އިންޑިއާގެ އުއްތަރްޕްރެދޭޝްގެ ފިރިހެނަކު، އޭނާގެ އަނބިމީހާއާއި އެކު ސިއްރު ގުޅުން ބާއްވާއްވަމުން ދިޔަ ފިރހެނަކު އެކޮޅު ކޮޅުން ގަހެއްގައި އެލުވާފައި އެންމެނަށް ފެންނާނެހެން އޭނާ ބޭޒާރުކޮށްލައިފިއެވެ.

އިންޑިއާގެ ޚަބަރުތައް ބުނާގޮތުން، މި ހާދިސާ އާއި ގުޅިގެން އެ ފިރިހެންމީހާ ވަނީ އޭނާގެ އަނބިމީހާގެ ގައިގައި ތަޅައި އަނިޔާވެސް ކޮށްފައެވެ. އަދި އާންމުންނަށް ފެންނާނެހެން އޭނާއަށް އަނިޔާ ކުރުމުގެ ސަބަބުން އެ އަންހެން މީހާވަނީ ކުޑައިރުކޮޅެއް ތެރޭ ހޭނެތިފައި ކަމަށާއި މި އަންހެން މީހާ ހޭނެތުމުން، ފިރިހެނުންގެ ގްރޫޕަކުން އޭނާ ރޭޕްކުރަން މަސައްކަތްކޮށްފައިވާ ކަމަށްވެސް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެންމީހާ ނިދާފައި އޮތީ އޭނާގެ ލޯބިވެރިޔާ އާއި އެކުގައެވެ. އަދި އެ ދެމީހުން މި މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންވެސް އުޅެމުން ދިޔައީ އެއްކޮށް ކަމަށްވެސް ވެއެވެ. އަދި އޭނާ އެނބުރި ގެއަށް އައުމަށް ފިރިމީހާ އެދުމުންވެސް އެ އަންހެން މީހާ ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން އޭނާގެ ފިރިމީހާ އެކަން ހުއްޓުވީ އެދެމީހުން އެކުގައި ނިދާފައި ތިބި ގެއަށް ވަދެއެވެ.

މި ހާދިސާ އާއި ގުޅިގެން އަންހެން މީހާއަށް އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާއިރު، ގަހުގައި އެއްސި އޭނާގެ ލޯބިވެރިޔާއަށްވެސް ވަނީ ތަފާތު އެކިވަރުގެ ހާނިކަ ލިބިފައެވެ.

މިހާރު މި ދެ މީހުންނަށްވެސް ސިއްހީ ފަރުވާ ދެމުން ގެންދާއިރު، އެމީހުނަށް އަނިޔާކުރި ފިރިހެން މީހާ ހައްޔަރުކޮށް އެ މައްސަލަ އެ އަވަށުގެ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.