2013 ވަނަ އަހަރުގެ މާޗް މަހު މުޅި އިނގިރޭސިވިލާތައް ކުއްލި ސިހުމެއް ގެނުވި ޚަބަރަކީ ރަހުމެއް ނެތި ތިން ފިރިހެނަކު މަރާލާފައި އޮއްވާ ފެނުނު ޚަބަރެވެ. ތޫނު އެއްޗެހިން ހަމަލާދީ ތިން ފިރިހެނުން މަރާލާފައި ވަނީ ދިހަ ދުވަސް ތެރޭގައެވެ. އެމީހުންގެ ހަށިގަނޑުތައް ފެނުނީ ފޮރުވާފައި ހުއްޓައެވެ.

އެއާއި އެކު ފުލުހުން ވަނީ ތިން މީހުން ގާތިލް ހޯދަން މަސައްކަތް ފަށާފައެވެ. 140 މޭލުގެ ވަށައިގެންވާ ސަރަހައްދު ހޯދަމުން ދަނިކޮށް މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ފެނުނީ ދެ ދުވަސް ފަހުންނެވެ. ފުލުހުންގެ ތުހުމަތުގޮސް ހުއްޓުނީ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ ޖޯނާ ޑެނީ އަށެވެ.

ޖޯނާ އަކީ ދެކުދިންގެ މަންމަ އެކެވެ. ޚަޔާތުގެ ބައިވެރިޔާ އާއި އެކު ނިކަން އުފާވެރިކޮށް ދިރިއުޅެމުން އައި އަންހެނެއް ކަމަށް ބަލާބެލުމަށް ހީވިއެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށް ތަޙްޤީޤު ފެށިއެވެ. ޖޯނާ ވަނީ ވަރަށް ފަސޭހައިން އޭނާ ކުރި ކުށަށް އިއުތިރާފުވެފައެވެ. ތިން މީހަކު މަރާލި ކަމަށާއި އަދި އިތުރު ދެމީހަކު މަރާލަން މަސައްކަތް ވެސް ކުރި ކަމަށް ޖޯނާ އެއްބަސްވިއެވެ.

2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖޯނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވަފައެވެ.

ދާދިފަހުން ޖޯނާގެ ފިރިމީހާ ޖޯން ޓްރެނާ ވަނީ ޓީވީ ޑޮކިއުމެންޓްރީ އަކަށް އިންޓަވިއުއެއް ދީފައެވެ. މިހާރު އުމުރުން 19 އަހަރާއި 13 އަހަރުގެ ދެކުދިން ބަލަހައްޓަމުން އަންނަ ޖޯން ބުނީ، ޖޯނާ އަކީ ކުރިން ވެސް އަވަހަށް ރުޅިއަންނަ، އޭނާ ބޭނުންވާ ގޮތް ފިޔަވައި އިތުރު އެއްވެސް ގޮތަކަށް ކަމެއް ނިމެން ބޭނުން ނުވާ މީހެއް ކަމަށެވެ.

"އަހަރެންނަށް ކުރިން ވެސް އެތައް ފަހަރަކު ހީވި އަހަރެން އުމުރުދުވަހު ޖޯނާ އާއި އެކު ދިރިއުޅޭނީ ކިހިނެއް ބާއޭ؟ ނަމަވެސް އަހަރެން އަހަރެންގެ ދަރިން ދެކެ ވަރަށް ލޯބިވޭ. އެހެންވެ އަހަރެން އެއްވެސް ނިންމުމެއް އަވަހަށް ނިންމަން ބޭނުން ނުވީ. އަހަރެން ކުރިން ފެށިގެން ތައްޔާރުވެގެން ހުރީ އަހަރެމެންގެ ދަރިން އޭނާ އާއި ހަވާލުނުކޮށް އަހަރެންގެ ބެލުމުގެ ދަށުން ބޮޑު ކުރަން." ޖޯން ބުންޏެވެ.

ޖޯން ބުނީ އޭނާގެ ޚަޔާތުގެ ބައިވެރިޔާ ސީރިއަލް ކިލާއަކަށް ވެދާނެއެކޭ އޭނާ އެއް ފަހަރު ވެސް ހިތަކަށް ނާރައެވެ. ޖޯނާ އަކީ އިނގިރޭސިވިލާތުގެ ތާރީޚުދުއް އެންމެ އަނިޔާވެރި އެއް އަންހެނަކަށް ވުމުގައި އޭނާގެ އާއިލާގެ ބައިވެރިވުމެއް ނެތް ނަމަވެސް އަދި ޖޯނާގެ މަތިން ހަނދާން ނައްތާލަން އާއިލާގެ ހުރިހާ މެންބަރުން ބޭނުންވި ނަމަވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ޖޯން ބުންޏެވެ.

ޖޯން އާއި އޭނާގެ އާއިލާގެ އުއްމީދަކީ ދެން ދުވަހަކު ވެސް އެމީހުންނަށް ޖޯނާގެ މޫނު ނުފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހުދާ

    މަގޭ ބިޓަކީ ވެސް! ހީ ކލްސް މީ ސުލޯލީ، މަކައިރީ އިދެ ފެގު ބޮމުން! އޭނަ ވަރަށް ކޫލު، ތަލަ ބޯ އަދި ޓެޑީ ބެޔާރ ފަލަ، އޯއެމްޖީ ހީއިސް ސޯ ހޮޓު! އެނާ ވަނީ މަގޭ ހިތް ވަގަން ނަގާފަ، އޭނަ އަކީ ހަމަ ކުރިމިނަލް އެއް. އޭނަ އަކީ މަގެ ބާގީ!

    3
    8
    • ހިހިހީ

      ބަލަ ކީކޭތަ ލިޔަން ތިއުޅެނީ ތިކިޔާ އެއްޗެއް ހަމަ އެއްގޮތަކަށް ވެސް ނުވިސް ނުނު. ނޭގޭ ވަރުގަ މާއިނގިރޭސި ވާން ވެއްޖެޔާ ވާނީ ތިޔަހެން މަހަމަ ހީހީ ހަލާކު ވެއްޖެ. ހަބޭސް