އޮސްޓްރޭލިއާގެ ބައެއް ސަރަޙައްދުތަކުން އުދުހިފައިދާ ދޫނިތައް މަރުވެގެން ވެއްޓޭ މައްސަލައެއް އެޤައުމުގެ އިދާރާތަކުގެ ބޮޑު ކަންބޮޑުވުމަކަށް ވެއްޖެއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފަށައިގެން އާދަޔާއި ޚިލާފަށް މިފަދަ ހާދިސާތައް އެޤައުމުގެ ދެކުނު ފަޅީގެ ސަރަޙައްދުތަކުގައި އިތުރު ވަމުންދާއިރު، އިއްޔެ އާއި ހަމައަށް މިގޮތަށް 60 އަށްވުރެ ގިނަ ދޫނި މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ނޫސްތަކުގައި ބުނެފައިވާގޮތުގައި، މި ސަރަޙައްދުތަކުގައި އުދުހިފައި ދަނިކޮށް ވެއްޓޭ ދޫނިތައް ބިންމައްޗަށް ވެއްޓި ތެޅޭ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާއިރު، ދޫނިތަކުގެ އަނގައިން ގިނަ އަދަދަކަށް ލޭފައިބާފައި ހުންނަ ކަމަށެވެ. އަދި އެއަށްފަހު ގިނައިރުތަކެއް ނުވެ އެ ދޫނިތައް މަރުވާ ކަމަށް ވެއެވެ.

މި މައްސަލަ އެޤައުމުގެ ބައެއް ހިސާބުތަކުގައި ކަންބޮޑުވާހައި ހަލުވިކަމާއެކު ފެންމަތިވަމުންދާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ދޫނިތައް ވިހަވުމުން ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި މިއީ ކުރިން ނުފެންނަ ވައްތަރެއްގެ ނުރައްކާތެރި އާ ބައްޔެއް ފެތުރެމުންދާ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އެކަން އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި މިހާތަނަށް އެކި ވައްތަރުގެ ދޫނިތައް މިގޮތަށް މަރުވެފައިވާ މަންޒަރު ފެނިގެން ގިނަ ބަޔަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ޙިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެންވާރަމަންޓް އެންޑް ވޯޓާ އިން އިސްވެ އެޤައުމުގެ ކަމާއި ބެހޭ އެނޫން އިދާރާތަކާއި ގުޅިގެން މިހާރު މިކަން އިތުރަށް ބަލައި މިގޮތަށް ދިމާވަމުންދާ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަދި އެކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ވީޑިއޯކޮޅެއްހާ ހިސާބުވެސް ކަލޭމެނައް ނުލިބުނު ދޯ

    12
    3
  2. މުޖައްރިބު

    އެެންވީމާ އެބައިނގޭ ތިމާމެން ކިތަންމެވަރަށް އެއްޗެއް ހިމާޔަތްކުރަން އުޅުނަސް ތިމާމެންގެ ބާރެއްނެތްކަން.

    18
    1
  3. މޮޔައެނޮނިމަސް

    މީގެ އެތަށއް އަހަރެއް ކުރިން އަހަރެމެންނަށް ތިކަން އެނގޭ

    5
    3
  4. އެލަސްކާ

    ހާޕް#