އެމެރިކާގެ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި އޯޓިޒަމް ހުންނަ 14 އަހަރުގެ އަންހެން ކުއްޖަކަށް އެކުދިންގެ ބައްޕަ މަރުވިތާ ތިން ހަފްތާ ފަހުން ވާން އުޅުނު ދޮންމަންމަ ވެސް ވަރަށް އަވަހަށް މަރުވެދާނެކަން އެނގިއްޖެއެވެ.

މި ދެކުދިންގެ ބައްޕަ ޕައުލް ދުނިޔެ ދޫކޮށްފައިވަނީ 18 މަސްދުވަސް ވަންދެން ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ފަރުވާ ހޯދުމަށްފަހުގައެވެ. އޭރު މި ދެ ކުދިންގެ ބެލުމާ ހަވާލުވެގެން ހުރީ މި ކުދިންގެ ވާން އުޅޭ ދޮންމަންމަ އަދި ޕައުލް އިންނަން އުޅުނު އަންހެން މީހާކަމަށް ޚަބަރުތައް ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕައުލްގެ ވަކިވެދިޔުމަށްފަހު މަހެއް ވެސް ނުވަނީސް މި އަންހެން މީހާއަށް ވެސް އުރަމަތީ ކެންސަރު ޖެހިފައިވާކަން އެނގުނެވެ. އަދި ދުނިޔޭގައި ދެން މާ ގިނަ ދުވަހު ހުރުމުގެ ފުރުސަތު ނެތް ކަމަށްވެސް އޭނާ ބެއްލެވި ޑަކުޓަރުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

މިހާރު އެދެކުދިންގެ ދޮންމަންމަގެ ބޭސް ފަރުވާއަށް ފަންޑް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

'އަހަރެން ނެތް ދުނިޔެއެއްގައި މި ކުދިން ބަލާނީ އަހަރެންގެ މަންމަ. އަމުދުން އަންހެން ކުއްޖާއަކީ އޯޓިސްޓިކް ކުއްޖެއްވީމަ ވަރަށް އަޅާލުން ބޭނުންވާނެ' ޕައުލްގެ ވަކިވެދިޔުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން އެ އަންހެން މީހާ ބުނެފައިވެއެވެ.

މި ދެކުދިންގެ މި ހާލަތުގެ ސަބަބުން އެތައް ބަޔަކު ދަނީ އެ ދެކުދިންނަށް އެހީވެދެވެން އޮތް ގޮތަކުން އެހީތެރިވަމުންނެވެ.