އެއަރ ކެނެޑާގެ ފްލައިޓަކުން ދަތުރުކުރަމުން ދިޔަ 37 ފަސެންޖަރުންނަށް އަނިޔާވެ، އެމެޖެންސީގައި ލޭންޑް ކުރަން ޖެހިއްޖެއެވެ.

ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޑްނީއަށް ދަތުރު ކުރަމުން ދިޔަ މި ފްލައިޓް ހަވާއީގައި ޖައްސާފައިވަނީ ޓާބިއުލޭންސްގެ ސަބަބުން ކަމަށެވެ. އަދި ވައިގަދަވެ، ފްލައިޓް ޖައްސާފައިވަނީ ފްލައިޓްގައި ދަތުރު ކުރަމުންދިޔަ 284 ފަސެންޖަރުންގެ ތެރެއިން 37 މީހަކަށް އަނިޔާވުމުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެއަަރ ކެނެޑާއިން ބުނެފައިވަނީ ޓާބިއުލޭންސްގައި 37 މީހަކަށް އަނިޔާވެފައިވާ ކަމަށާއި މީގެ ތެރެއިން 30 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް ސީރިޔަސް އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ ޕްލައިޓުން ދަތުރު ކުރި ފަރާތްތަކުން މީސްމީޑިޔާތަކުގައި ޕޯސްޓްކުރަމުން ބުނެފައިވަނީ ފްލައިޓްގެ މަތީގައި ހުންނަ ކޮންޕާޓްމެންޓްތަކުގައި ހުރި ހޭންޑް ލަގޭޖްތައްވެސް ބޯ މައްޗަށް ވެރުނު ކަމަށެވެ. އަދި ކުރިމަތީގައި ހުރި ގޮނޑިތަކުގައި ޖެހިގެންވެސް ބައެއް މީހުންގެ ބޮލަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު