ދުނިޔޭގެ ގިނަ ބަޔަކު މަޖަލަކަށް ވީޑިއޯ ނެގުމަށް ބޭނުން ކުރަމުންދާ ޓިކްޓޮކްގެ ވީޑިއޯގެ ޝޫޓް ކުރަމުންދިޔަ އަންހެނަކު މަރުވެއްޖެއެވެ.

އުމުރުން 20 އަހަރުގެ މި ޒުވާނާއަކީ ސެލްލީ ނެގުމުގައި ދެވިހިފާފައި ހުންނަ އަންހެނެކެވެ. އޭނާ މަރުވީ ޓިކްޓޮކް ވީޑިއޯއެއް ނެގުމުގެ ތެރޭގައި ޕޮންޑެއްގެ ތެރެއަށް ގެނބިގެންނެވެ.

އިންޑިއާގެ ބެންގަލޫރްއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ވަޑަގެރީގެ ފާމް ޕޮންޑެއްގެ ތެރެއަށް ވެއްޓިގެން ގެނބިގެންނެވެ.

ފުލުހުން ބުނީ، އޭނާ ޕޮންޑް ތެރެއަށް ވެއްޓުނީ ވީޑިއޯ ނަގަމުން ދަނިކޮށް ކަހާލައިގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ޕޮންޑަކީ ބޭރުގައި ފެންސް ޖަހާފައި ހުރި ޕޮންޑެއް ނޫނެވެ. އެ ޕޮންޑުގެ ތެރެއިން އެ ޒުވާނާގެ ހަށިގަނޑު ނެގި ނަމަވެސް، އެ ޒުވާނާ އެ ވީޑިއޯ ނަގަން ބޭނުން ކުރި ފޯން ފެނިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހުކުރު ދުވަހު އެ އަންހެން މީހާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

ދާދި ފަހުންވެސް ޓިކްޓޮކް އިން ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އިންޑިއާ ފިރިހެނަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެންމެ ފިނައިން ޓިކްޓޮކް ބޭނުން ކުރާ މީހުންގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.