ކައިވެނި ކުރާނެ މީހަކު ނުލިބިގެން ނުވަތަ ކައިވެނި ކުރާނެ މީހަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ މީހަކު ނުލިބިގެން އުޅޭ ވަރަށް ގިނަ މީހުން އެބަތިއްބެވެ. އެފަދަ ހާލަތެއްގައި ތިބި އެންމެން ނިކުމެ އެވާހަކަ ނުދެއްކުމަކީ އެއީ ނެތް ބައެއް ކަމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

ކައިވެނި ކުރާނެ މީހަކު ނުލިބިގެން އުޅުން މިއީ ހަމައެކަނި ދިވެހިންނަށް ދިމާވެފައިވާ މައްސަލައެއް ވެސް ނޫނެވެ. ދާދިފަހުން ސައިޕްރަސްގައި ކުރި ދިރާސާއެއްގައި މިވަނީ ކައިވެނި ކުރާނެ މީހަކު ނުވެގެން ބައެއް މީހުން އުޅޭ ސަބަބު ހޯދަން މަސައްކަތް ކޮށްފައެވެ.

13000 އަށް ވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ކުރާ ދިރާސާ އިން ދައްކާ ގޮތުގައި ކައިވެނި ކުރާނެ މީހަކު ނުވެގެން އުޅޭ ތަފާތު 43 ސަބަބެއް އެކި މީހުން ވަނީ ދައްކާފައެވެ. ނުވަތަ ބުނެފައެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަށް ހަޔާތުގައި ބައިވެރިޔަކު ލިބިފައި ނުވަނީ އެމީހުން ގަބޫލު ކުރާ ގޮތުގައި އެމީހުން ހުތުުރު ކަމުންނެވެ. ބޮލުގައި އިސްތަށި ނެތުމާއި އިސްކޮޅުން ކުރުވުމާއި އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވުމުގެ ސަބަބުން ކަންކަމުގައި އިސްނަގަން ނުކެރިގެންނެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ދެއްކި ސަބަބަކީ އެމީހުން ހިތްކިޔާ މީހުންނާއި ވާހަކަދައްކަން ނުކެރުމެވެ. އޮފީސް މާހައުލުން ނުވަތަ މުޖުތަމަޢުގެ ތެރެއިން ފެންނަ ހިތްކިޔާ މީހުންނާއި ވާހަކަދެއްކޭ ވަރަށް ވުރެ އެމީހުން ލަދުވެތިވުމެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން ދެއްކި ސަބަބަކީ އިތުބާރު ނުކުރެވުމެވެ. ފިރިހެނުން ބުނަނީ އެމީހުންނަށް އަންހެނުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އަންހެނުން ބުނަނީ އެމީހުންނަށް ފިރިހެނުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. މިހެން ބުނެފައި ވަނީ ކުރިން ލޯބިގެ ގުޅުންތައް ބޭއްވި މީހުން އެމީހުންނަށް ލަނޑުދީފައި ވާތީއެވެ.

ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ދެއްކި ސަބަބަކީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާގެ ކިބައިގައި މާގިނަ ޝަރުތުތައް ހުންނަން ޖެހޭ ކަމަށް އެމީހުންނަށް ގަބޫލު ކުރެވިފައި އޮތުމެވެ. އެހުރިހާ ޝަރުތެއް ހަމަވާ މީހަކު ފެންނަން ނެތުމެވެ.

ފައިސާ އާއި ރަނގަޅު ވަޒީފާއެއް ނެތުމަކީ ވެސް ހަޔާތުގެ ބައިވެރިޔަކު ލިބިފައި ނުވާ ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ހަވަނަ އަށް އެންމެ ގިނަ މީހުން ދެއްކި ސަބަބަކީ އެމީހުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހަޔާތުގެ ބައިވެރިޔަކު ނުލިބުމެވެ.

ކައިވެނި ނުކޮށް ހުރުމަކީ އެތައް ޕްރެޝަރެއް ކޮންމެ މީހަކާއި ވެސް ކުރިމަވާނެ ކަމެކެވެ. އެހެންކަމުން ރަނގަޅު ބައިވެރިޔަކު ހޯދައިގެން ކައިވެންޏަށް ތައްޔާރުވުމުން ކޮންމެ މީހަކަށް ވެސް މަޖުބޫރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަސްލުތަ

    އެއީ މަޖުބޫރު ކަމެއްނޫން! އެމީހަކަށް އެގޭނީ އެމީހަކު ކައިވެނި ކުރަންވީމަ ނުވަތަ އެކަމަށް ތައްޔާރުވީމަ..ކައިވެނި ކުރުމަކީ ވަރަށްބޮޑު ޒިންމާއެއް..އެޒިންމާ ބޮލުއަޅާނީ އެކަމަށް ތައްޔާރުވީމަ..މީހަކު ކައިވެނި ކުރީތީ ނުޖެހެ ކައވެނި ކުރާކަށް.. އެއީ ދައްކަން ކުރާވަރުގެ ކަމެއްނޫން..އެއަށްވުރެ މާތް އަޅުކަމެއް...

    16
  2. ފަހުދާ

    ދިމާ ވާ ފިރިހެން ކުދިން ބޭނުން ވަނީ ކައިވެނި ނުކޮއް ހުރިހާ އުފަލެއް ހޯދާ ފަ ދެން ކައިވެނި ކުރަން.....މިއީ ޔޫރަޕު ފިލްމު ބެލުމުން ދިމާވާ ކަމެއް...އަދި ގިނަ ފިރިހެނުން ކައިވެނީގެ ރަން ވެސް ކިޔަނީ ލުއި ލޯން ނަގައިގެން..ކައިވެނި ކުރުމުގެ ގާބިލު ކަމެއް ގިނަ މީހުންގެ އެއް ނެތް!

    16
    2
  3. ފަހުދާ

    ވަރިވެފާއި ވާ އަންހެނުން ގިނަ ވެ އެމީހުން ނާ އިން ނާ ނެ ބަޔަކު ނުވުމަކީ ވަރަށް ދެރަ ކަމެއް!

    17
    • ސެކަންޑް ހޭންޑް

      އާނ އެވާގޮތަކީ ސެކަންޑް ހޭންޑް ފޯނުވެސް ގަންނާނީ ވަރަށް މަދުބަޔަކުދޯ މިޒަމާނުގަ.

      7
      1
      • ހުށާ

        ކައިވެނިން ބޭރު ކިތަންމެވަރަކަށް ގުޅުން ހިންގިޔަސް ސެކަންޑް ހޭންޑަކަށް ނުވޭ

        • ކަލޯ

          ދޯ

        • ިލި

          އާ ދޯ

      • ޙިތްލި

        ކައިވެނިން ބޭރު ކިތަންމެވަރަކަށް ގުޅުން ހިންގިޔަސް ސެކަންޑް ހޭންޑަކަށް ނުވޭ ދޯ

  4. ކުރަނގި

    ކައިވެންޏަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުކަމެއްނޫން، ލިބޭ އުފަލާއަރާމަށްވުރެ ޖެހޭ މުސީބާތާއި އާފާތްމާބޮޑު. ދެން ދަރިން ލިބުނީމަ މިހުންނަނީ ފިއްތާލައިގެން މަޑުން ކީއްކުރާނީ މާތްﷲ އަހަރެން މިއުޤޫބާތުން ސަލާމަތްކޮށްދެއްވާންދޭވެ.

    4
    8
    • ކަލޯ

      ކައިވެނިން ބޭރު ކިތަންމެވަރަކަށް ގުޅުން ހިންގިޔަސް ސެކަންޑް ހޭންޑަކަށް ނުވޭ