އިންޑިއާގެ ސަލަމަތަށާއި ޑިމޮކްސީގެ ނިޒާމަށް ގެއްލުން ވާތީ އިންޑިއާގައި މަޝްހޫރު މީސް މީޑިއާ އެޕްލިކޭޝަން ޓިކް ޓޮކް މަނާ ކުރަން އިންޑިއާގެ އިދިކޮޅު މަޖިލިސް މެންބަރުންތަކެއް ގޮވާލައިފިއެވެ.

ދޮގު މައުލޫމާތާއި ނަފުރަތު އުފެދޭ ކޮންޓެންޓް ފެތުރުމާއި ޗައިނާ ސަރުކާރަށް ސިއްރު މައުލޫމާތު ފޯރުކޮށްދޭ ކަމަށް ބުނެ ޓިކްޓޮކް މަނާ ކުރަން ގޮވާލި އިރު އިންޑިއާ އަކީ މުޅި ދުނިޔޭގައި ވެސް ޓިކްޓޮކް އެންމެ ގިނައިން ޑައުންލޯޑް ކުރި އެއް ގައުމެވެ.

އެގޮތުން 250 މިލިއަން މީހުން މިދިޔަ އަހަރު އެކަނިވެސް އިންޑިއާގައި ޓިކްޓޮކް ޑައުންލޯޑް ކުރިއެވެ.

މީގެ ކުރިންވެސް އަވަށްޓެރި އިންޑިއާގައި ޓިކްޓޮކް ބްލޮކް ކުރިއެވެ.

މީގެ ކުރިން ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އިންޑިއާގައި ކޮލެޖު ދަރިވަރަކު މަރުވެ އިތުރު ދެ ދަރިވަރަކު ވަރަށް ބޮޑަށް ޒަހަމްވިއެވެ. އަދި އެ ހާދިސާ ހިނގީ ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ލޮރީއަކުން ޖެހިގެނެވެ.

އަދި އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕައްޓާލީ މައްކަލް ކާޗީ ޕާޓީގެ ފައުންޑަރު، ޓިކްޓޮކް އިންޑިއާގައި ބްލޮކް ކޮށްދިނުމަށް އެދި ސަރުކާރު ކުރެން އެދުނެވެ.

އޭނާ އެކަމަށް އެދުނީ ބަރަހަނާ މަންޒަރުތައް ޓިކްޓޮކުން ހުރަހެއްނެތި ފެންނާތީ ޒުވާނުން އޭގެ އަވައިގާ ޖެހި ޒުވާނުން ގޯސް މަގުން ގޮސްދާނެތީއެވެ.