މިއީ އާމިނަތު ނާދިޔާއެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕީއާރްގައި މަސައްކަތް ކުރަމުންދާތީ އަހަރެން އޭނާ ދަންނަމެވެ. އަބަދުވެސް އިވެންޓެއް އޮންނަންޏާ ގުޅައެވެ. ހާލު ބަލަންވެސް ދޭތެެރެއަކުން ވާހަކަދައްކާލައެވެ. ނާދީއާއި އަހަަންނާއި ގާތް ގުޅުމެއް އުފެދުނީ މ.މުއްޔަށް ކުރި ދަތުރުގައެވެ. އެކި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންނާއެކު މުޅި ދުވަހު ނާދިޔާ އުޅުނެވެ. ވަޒީފާގެ ގޮތުން ކުރަން ޖެހޭ މަސައްކަތުގެ އިތުރުން، އެ ދުވަހު މުޅި ރަށު ތެރެ ބަލާލަން ދިޔައީ، ނާދީގެ ފަހަތުންނެވެ. އެއީ އަހަރެންނާއި ނާދީއާއި ރަހުމަތްތެރިކަން އުފެދުނު ދުވަހެއެވެ.

ނަމަވެސް އެއިރު ނާދީ އަކީ މިހާ މީހުންނަށް ރަނގަޅު މީހެއްކަން އަހަންނަށް ނޭގެއެވެ. ނާދީއާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު މީހަކު ފޭސްބުކްގައި ޖަހާލި ޕޯސްޓަށް އަހަރެންގެ ސަމާލުކަން ލިބުނީ، އެތައް ބަޔަކު ނާދީއަށް ތައުރީފްކޮށް ވާހަކަދައްކަން ފެށުމުންނެވެ.

ޒުވާން އަންހެނަކު ފޭސްބުކްގައި ޖެހި ޕޯސްޓުގައި ހުރީ ނާދީ އޭނާއަށް ކޮށްދިން ކަންތައްތަކަށް ޝުކުރު ވެރިވެފައެވެ. އެއާއެކު ނާދީއަށް ތައުރީފްކޮށް ވާހަކަދައްކަމުންދާ މީހުން މަދެއް ނޫނެވެ.

އެ ޒުވާނާ ބުނިގޮތުގައި، ކޮންމެ ދުވަހަކުވެސް އޭނާ މެންދުރުގެ ބްރޭކަށް ގެއަށް ދިއުމަށް ކާރެއް ހޯދަން މަގުމަތީގައި މަޑުކުރެެއެވެ. އާއްމުކޮށް އެއީ12:00 އާއި12:30 އާއި ދޭތެެރޭގައި ކަމަށް އޭނާ ބުންޏެވެ. އެ ދުވަހު އޭނާއަށް ކާރެއް ލިބުން ވަރަށް ދަތިވެއްޖެއެވެ. އިތުރު މީހުން ތަކެއް އެ ސަރަހައްދުގައި ކާރެއް ހޯދަން މަޑު ކުރުމާއި އެގަޑިއަކީ ބާރުބޮޑު ގަޑިއެއްކަމުން އޭނާ އެތަނުން 20ވަރަކަށް މިނިޓް ވަންދެން މަޑުކުރިއެވެ. އެހެން ނަމަވެސް ކާރެއް ލިބޭގޮތް ނުވިއެވެ. އޭނާއާ ދިމާލަށް އައި ކާރުގެ ޑްރިވަރުވެސް އޭނާ ކައިރިން ދަނީ ކޮންތާކަށްތޯ އަހާލުމަށްފަހު ދިޔައީއެވެ. އަނެއްކާވެސް އޭނާ މަސައްކަތް ކުރީ ކާރެއް ލިބޭތޯއެވެ.

ނަމަވެސް ކުއްލިއަކަށް ސައިކަލެއްގައި އައި އަންހެނަކު އޭނާ ކައިރީ މަޑުކުރުމަށްފަހު ހިނިތުންވެލުމުން، އޭނާއަށް ހުރީ ވާނުވާ ނޭގިފައި ކަމަށް އޭނާ ބުންޏެވެ.

