ފިހާރައެއްގެ ފްރިޖުގައި ބަހައްޓާފައި ހުރި އައިސްކްރީމް ތަށްޓެއްގައި އަންހެނަކު ދޫލައި ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯ ފެނި އެތައް ބަޔަކު ފަކުރުގަތީ، އެ ތަށީގައި ދޫލުމަށްފަހު އަނެއްކާ ވެސް ފްރިޖަށް ލުމުންނެވެ.

އެމެރިކާގެ ސްޓޭޓެއްގެ ބްލޫބެލް އައިސްކްރީމް ފިހާރައެއްގެ ތެރޭގައި އެ އަންހެންމީހާ އައިސްކްރީމް ތަށީގައި ދޫލުމަށްފަހު، އެ ތަށި ފުރިޖު ތެރޭގައި ބެހެއްޓި މައްސަލާގައި، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންވެސް ކުރަމުން ދެއެވެ. އަދި މިކަން އެ ކުންފުނިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަލަމުން ދެއެވެ.

އެ ވީޑިއޯ ވައިރަލް ވުމާއެކު، މިހާރު މިއީ ޓްރެންޑެއް ކަމަށް ބަލައިގެން އެކި ސަރަހައްދުތަކުގައި މި ފަކުރު ކަންތައް ކުރަމުންދެއެވެ. އެގޮތުން އެ ވީޑިއޯއަށް ފަހު ޒުވާން ފިިރިހެނަކު ވެސް ފިހާރައެއްގެ ފުރިޖުގައި ހުރި އައިސްކްރީމް ތަށިން އައިސް ކްރީމް ކެއުމަށްފަހު އެ ތަށި ފުރިޖު ތެރެއަށްލާ ވީޑިއޯ އަކާއި، އެހެން އަންހެނަކު އައިސްކްރީމް ތަށްޓެއްގައި ދޫލުމަށްފަހު ފުރިޖު ތެރެއަށްލާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދެއެވެ.

އަދި މި ނޫންވެސް މިޒާތުގެ އެތައް ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދެއެވެ. އަދި އެހެން މީހަކު ބުލޫބެލްގެ ފިހާރައެއްގެ އައިސްކްރީމް ތަށްޓެއްގައި ދޫކާއްތައި، އަމިއްލައަށް ވީޑިއޯ ނަގާ، މީސްމީޑިއާގައި ހިއްސާކުރި މައްސަލާގައި ހައްޔަރުވެސް ކުރިއެވެ.

https://www.facebook.com/bellairepoa/posts/2121924331263762

މިހާރު އެތައް ބަޔަކު މިކަން އާއްމު ކަމަކަށް ހެދުމުން ޓެކްސަސްގެ ބެލައިރޭ ސިޓީގެ ފުލުހުން މިހާރު ދަނީ ބްލޫބެލްގެ ފިހާރައެއްގެ އައިސްކްރީމް ތަށިތައް ކައިރީ ފޯރިމަރަމުންނެވެ. މިއީ މިކަން ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު