ފްލޮރިޑާގެ އަވަށެއް ކަމަށްވާ ލީސްބާގްގައި، އެއްބަނޑު އެއްބަފާ ބޭބެގެ ދަރިއަކަށް ބަލިވެ އިނުމަށްފަހު ވިހެއި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ އަންހެންމީހާ ހައްޔަރުކުރީ، އޭނާ ވިހެއިތާ މާގިނައިރެއް ނުވެ އޭނާ ވިހެއި ދަރިފުޅުގެ ސިއްޙީ ޙާލަތު ދަށްވެގެން ފަރުވާދެމުން ދަނިކޮށް އެ ދަރިފުޅަކީ އޭނާގެ ގާތްތިމާގެ މީހަކާއި ގުޅުންހުރި ކުއްޖެއްކަން ހާމަވުމުންނެވެ.

އެއާއި އެކު ސިއްޙީ އޮފިޝަލުން ކުރިއަށްގެންދިޔަ ޓެސްޓުތަކުން އެނގިފައިވަނީ، އެ އަންހެންމީހާ ވިހެއި ކުއްޖާއަކީ އޭނާގެ ބޭބެގެ ދަރިއެއް ކަމެވެ. އަދި އެކުއްޖާއަށް އެ ޙާލަތު މެދުވެރިވީ އެކަމުގެ ސަބަބުން ކަމަށް ބެލެވުނެވެ.

މިކަމާއި ގުޅިގެން އެ އަންހެންމީހާ ހައްޔަރުކޮށް ޚާއްސަ ތަހުޤީޤެއް ކުރިއަށްގެންދިޔައިރު، އޭނާ ވަނީ ބޭބެއާއިއެކު ލޯބީގެ ގުޅުމެއް ބޭއްވިކަމަށް އެއްބަސްވެފައެވެ. އަދި އެ ގުޅުން ކުރިއަށްދާތާ ފަސް އަހަރުވެފައިވާ ކަމަށާއި، ބަލިވެއިން އިރުވެސް ދަރިފުޅަކީ ބޭބެގެ ދަރިއެއްކަން އެނގޭކަމަށް އޭނާ ބުންޏެވެ.

ފުލުހުން އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލިފަހުން ރެސްޓޯރެންޓެއްގައި ހުއްޓައެވެ. ފުލުހުން ސުވާލުކުރަން ފެށުމާއި އެކު އޭނާ ފިލަން މަސައްކަތްކޮށްފައިވާއިރު، ބައެއް އޮފިޝަލުންނަށް ޙަމަލާދިނުމަށްވެސް ވަނީ މަސައްކަތްކޮށްފައެވެ.

މިކަމާއި ގުޅިގެން އެ އަންހެންމީހާ ޖަލު ޙުކުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްޕޭ

    މިއިން ދޭހަވަނީ އިސްލާމްދީނުުގައި އެއްބަޑު އެއްބަފާމީހުންނާއި ކާވަނި ހަރާމްކުރައްވާފައިވާ ކަމުގެ މަޤުޞަދު

    • Anonymous

      ރަގަޅު