"އަނެއްކާވެސް ހިނިތުންވެލާފައި އަހަރެން ކައިރީ ބުނީ، އަހަރެން ބޭނުންތާކަށް ޑްރޮޕްކޮށްދީފާނެ ކަމަށް. އަހަރެން ދެން ވިސްނާލީ އެއީ އަހަރެން ދަންނަ މީހެއްތޯ. އަދި އަހާވެސް ލިން. އަނެއްކާވެސް އެެއަށްވުރެ ބޮޑަށް ހިނިތުންވެލުމަށްފަހު ނުދަންނަކަމަށް ބުނެ، ބޭނުންތަނަކަށް ޑްރޮޕްކޮށްދޭނެ ކަމަށް ބުނި، އަދި އަހަރެން އޭނާގެ އޮފަރ ގަބޫލުކޮށް ސައިކަލު ފަހަތަށް އެރި". އެ ޒުވާނާ ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.

އެއީ ނާދީއެވެ. ނާދީ އެ ޒުވާނާ ގެއަށް ލައިދިނުމުން، އެ ޒުވާނާ ނާދީއަށް ޝުކުރުވެރިވެ، އެފަދަ އަންހެނުން ސަޕޯޓް ދިނުމަށް ލިޔުނު ޕޯސްޓުގައި ވެއެވެ.

އެ ޒުވާނާ ބުނީ، ނާދީ އޭނާ ކައިރިން ލައިދޭން ވީ ކޮންތާކަށްތޯ އެހީ ކަމަށެވެ. އަދި ގެއަށް ދިއުމުގެ ތެރޭގައި ވާހަކަދެއްކި ކަމަށްވެސް އޭނާ ބުންޏެވެ.

"އޭނާ ބުނި، އަހަރެންނަކީ މިގޮތަށް އޭނާ ޑްރޮޕްކޮށްދިން 10 ވަނަ މީހާކަމަށް. އަހަރެން އޭނާއަށް ފައިސާ ދޭން އުޅުމުންވެސް އަތެއް ނުލި. އޭނާ ބުނީ. މިއީ އޭނާ ހުސްވަގުތުގައި ކުރާ ކަމެއް ކަމަށް. އަދި މިއީ ހަމައެކަނި އަންހެނުންނަށް ކޮށްދޭ ކަމެއް ކަަމަށް" އޭނާ ލިޔެފައި ވެއެވެ.

އެ ޒުވާނާ ބުނީ، އަހަރެމުންގެ މި ކޮމިއުނިޓީ ބޭނުންވަނީ މިިކަހަލަ މީހުން ކަމަށެވެ. އަންހެނުން އަންހެނުންނަށް ސަޕޯޓްވުމާއި، އެހީތެރިވުން ކަމަަށެވެ.

"މިހެން މަގުމަތިން ދާއިރު ވަރަށް ދެރަވޭ އަންހެން ކުދިން ކާރަށް އަތް ނަގައިގެން ތިބޭތީ. ހިތަށް އަރާ އަހަރެން ތަނަކަށް ދާން ލަސްވެފައި ނެތިއްޔާ ވައި ނޮޓް ގިވްއަ ޑްރޮޕްއޭ ހަމަ އޭޒް އަ ހިއުމަން" ނާދީ މިކަން ފެށުނު ގޮތް ކިޔައިދިނެވެ.

ނާދީ ބުނީ، މިގޮތަށް އޭނާ މީހުން ތަންތަނަށް ލައިދިނަސް ބަދަލުގައި އެއްޗެއް ބޭނުން ނުވާ ކަމަށެވެ. އަދި މިކަން ކުރާތީ އާއިލާ މީހުންނާއި ރައްޓެހިންގެ ސަޕޯޓްވެސް ވަރަށް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"މި ޕޯސްޓަށް ފަހު އަހަންނަށް ވަރަށް ޕޮޒިޓިވް ކޮމެންޓްވެސް ލިބޭ. ހާއްސަކޮށް ރައްޓެހިންގެ ފަރާތުން. އެ މީހުންވެސް ބުނޭ، އެ މީހުންވެސް މިކަން ފަށާނަމޭ، އެ މީހުން އިންސްޕިރޭޝަންއަކީ ނާދީއޭ" މީގެ އަހަރެއްހާ ދުވަސް ކުރިން އަމިއްލަ ސައިކަލެއް ލިބުނު ނާދީ ބުންޏެވެ.

ނާދީއަކީ ޗެރިޓީ ދުވުންތަކުގައިވެސް ބައިވެރިވަމުން އަންނަ ފިސާރި އަންހެނެކެވެ. އަދި ކުޅިވަރުގެ މައިދާނުން ވެސް ވަރަށް ގިނައިން ފެންނަ މޫނެކެވެ. އެގޮތުން އޭނާއަކީ ފުޓްބޯޅަ ކުޅޭ އަންހެނެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނާދީގެހާދީ

  ފޭސްބުކާ ނޫހުގަޖަހާ ބޮޑުގުޅަވަނީ މަޝްހޫރުކަން ހޯދަން..ހެޔޮހިތުން ކުރާކަންތަށް ނުޖެހޭނެ އިސްތިހާރު ކުރާކަށް..

  27
  44
 2. ޑިރަސާވެރިޔާ

  އަހަރެން ވަރަށް ކުރާ ކަމެއް

  28
  2
 3. ❤️

  މީގެ ދެވަރަކަށް އަހަރު ކުރިން އޮތް ޓްވިޓްސަލް މުބާރާތެއްގެ ޕްރެކްޓިސް ނިންމާފަ އަޅުގަނޑުވެސް އެކަނި ގެއައް ދަނިކޮށް ފެނިގެން ނާދީ އައިސް ރައިޑެއް ބޭނުންތޯ ސުވާލުކޮށްފަ ރައިޑެއް ދިން. ދިހަ ވަރަކަށް މީހުން ތެރެއިން އަޅުގަނޑުމީ ފުރަތަމަ މީހާ ކަމަށް އެހެންވީމަ މިބަލަނީ ? ނާދީއަށް ހެޔޮ ޖަޒާ ދެއްވުންއެދި ދުޢާ ކުރަން. އާމީން.

  53
  1
 4. ވާދުރޭ

  ވަރަށް ސަޅި ކަމެއް. ވަރަށް ގިނައިން ކުރާ ކަމެއް. އެކަމަކު އެއްދުވަހަކު މުސްކުޅި ފިރިހެނަކު ބުރުޒުމަގުން ބިސް ބުރު ސަރަހައްދުން ހަމަ ކާރަށް އަތްނަގަނީ. މުންޑު އަދެފަ ހުދު ގަމީސް ލާފަ. ދެތިން ކާރު މަޑު ކުރުވާގެން ވެސް އެބޭބެއަށް ދަތުރެއް ނުލިބުން. ކައިރިއަށް ސައިކަލްގަ ގޮސް ބުނެފިން. ބޭބެ ކޮންތާކަށް ދާންހޭ. ބުނީމަ ބުނީ ބަންޑާރަ މިސްކިތަށްދާންވެގެން. ގެންގޮސްދީފާނަމޭ އަރާށޭ. ބުނީމަ ބުނީ ނޫނެކޭ. ގޭގަވެސް ހުންނާނޭ ދެތިން ސައިކަލު. ކޮންމެ ކުއްޖެއް ކައިރީ ބުނެލިޔަސް ގެންގޮސްދޭނެއޭ. ވަރަށް ބޮޑާ ގޮތަކަށް ނޫނީ ބަދަލުގައި އެއްޗެއް ދޭން ޖެހިދާނެ ކަމަށް އަވަހަށް ސަލާމަތްވާން ބުނެލާ ގޮތަކަށް އެބޭބެ މިވާހަކަ ބުނެލީ. މާލެ މީހަކަށް ވީމަ ކަމަށް ވެސް ވެދާނެ. ދެން އެހެން ބުނީމަ ދެން ބޭބެ އެހެންވިއްޔާ ދަނިއްޔޭ ކިޔާފަ ނައްޓާލަން ހެދީމަ އެއްޗެއް ވިސްނިގެން ހެން ހީވަނީ ބުނީ ސައިކަލަށް އަރަން ވެސް ތަންކޮޅެއް އުދަގުލޭ. މިއީ މިއުމުރުގެ މީހެއްގެ ފަރާތުން އަދި ތަންކޮޅެއް ސާލިޙް މީހެއްގެ ފަރާތުން ދިމާވި ކަމަކަށް ވާތީ ދެރަވުމެއް ވެސް ލިބުނީތީ އިތުރު ފަރާތަކާ ހިއްސާ ކޮށްލުމުގެ ގޮތުން ހިމަނާލި ކޮމެންޓެއް. އެކަމަކު ވެސް މިހާރުވެސް މަގުމަތިން އެހެން ތަނަކުން ވިޔަސް މިފަދަ މީހެއް ފެނެއްޖިއްޔާ އެހީތެރިވެދެން. އެހީތެރި ނުވެވި ބިޒީކޮށް ތަނަކަށް ދާފަހަރަކު ވެސް އެކަމެއް އަވަހަށް ނިމިއްޖިއްޔާ އެމުހްތާދު ބޭނުންވެފައި އަދި ވެސް އެމީހާ އެތާ ހުރިތޯ ބަލާފަ ހުރިއްޔާ އެހީވެލަން

