ސުރޫދަ ނިޒާމް (ސޯލާ ސިސްޓަމް) އުފެދުނު އިރު ނުވަތަ 4.5 ބިލިއަން އަހަރުވީ ގިނިހިލައެއްގައި ޖަޕާނުގެ އުޅަދެއް ކާމިޔާބު ކަމާއި އެކު ޖައްސައިފިއެވެ.

"ރުޔުގޫ" ނަމަކަށް ކިޔާ މި ގިނިހިލައިގައި ޗަޕާނުގެ އުޅަދެއް ކަމަށްވާ "ހަޔަބޫސާ 2" އިއްޔެ ޖައްސާފައިވާއިރު މި އުޅަދު މި ގިނިހިލަ އަށް ދާން ދުނިޔެއިން އުދުއްސާލީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

ދުނިޔެއާއި 211 މިލިއަން ކިލޯމީޓަރު ދުރުގައިވާ މި ގިނިހިލައިގެ ބޮޑު މިނުގައި މޭލެއް ހުރެއެވެ. މި އުޅަދުގެ މަގުސަދަކީ 2020 ވަނަ އަހަރު މި ގިނިހިލައިގެ ސާންޕަލް ދުނިޔެއަށް ގެނައުމެވެ.

ޖަޕާނުން ވަނީ 2005 ވަނަ އަހަރު ވެސް ޖައްވީ އުޅަދެއް ގިނިހިލައަކަށް ފޮނުވަން މައްސަކަތް ކޮއްފައެވެ. ނަމަވެސް މި މައްސަކަތް ވަނީ ކާމިޔާބާއި ހިސާބަށް ނުދެވެނީސް ފެއިލް ވެފައެވެ.

"ރުޔުގޫ" ގިނިހިލައަށް ޖަޕާނުން ފޮނުވާލި އުޅަދުން އެ ގިނިހިލައިގެ ސާންޕަލް ނަގާނެ އެވެ. އަދި ކައުނުގައި ދިރުން އުފެދިގެން އައި ގޮތް މި ސާންޕަލްތަށްތަށް ދިރާސާކޮށް ދެނެގަންނާނެއެވެ. ޖަޕާނުން ފޮނުވާލި މި އުޅަދުގެ އެހީގައި މި ގިނިހިލައިގެ ފޮޓޯތަށް ދުނިޔެ އަަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔެ ކައިރިން ދަތުރުކުރާ ގިނިހިލަތަކާއި ކައުނުގައި ވާ ގޮތް ނޭގޭ ގިނިހިލައިގެ މައުލޫމާތު އެެއްކުރުމަށް ސައިންސްވެރިން އަބަދުވެސް އަންނަނީ މައްސަކަތް ކުރަމުންނެވެ.