ މީހުންނަށް އިތުރު އިންޒާރެއް ދިނުމެއް ނެތި ހަމަލާ ދިނުމުގެ ބާރު އެމެރިކާ ސިފައިންނަށް އެގައުމުގެ ޤާނޫނުގެ ދަށުން ލިބެއެވެ.

"އޭރިއާ 51" އެއާ ބޭސްގެ ވަށައިގެން އޮންނަ ބޮޑު ސަރަހައްދަކަށް ވެސް ވަނުން މަނާ ކޮށްފައި އޮވެއެވެ. އެސަރަހައްދަށް ވަންނަ މީހުން 650 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ. އެއާބޭސް އާއި ހަމައަށް ދެވޭނީ އެސަރަހައްދު ވެސް ހުރަސް ކުރުމަށް ފަހު އެވެ.

އެހެންކަމުން "އޭރިއާ 51" އަށް ވަނުމަށް ރާވަމުންދާ މީހުންނަށް އެކަން ކާމިޔާބު ވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭލިއަނުން ހޯދަން ސައިންސްވެރިން އެތައް މަސައްކަތަކާއި އެތައް ވަގުތެއް ހޭދަކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު ވެސް އޭލިއަނުންގެ އެއްވެސް ޚަބަރެއް ލިބުނު ކަމަކަށް މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަނގާރު

    އެމް އެޗް 370 ގެ އޭލިއަނުން ކޮޅުވެސް ގެންދިއައީ މިތަނަށްތަ

    2
    1
    • އަބްދުއްލަޠީފު

      ނޫން. ފޯޅަވައްސަށް ގެންދިޔަކަމަށް ވަރަށްބޮޑަށް ބެލެވޭ... ޗައިނާގެ ވަރަށްގިނަ ސައިންޓިސްޓުންވެސް އެމް،އެޗް 370 އިގަ އެދުވަހު ދަތުރުކުރިކަމަށްވޭ. އެހެންވީމަ ބޮޑުބޭބެ އަގައިން ނުބުނެ އެހުންނަނީ. ނޫންނަމަ މިހާރު ވައިޓްމީޑިއާ ހީވާނީ ފަޅައިގެން ހިނގައިދާނެހެން ހަަންގަނޑޭ ކިޔާފަ ވީދޭވަރުން.

      3
      1
  2. ލޮލް

    ތީމީގެކުރިން ހަދައް އެރީމޭބުނެ ފުޓޯ ނަގާ ދެއްކި ތަންކަމައް ބެލެވޭ!
    ސުކޫލް ދަރިވަރުން ކިޔެވި ފޮތުގަ އޮތީ ތިތަނުގެ ފުޓޯ ޖަހާފަ ކިޔަވާދީފަ!
    އެކަހަލަ މޮޅެތިހާ ވާހަކަ ހަދާާންރަގަޅުބައެއް ތީ!
    މީހުންގެއަޤީދާ ބަލިކަށިކުރަން މޮޅެތިހާ ވާހަކަ ދައްކާބައެއްތީ!
    ތިބުނާ އުނޑުގަ ނުފާއިބާ ދުނިޔެ ހަލާކުވިޔަސް ތިބެވޭނަމަ މިހާރު ހާދަ،ފޮނިވީހޭދޯ!
    ހުރިހާކަމެއްވެސް ވާނީ ﷲ ކުޅަދުންވަންތަކަމުން ނޭ! ތީހުސް ދޮގުހަދާބައެއް!