  21
  1
 5. އަލް ނޫރު

  އަހަރެންގެ ދަރިފުޅު ވެސް ގެންގޮސް ދިން ޝުކުރިއްޔާ ނާދީ...

  18
 6. މޮޔަ ހަސަނު

  ނާދީ ހުރީ ހުސްކޮންތަ؟

  5
  13
  • ނާދީ

   އަދި މިހުރީ ހުސްކޮށް ..ރަނގަޅު ކުއްޖަކު ދިމާނުވޭ އަދި..ރަނގަޅު މީހަކު ދިމާވެއްޖެއްޔާ 2 އަންބަށްވެސް އިންނަން މިވިސްނަނީ. އެކަމު ވަރަށް ކެއާކުރާ މީހަކާ ނޫނީ 2 އަންބަށް ނީންނާނަން..

   6
   8
 7. ހާދީ

  ވަރަށް އުޅެފިން މީހަކު ލިބޭތޯ، ކައިވެނި ޕޭޖު ގަވެސް ޖެހީމު، އެކަމަކު ހަމަ މުއްސަނދި މީހަކު ނުވި. މިވަރަށް އެޓެންށަން ލިބޭ ކަންކަން ކުރާ އިރުގަ ވެސް ގާސިމް މެން ކަހަލަ މީހަކު އަތަކުނުޖެހުނު. ގާސިމް ޕުލީސް ފޮލޯ މީ އޮން އިންސްޓާ!!!!!

  3
  12
 8. ސަމާލުވޭ

  ތިއީ ނޫހުގައި ޖަަހަން ރަގަޅު ހަބަރެއް ނޫން. ސަބަބަކީ ފިރިހެންވެރިން ތިކަމުގެ ނާޖާއިޒު ފާއިދާ ދެން ނަގާން ފެށުން.

  10
  4
 9. އަހަރެން

  އަހަރެން ތިން އަންހެނަކަށް ތި ހިދުމަތްދޭތާ ފަނަރަ އަހަރު ގިނަބަޔަކަށް އެކަންނޭންގޭ ، މީހުން ހީކުރަނީ އެއީ އަހަރެންގެ ތިން އަނބިންކަމަށް.....

  1
  2
 10. ދިވެހި އަންހެން ދަރިޔެއްގެ އިޙްސާސް.

  އަސްލު ވަރަށް ދެރަވޭ ކާރެއް ނުލިބި ގިނަވަގުތު މަގުމަތީގަ ހުންނަ އިރު ކާރު ސައިކަލު ގެނގުޅުއްވާ ބޭކަނބަލުންވެސް ބަލާލާފައި އަޅާވެސް ނުލާ ދާތީ. ތަނަކަށް ދާން ލަސްވެގެން ކާރެއް ނުލިބޭގަޑީގަ ވަރަށް އެކްސްޕެކްޓް ކުރަން އެކަހަލަ ގަދިއެއްގައި ވެހިކަލް ގެންގުޅުއްވާ ކަނބަލެއްގެ އެހީތެރިކަމެއް ލިބޭނަމަޔޭ. ނާދިޔާ ފަދަ ކަނބަލުންނަށް ސާބަސް! ތީ ފިސާރި ކަނބަލެއް! ތިބާޔަށް ރަޙުމަތް ލައްވާށިއެވެ. ތިފަދަ ކަނބަލުން މި ޤައުމަށް ބޭނުންފުޅުވަނީ.