އޮސްޓްރޭލިއާގެ ހުޅަނގުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ވިޓެނޫމް ނަމަކަށް ކިޔާ އަވަށަކީ މީގެ އަހަރުތަކެއް ކުރިން މީހުން އާބާދުވެ ދިރިއުޅެމުން އައި އަވަށެކެވެ. ނަމަވެސް މިހާރު އެއީ މިދުނިޔެ މަތީގައި އޮތް އެންމެ ނުރައްކާތެރި އެއް އަވަށެވެ. އަވަށުގައި 2000 އަށް ވުރެ ގިނަ މީހުން އެކި ފަހަރުމަތިން މަރުވުމުން އެއަވަށުގެ މުޅި އާބާދީ ވަނީ އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ.

ޕޯޓް ހެޑްލާންޑް އާއި 300 ކިލޯމީޓަރު ދުރުގައި އޮންނަ މިއަވަށަކީ މީގެ އަހަރުތަކެއް ކުރިން ބޯޓުދެލި ވަރަށް ގިނައިން ނެގި އަވަށެކެވެ. މިއަވަށަށް މިހާރު ނޭވާ ލުމަކީ ވެސް މީހުން މަރުވެދާނެ ފަދަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެންކަމުން މިއަވަށަށް ނުވަނުމަށް އަވަށުގެ ބޭރުގައި އިންޒާރުގެ ބޯޑުތައް ވެސް ހަރުކޮށްފައި ހުރެއެވެ. ނަމަވެސް އެއިންޒާރުތައް ނުބަލައި، އަވަށް ބަލާލުމަށް މިހާރު ވެސް ބައެއް މީހުން ޒިޔާރަތް ކުރާ ކަމަށް ވެއެވެ.

ވިޓެނޫމް އަވަށުގެ ގިނަ ބަޔަކު މަރުވެގެން ދިޔައީ ރޫހާނީ ކަމެއްގެ ސަބަބުން ކަމަށް ކުރިން އެއަވަށުގައި ދިރިއުޅުނު ގިނަ މީހުން ބުނެއެވެ.

ނަމަވެސް އޮސްޓްރޭލިއާގެ ރަސްމީ ފަރާތްތަކުން އެކަން ގަބޫލެއް ނުކުރެއެވެ. އޮސްޓްރޭލިއާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އަވަށުގެ ގިނަ ބަޔަކު މަރުވެގެން ދިޔައީ ބޯޓު ދެލި ނެގުމުގެ ތެރޭގައި އުފެދިފައިވާ ވިހަ ގޭސްތަކުގެ އަސަރު އަވަށު ތެރެއަށް ކުރަން ފެށުމުގެ ސަބަބުންނެވެ.

މިއަވަށުގެ ނުރައްކާތެރިކަން ވިސްނައި ދިނުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާާއަތާ

    މިރަށުން 2000 އައްވުރެ ގިނަ މީހުން މިހާތަނަށް މަރުވެޢްޖެ، ޖިންނިވެސް އުޅޭ އެކަމް އެއެއްޗެހިން އުޅޭތީއެއްނޫން?

  2. ބަކުރު

    ތުޅާއިދޫޔޯ