ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ވެބް ސީރީޒް "އެހެނަސް" ގެ ޕްރިމިއާ ޝޯވއެއް އޮލިމްޕަސްގައި އަޅުވަން ނިންމައިފިއެވެ.

ޖުލައި 16 ވާ އަންގާރަ ދުވަހުގެ ހަވީރު އޮންނަ މި ޝޯވއަށް ޓިކެޓް ވިއްކުން މިއަދު ހަވީރު 14:00 އިން ފެށިގެން އޮލިމްޕަސްގައި ކުރިއަށްދާނެއެވެ. މި ޝޯވގައިމި ސީރީޒްގެ ފުރަތަމަ ފަސް އެޕިސޯޑް ޖުމްލަ ދެ ގަޑިއިރާއި ވިހި މިނިޓު ދައްކާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަދި ބައިސްކޯފް އެޕް މެދުވެރިކޮށް މި ސީރީސްގެ ފުރަތަމަ އެޕިސޯޑް 16 ވަނަ ދުވަހުގެ ރޭ 21:00 ގައި ޕްރިމިއާ ކުރާނެއެވެ.

"އެހެނަސް" ސީރީޒްއަކީ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ"އަށް ތައްޔާރުކުރާ ވެބް ސީރީޒްއެކެވެ.

މި ސީރީޒްގެ މެއިން ކެރެކްޓާއިން ފެނިގެން ދަނީ "ޓިކް ޓޮކް" އިން މަޝްހޫރު ކަން ހޯދި މުހައްމަދު ވިޝާލް އެވެ. އޭނާގެ އިތުރުން ޝަރާ، ޔާމިން، ޝަމަނާ، ޝީލާ، މަރިޔަމް މި ސީރިޒްއިން ފެނިގެން ދާނެއެވެ.

"އެހެނަސް" މިއީ މުޖުތަމައުއަށް ވަރުގަދަ މެސެޖްތަކެއް ދޭނެ ސީރީޒްއެއްކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު މޮހަނާ

    އަހަންނަށް އަޑުއިވިފައި އޮންނަގޮތުން ވެބް ސީރީޒްތަކަކީ މީ އިންޓަނެޓް މެދުވެރިކޮށް ސައިޓަކުން ނޫނީ އެޕްލިކޭޗޝަން އަކުންބެލޭ އެއްޗެހި. މިރާއްޖޭގަ މި ކަންވެސް މިކުރަނީ ތަފާތުކޮށް ސިނަމާގަ؟؟؟ ދެން ވެބް ސީރީޒެއް ނުހަދާ ފިލްމެއްހެދިނަމަ.........